Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

އޮންލައިން ކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

 ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް ކަމަށް. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30ން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30ން ހަވީރު 18:00ށް ފޯމް ހުށަހެޅޭނެ ކަމަށް އީސީން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 07:08
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

ހޮނިހިރު ދުވަހު އީސީން ބުނީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ 17 ޖެނުއަރީން  ފެށިގެން 01 ފެބްރުއަރީ، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30ން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30ން ހަވީރު 18:00ށް ފޯމް ހުށަހެޅޭނެ ކަމަށް އީސީން ބުނެ އެވެ. 

އީސީން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލުތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާން ޖެހޭ ކަމަށެވެ. 

އެގޮތުން 11 ޝަރުތެއް ބަޔާން ކޮށްފައިވެ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އަންހެން މެންބަރުން ހޮވާނެ އެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ އަންހެން މެންބަރު ވެސް އިންތިޚާބު ކުރާނެ އެވެ. މީގެ އިތުރުން ޑަބްލިއުޑީސީގެ އިންތިޚާބު ގައި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާއިރު، ސިޓީތަކުގައި ވެސް ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީ މެންބަރުން އިންތިޚާބު ކުރާނެ އެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީމައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެ އެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް ކޮމިޝަނުން އަންގާނީ ވެސް މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާންގައި ބުނެފައިވެ އެވެ. 

އީސީން ވަނީ ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހަމައަށް ހުށަހެޅުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާއިރު އެއްވެސް ރެކޯޑެއް އޮތްނަމަ އެކަމުގެ ތަފްސީލް އަދި ފައިސާއެއް ދައްކަން ހުކުމް ކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާކަމުގެ ނުވަތަ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށް، ކަމާބެހޭ އިދާރާކުން ދީފައިވާ ލިޔުން ހުށަހަޅަން ޖެހޭ ކަމަށް އީސީން ބުނެ އެވެ. އަދި ކުށާއި ދަރަނީގެ ރެކޯޑާއި އެއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ އެއް ފައިލެއްގެ ގޮތުގައި ޕީޑީއެފް ފޯމެޓުގައި، ފައިލް ސައިޒް ފައިވް އެމްބީ (5Mb) އަށްވުރެ ބޮޑުނުވާގޮތަށް ކަމަށް އީސީން ބުނެ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 8:00ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގަ އެވެ.

އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ ދަށުން އިންތިޚާބު އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ގުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެ އެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހު ކަމަށް އީސީން ބުނެ އެވެ. 

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލާފައިވާއިރު، މިފަހަރުގެ އިންތިޚާބު ގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހެ އެވެ. ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހެ އެވެ.

އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ ކަމަށް އީސީން ބުނެ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބު ގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026ސިޓީ ކައުންސިލްރަށު ކައުންސިލްއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

16 ޖެނުއަރީ 2026
އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

16 ޖެނުއަރީ 2026
ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް ކެންޑިޑެސީ ފޯމް މިފަހަރު ހުށަހެޅޭނީ އޮންލައިންކޮށް، ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ!

ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް ކެންޑިޑެސީ ފޯމް މިފަހަރު ހުށަހެޅޭނީ އޮންލައިންކޮށް، ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ!

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު