Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްރަަމަޟާން

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

1 މާރިޗު 2025 | ހޮނިހިރު 06:35

ބަރަކާތްތެރި ރަމަޟާންމަހަކީ ސުވަރުގޭގެ ދޮރުތައް ހުޅުވި، ޝައިތާނުން ބަންދުކުރެވި، ޣާފިލުކަމުގެ ނިދިން ނަފްސުތައް ހޭލައްވާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި ފުރުޞަތުގައި ހެޔޮޢަމަލުތައް ކުރުން ގިނަކުރާށެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 މާރިޗު 2025 | ހޮނިހިރު 06:35
މިއަދަކީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް

މިއަދަކީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް

މުޅި އަހަރުދުވަހުގެ ތެރޭ އެއްފަހަރު އަޅުގަނޑުމެންނާއި ބައްދަލު ކުރާ ބަރަކާތުން ފުރިގެންވާ، މާތްވެގެންވާ ރަމަޟާންމަސް ފެށުނީއެވެ.

ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުވާ މައްސަރެވެ. އަދި ޝައިތާނުން ކަސްތޮޅު އަޅުވާފައިވާ މައްސަރެވެ.

އެހެންކަމުން މި މާތް މައްސަރުގައި ގިނަ ގިނައިން ހެޔޮ ޢަމަލުތައްކޮށް ދަރުމައާ ޘަވާބު ހޯދުމަށް އަވަސްވެގަންނާށެވެ. މިއީ އަޅުގަނޑުމެންގެ ނަފުޞް ޠާހިރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

ދުވާލުގެ ވަގުތުތަކުގައި ނުކައި ނުބޮއި ހޭދަކުރާ ވަގުތުތަކަކީ ހަމައެކަނި ކުޅިވަރާއި މަޖަލުގައި ހޭދަކުރާ ވަގުތުތަކަށްވުރެ ބޮޑަށް އަޅުކަމުގައި ހޭދަކުރާ ވަގުތުތަކަށް ހަދަމާ ހިނގާށެވެ.

ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެންގެ ނަފުސު ޣާފިލުކަމުގެ ނިދިން ހޭލަންޖެހެއެވެ. ގަވާއިދުން ފަރުޟު ނަމާދުތައް ޤާއިމުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރަންޖެހެއެވެ. ތަރާވީޙް ނަމާދު ކުރުމަށް އިސްކަންދޭން ޖެހެއެވެ. ރޭ އަޅުކަމުން ލިބޭ ޘަވާބުގެ މަތިވެރިކަން ހިތަށް ގެނެސް، ރޭ އަޅުކަމުގައި މަސްއޫލްވާންޖެހެއެވެ. ދުވަހުގެ ތާވަލުގައި ހިމަނައި ޤުރުއާން ކިޔެވުމުގައި ވަގުތުތައް ހޭދަކުރަންޖެހެއެވެ.

އެދުވަހެއްގައި ކިޔެވުމަށް ހަމަޖެހިފައިވާ މިންވަރު ދުވަހުގެ އެކި ގަޑިތަކަށް ބަހާލެވިދާނެއެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ކުރިން އަދި ފަހުން 2 ޞަފްޙާ ކިޔަވާނަމަ، ރަމަޟާން މަސް ނިމެންވާއިރަށް މާތް ﷲ ގެ އިރާދަފުޅާއެކު ޚަތިމެއް ކުރުމަށް މަގު ތަނަވަސް ވާނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިންކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުންވިޔަސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުކަން ސުންނަތުން އެނގެން އޮވެއެވެ.

ރަމަޟާން މަހުގައި ޞަދަޤާތް ކުރުމަކީވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންދާނެކަމެކެވެ. ޞަދަޤާތް ކުރުމަށްޓަކައި ވަކި މިންވަރެއް ރައްކާކޮށް، ﷲ ގެ މަގުގައި ހޭދަކުރާށެވެ. ލިބޭ މިންވަރަކުން ދާއިމީ ގޮތެއްގައި ހޭދަކުރެވޭތޯ ބަލާށެވެ.

ރަމަޟާންމަހުގެ ވަގުތުތައް ބަހާލައި، ހެނދުނާއި ހަވީރުގެ ޒިކުރުތައް އަދި އެހެނިހެން ޒިކުރުތަކާއި ދުޢާތައް ކިޔުމުގައި ދެމިހުރުމަށް ޢަޒުމް ކަނޑައަޅާށެވެ. މިނޫނަސް ރަނގަޅު އާދަތަކަށް ތިމާގެ ނަފްސު ހޭނުވުމަށް ސަމާލުކަން ދިނުން މުހިއްމެވެ. ގޯސް އާދަތަކުން ދުރުވުމަށް މިހާރުއްސުރެ މަސައްކަތް ކުރާށެވެ.

ރޯދަ ހިފުމަކީ ކެތްތެރިކަން އަށަގެންނެވުމަށް ބާރު އަޅާ އައްޑަނައެކެވެ. މިމަތިވެރި އަޅުކަމުގެ ފުރިހަމަކަން އިތުރުކުރުމަށްޓަކައި، ކެތްތެރިކަމުގެ މަތިވެރި ނަމޫނާ ދައްކަންޖެހެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާންވާނީ، އަޒުމާއި ހިތްވަރާއެކު ކެތްތެރިކަން އިސްކޮށްގެންނެވެ. ދަތި ޙާލަތްތަކުގައިމެ، އުއްމީދު އާލާކޮށް، ދިރިއުޅުމާއިގެން ކުރިއަށްދާނެ ގޮތްތައް ރޭވުމަކީ އެހާމެ މުހިންމުކަމެވެ.

އިސްލާމްދީނަކީ ސަމާޙަތުގެ ދީނެވެ. ކޮންމެ ކަމަކަށް، ކޮންމެ ޙާލަތަކަށް، ކޮންމެ ޒަމާނަކަށް އެންމެ ހެޔޮ އެންމެ އެކަށޭނަ ދީނެވެ. އެހެންކަމުން، ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، ޙާލަތަށް ރިޢާޔަތްކޮށް، ހެޔޮކަންތަކުގައި މަޝްޣޫލުވުމަށް އިސްކަންދޭންޖެހެއެވެ. ގިނަ ގިނައިން ތައުބާވެ އިސްތިޣްފާރު ކުރާންޖެހެއެވެ. ތިބާގެ ރޫޙާނީ ހަކަތައިން ނަފްސުތަކަށް ދިރުން ގެންނާށެވެ.

ރަަމަޟާންނަފުސް ޠާހިރުކުރުންޤުރުއާން ކިޔެވުންޞަދަޤާތް ކުރުންކެތްތެރިކަންއިސްލާމްދީން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
11 ޖުލައި 2025

ޖުވާކުޅުމަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެއް، މިކަން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރަންޖެހޭ: ޚުތުބާ

11 ޖުލައި 2025
ޖުވާކުޅުމަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެއް، މިކަން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރަންޖެހޭ: ޚުތުބާ
10 ޖުލައި 2025

ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނުވާނެ: ފަތުވާ

10 ޖުލައި 2025
ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނުވާނެ: ފަތުވާ
05 ޖޫން 2025

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!
19 މާރިޗު 2025

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

19 މާރިޗު 2025
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
01 މާރިޗު 2025

ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

01 މާރިޗު 2025
ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
28 ފެބުރުއަރީ 2025

"މި ރަމަޟާން މަހު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ޓްރެފިކް ބަލަހައްޓާނެ "

28 ފެބުރުއަރީ 2025
"މި ރަމަޟާން މަހު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ޓްރެފިކް ބަލަހައްޓާނެ "
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް