Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ 2026

ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް، އެ ޕާޓީ ގެ ވެބްސައިޓްގަ އާއްމުކޮށްފި

މިފަހަރުގެ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ޕްރައިމަރީ އަކީ މިހާތަނަށް އެމްޑީޕީ އިން ބޭއްވި އެންމެ ސުލްހަވެރި އަދި އެކުވެރިކަމާ އެކު ކުރިއަށްދިޔަ ޕްރައިމަރީ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 14:31
 ޕްރައިމަރީ ގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕްރައިމަރީ ގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން | ރާއްޖެ އެމްވީ

ހުކުރު ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ޕްރައިމަރީ ގެ ވަގުތީ ނަތީޖާތައް، އެ ޕާޓީ ގެ ވެބްސައިޓްގަ އާއްމުކޮށްފި އެވެ. 

ޕްރައިމަރީ ގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އެމްޑީޕީ އިން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ހޮނިހިރު ދުވަހު ހަވީރުން ފެށިގެން ވަގުތީ ނަތީޖާ ތައް އެމްޑީޕީ ގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. މިފަހަރުގެ ޕްރައިމަރީ އަކީ މިހާތަނަށް އެމްޑީޕީ އިން ބޭއްވި އެންމެ ސުލްހަވެރި އަދި އެންމެ އެއްބައިވަންތަ ކޮށް ދިޔަ ޕްރައިމަރީ ކަން ފާހަގަކުރައްވާ، ޣަފޫރު ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

Advertisement - newsAdvertisement
އިންތިހާބުގެ ކަންތައްތައް ވަރަށް އޮމާންކަމާ އަމާންކަމާ އެއްކޮށް ނިމިދިޔައީ. އަނެއްހެން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އެއްގައި މިހާތަނަށް ބޭއްވުނު އެންމެ ސުލްހަވެރި އެންމެ އެކުވެރި އެއްބައިވަންތަކަމާ އެއްކޮށް ދިޔަ އިންތިހާބު، މި އިންތިހާބަކީ. އެކަމަށްޓަކާ އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އިންތިހާބަށް ފެށިގެން އައި އިރު ވާދަވެރިކަން ވަރަށް ގަދަ ވެގެން ދިޔަ. އެހެން ނަމަވެސް އިންތިހާބުގެ ވޯޓުލުން ފެށުމާއެކު ޕާޓީ ގެ ހައްގުގަ ހުރިހާ ބޭފުޅުންވެސް ވަރަށް އެކުވެރިކަމާ އެކު މަސައްކަތް ކޮށްގެން ވޯޓުގެ ކަންކަން ކުރިޔަށް ގެންގޮސް މިހާ ހިސާބަށް މި އާދެވުނީ
އެމްޑީޕީ ގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ

ޕްރިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔަގޮތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ޝަކުވާ އެއް ހުށަހެޅިފައި ނުވާކަން ޣަފޫރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ ޕްރައިމަރީ ގައި ބ. ފެހެންދޫގެ ކައުންސިލް ވޯޓު އެއްވަރުވެފައިވާތީ، އެ ރަށުގެ ޕްރައިމަރީ މި ހަފްތާ ތެރޭގައި އަލުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންތިހާބުގެ ކަންކަން މިހާ ފުރިހަމަކޮށް ކުރިޔަށް ގެންދެވުނީ ކެނޑިޑޭޓުންނާއި ޕާޓީގެ އިންތިހާބީ ކޮމިޓީ އާއި ޕާޓީގެ ސެކްރެޓޭރިއޭޓުން ކޮށްދެއްވި އިޚްލާސްތެރި ބުރަ މަސައްކަތުން ކަން ޣަފޫރު ވަނީ ފާހަގަކުރައްވާފަ އެވެ. ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ޕްރިމަރީ ގެ ކަންކަން ކުރިޔަށް ދިޔަގޮތަކީ، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުން ނަމޫނާ އަކަށް ބަލަން ޖެހޭ ކަމެއް ކަމުގަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމާ މެދު އެމްޑީޕީގެ ތެރޭގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި، އިރާދަކުރެއްވިއްޔާ އެމްޑީޕީ ގެ ހުރިހާ މެމްބަރުން އެކުގައި މަސައްކަތް ކޮށްގެން، ކުރިޔަށް އޮތް އިންތިހާބު ބޮޑުތަނުން އެމްޑިޕީ އިން ކާމިޔަބު ކުރާނޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.  

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީލޯކަލް ކައުންސިލްތައްއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެމްޑީޕީ ޕްރައިމަރީ 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރައިމަރީ އިން ދަސްވި އެންމެ މުހިންމު ކަމަކީ ޕާޓީ އާ އެކު ހުރެއްޖެ ނަމަ ޕާޓީގެ މެމްބަރުން އެކަން ބަލައިގަންނާނެކަން: ހައްޖަ

ޕްރައިމަރީ އިން ދަސްވި އެންމެ މުހިންމު ކަމަކީ ޕާޓީ އާ އެކު ހުރެއްޖެ ނަމަ ޕާޓީގެ މެމްބަރުން އެކަން ބަލައިގަންނާނެކަން: ހައްޖަ

17 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

17 ޖެނުއަރީ 2026
އިދިކޮޅުގައި އޮވެ، އެމްޑީޕީ އިން ދެއްކީ އަބަދު ވެސް ދައްކަމުން އަންނަ ޑިމޮކްރަސީގެ ރިވެތި ނަމޫނާ!

އިދިކޮޅުގައި އޮވެ، އެމްޑީޕީ އިން ދެއްކީ އަބަދު ވެސް ދައްކަމުން އަންނަ ޑިމޮކްރަސީގެ ރިވެތި ނަމޫނާ!

17 ޖެނުއަރީ 2026
ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު