Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ

ޕްރައިމަރީ އިން ދަސްވި އެންމެ މުހިންމު ކަމަކީ ޕާޓީ އާ އެކު ހުރެއްޖެ ނަމަ ޕާޓީގެ މެމްބަރުން އެކަން ބަލައިގަންނާނެކަން: ހައްޖަ

ހުކުރު ދުވަހު ކުރިއަށްދިޔަ ޕްރައިމަރީގައި ހައްޖަ ވަނީ މުހައްމަދު ސައިފް ފާތިހުގެ މައްޗަށް 85 ވޯޓާ އެކު ކުރިހޯދާފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 14:09
ލޯކަލް ކައުންސިލް އިންތިޚާބުގެ، އެމްޑީޕީގެ ޕްރައިމަރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ހަދީޖާ މުހައްމަދު (ހައްޖަ)

ލޯކަލް ކައުންސިލް އިންތިޚާބުގެ، އެމްޑީޕީގެ ޕްރައިމަރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ހަދީޖާ މުހައްމަދު (ހައްޖަ) | ރާއްޖެ އެމްވީ

ޕްރައިމަރީ އިން ދަސްވީ އެންމެ މުހިންމު ކަމަކީ ޕާޓީ އާއި އެކު ހުރެއްޖެ ނަމަ ޕާޓީގެ އާއްމު މެމްބަރުން އެކަން ބަލައިގަންނަ މިންވަރު ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ، އެމްޑީޕީގެ ޕްރައިމަރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ހަދީޖާ މުހައްމަދު (ހައްޖަ) ވިދާޅުވެއްޖެ އެވެ. 

އޭނާ އެފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) އާއި ވާދަކޮށް، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.

Advertisement - newsAdvertisement

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުން ކުރެއްވި އިތުބާރަށްޓަކައި އޭނާ ވަނީ އެ ދާއިރާގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ކަންކަން އެންމެ ކައިރިން ބަލާނެ ޕާޓީ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ވެސް މާލޭގެ ކައުންސިލް މުހިންމު. އަޅުގަނޑުމެން އިންތިޚާބުވުމުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ވެސް އިތުރު ފުރުސަތެއް ލިބިގެން ދާނެ." ހައްޖަ ވިދާޅުވި އެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ ޕްރައިމަރީ ގައި ހައްޖަ، އައިއްކޮގެ މައްޗަށް ކުރި ހޯދީ 85 ވޯޓާ އެކު އެވެ. އައިއްކޮ އަށް ލިބުނީ 32 ވޯޓެވެ.  ހައްޖަ ޕްރައިމަރީ ކާމިޔާބު ކުރުމުން، އައިއްކޮ ވަނީ ޕްރައިމަރީ ކެމްޕެއިން ގެ ވާދަވެރިކަން އެކަހެރިކޮށް، ޑިމޮކްރަސީ ގެ ރީތި ނަމޫނާ ދައްކަވާ ހައްޖަ އަށް މަރުހަބާ ކިޔާފަ އެވެ.

ހައްޖަ އަށް ލިބުނު މޮޅަކީ ރަނގަޅު ކާމިޔާބެއްކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔާފަ އެވެ. މިއީ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އޭނާ އަށް ލިބުނު ބާރެއް ކަަމަށް އެފަދަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ހައްޖަ އަކީ އެމްޑީޕީ ގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަނބަލެކެވެ.

ހަދީޖާ މުހައްމަދު (ހައްޖަ)މުހައްމަދު ސައިފް ފާތިހްއެމްޑީޕީއެމްޑީޕީ ޕްރައިމަރީ 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

17 ޖެނުއަރީ 2026
އިދިކޮޅުގައި އޮވެ، އެމްޑީޕީ އިން ދެއްކީ އަބަދު ވެސް ދައްކަމުން އަންނަ ޑިމޮކްރަސީގެ ރިވެތި ނަމޫނާ!

އިދިކޮޅުގައި އޮވެ، އެމްޑީޕީ އިން ދެއްކީ އަބަދު ވެސް ދައްކަމުން އަންނަ ޑިމޮކްރަސީގެ ރިވެތި ނަމޫނާ!

17 ޖެނުއަރީ 2026
ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

17 ޖެނުއަރީ 2026
ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު