Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ 2026

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި މިހާރުގެ މޭޔަރު ސައުދު އަލީ 462 ވޯޓާއެކު ކާމިޔާބުކުރެއްވި އިރު، އަހުމަދު ނަސީރަށް ލިބިވަޑައިގެންފައިވަނީ 417 ވޯޓު. އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ގައި އެމްޑީޕީން ހުރިހާ ސިޓީއަކަށް ވެސް ނެރޭނީ މިހާރު ވެސް މޭޔަރު ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 07:12
ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ

ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ ވެސް މޭޔަރު ސައުދު އަލީ ކާމިޔާބު ކުރައްވައިފި އެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވީ، މޭޔަރު ސައުދު އަލީގެ އިތުރުން ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރިން ދެ ދައުރެއް ފުރިހަމަ ކުރެއްވި އަހުމަދު ނަސީރު އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ނަސީރުގެ މައްޗަށް ސައުދު ކުރި ހޯއްދެވީ 462 ވޯޓާ އެކު އެވެ. އަދި ނަސީރަށް ލިބިވަޑައިގެންފައިވަނީ 417 ވޯޓެވެ.

މި އިންތިޚާބާ ގުޅޭގޮތުން ތިނަދޫ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި އެމްޑީޕީ މެންބަރު ބުނީ، އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް އަމާންއޮމާން ކަމާއެކު ކަމަށާއި، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާ ނުވާ ކަމަށެވެ. އަދި ނަތީޖާ އިއުލާން ކުރި ވަގުތު ވެސް އެކުވެރިކަމާ އެއްބައިވަންތަކަން ފެނުނު ކަމަށް ބުންޏެވެ. 

މާލެ ސިޓީ އާއި ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގެ މޭޔަރުންނަށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ އިތުރު ބޭފުޅަކު ޕްރައިމަރީ ގައި ވާދަކުރައްވާފައި ނުވާތީ އެވެ.

އެގޮތުން އައްޑޫ މޭޔަރު ކަމަށް އެމްޑީޕީން އަލީ ނިޒާރު، ފުވައްމުލައް މޭޔަރު ކަމަށް އިސްމާއިލް ރަފީގު އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް މުހައްމަދު އާތިފް އެކަނި ކުރިމަތިލެއްވުމުން ތިން ބޭފުޅުންނަށް ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.

އެހެންކަމުން، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ގައި އެމްޑީޕީން ހުރިހާ ސިޓީއަކަށް ވެސް ނެރޭނީ މިހާރު ވެސް މޭޔަރު ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ. 

އެމްޑީޕީގެ ލީޑަރޝިޕުން ވަނީ ހުރިހާ އެމްޑީޕީ މެންބަރުން އެއްކޮށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. އަދި އިންތިޚާބުން ބަލި ވާ މީހުން ވެސް މޮޅުވާ މީހުންނާއި އެކު މަސައްކަތް ކުރުމުން ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޕްރައިމަރީ އިންތިޚާބުން ވެސް އެކުގައި ތިބުމުގެ މުހިންމުކަން ފެނިފައިވާ ކަމަށާއި، އަމާންސުލްހަވެރި އިންތިޚާބެއް ކުރިއަށް ގެންދިއުމުގައި ދިން އެއްބާރުލުން ކުރިއަށް އޮތްތަނުގައި ވެސް ދިނުމަށް އެދިފައިވެ އެވެ.  

އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއް ކަމަށާއި، ޑިމޮކްރަސީ އުސޫލުން ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޕާޓީން ދީފައިވެ އެވެ. 

އެމްޑީޕީތިނަދޫ ސިޓީސައުދު އަލީއަޙްމަދު ނަޞީރުލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީ ޕްރައިމަރީ 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

17 ޖެނުއަރީ 2026
އޮންލައިން ކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

އޮންލައިން ކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

16 ޖެނުއަރީ 2026
ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު