Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އިދިކޮޅުގައި އޮވެ، އެމްޑީޕީ އިން ދެއްކީ އަބަދު ވެސް ދައްކަމުން އަންނަ ޑިމޮކްރަސީގެ ރިވެތި ނަމޫނާ!

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރުވެފައިވާއިރު، ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަކީ މި ފަހުން ޕާޓީ އަކުން ބޭއްވި އެންމެ ވާދަވެރި، އަދި އެންމެ ފޯރި ގަދަ އެއް އިންތިޚާބު. އެ އިންތިޚާބުގައި ވެސް އެމްޑީޕީގެ އެތެރެއިން ފެނިގެން ގޮސްފައި ވަނީ، ވާދަވެރި ކަމެއް. އެއާއެކު، އިންތިޚާބުގެ ވޯޓުލުން ނިމި، ނަތީޖާ ލިބިގެން ދިޔައިރު ފެނިގެން ދިޔައީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 10:11
އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޙަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދިދަ ހިފައިގެން އާންމު މެމްބަރުން

އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޙަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދިދަ ހިފައިގެން އާންމު މެމްބަރުން | ސޯޝަލް މީޑިއާ

ރާއްޖެ އަށް ޒަމާނީ ޑިމޮކްރަސީ އާއި، ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ގެނެސްދިނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް (ޕާޓީ) އިން ކުރި އެތައް މަސައްކަތް ތަކެއް ކޮށްގެންނެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި، ރާއްޖޭގައި އެއް ފިކުރެއްގެ ގޮތުގައި، ބަދަލު ނުވެ އޮތް ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ. އެމްޑީޕީ އަކީ އެތެރޭގެ އިންތިޚާބުތައް ވެސް ވާދަވެރި މާހައުލެއްގައި މިހާތަނަށް ބާއްވައި، ޑިމޮކްރަސީގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަމުން އަންނަ ޕާޓީ އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރުވެފައިވާއިރު، ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަކީ މި ފަހުން ޕާޓީ އަކުން ބޭއްވި އެންމެ ވާދަވެރި، އަދި އެންމެ ފޯރި ފަދަ އެއް އިންތިޚާބެވެ. އެ އިންތިޚާބުގައި ވެސް އެމްޑީޕީގެ އެތެރެއިން ފެނިގެން ގޮސްފައި ވަނީ، ވާދަވެރި ކަމެވެ. އެއާއެކު، އިންތިޚާބުގެ ވޯޓުލުން ނިމި، ނަތީޖާ ލިބިގެން ދިޔައިރު ފެނިގެން ދިޔައީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ އެވެ.

އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ޕްރައިމަރީ އަށް ހުރަސް އެޅުމަށް ސަރުކާރުގެ އެތެރެއިން ވަނީ ގިނަ ކަންކަން ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނި ތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން، ބައެއް މުވައްޒަފުންގެ ޑިއުޓީ ގަޑިތައް ބަދަލު ކޮށްގެން ޕްރައިމަރީގައި ވޯޓު ލުމަށް ވެސް ވަނީ ހުރަސް އަޅައިފަ އެވެ. އެކަމުގެ ސަބަބުން ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވޯޓު ލުމަށް ވެސް ދަތިވެގެން ދިޔަ ކަމީ ހަގީގަތެވެ. 

އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ގޮސް، ޕްރައިމަރީ ނިމުމާ ހަމަ އަށް ވެސް ފެނިގެން ދިޔައީ ފުރިހަމަ ނަމޫނާ އެކެވެ. އަތޮޅު ތެރޭގެ ގިނަ ރަށްތަކާއި، މާލޭގައި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް އަމާންކަމާ އޮމާންކަމާ އެކު އެވެ. އެގޮތުން ޒުވާބު ކުރުމާއި، ދެބަސްވުން އަދި ތަޅާ ފޮޅުމުގެ އެއްވެސް މަންޒަރެއް ފެނިގެން ގޮސްފައި ނުވެ އެވެ. ބައެއް ޕާޓީ ތަކުގެ ޕްރައިމަރީގައި ފޮށި ފަޅާލުމާއި، ވޯޓު ކަރުދާސްތައް އުކާލުން ފަދަ މަންޒަރު ފެނުނު ނަމަވެސް، އެމްޑީޕީގެ ޕްރައިމަރީގައި އެފަދަ އެއްވެސް މަންޒަރެއް  ފެނިފައި ނުވެ އެވެ. 

ވޯޓުލުން ހުރިހާ މަރުކަޒެއްގައި ވެސް ކުރިއަށް ގެންގޮސްފައި ވަނީ، އެކުވެރި މާހައުލެއްގަ އެވެ. އިންތިޚާބީ އެއްވެސް މަރުކަޒެއްގައި މައްސަލަ ދިމާވެ، ވޯޓުލުން ފެށުން ލަސްވެ، ވޯޓުލުން ބަންދު ކުރުން ލަސްވެގެން ގޮސްފައި ނުވާއިރު، ހުރިހާ ދިމާލަކުން ފެނުނީ ޕާޓީގެ ރޫހާއި، އިންތިޚާބީ ފޯރި އެވެ. އެއް ކެންޑިޑޭޓް އަނެއް ކެންޑިޑޭޓާއި، އެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ފަރާތުން ވެސް ފެނުނީ މަސްލަޙު އިސްކޮށް، އަމާންކަމާ އެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔަ މަންޒަރެވެ.

އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ ކަންކަން ވެސް ކުރިއަށް ގެންދިޔައީ އަމާންކަމާ އެކު އެވެ. އިންތިޚާބުގެ ވޯޓުލުމާއި، ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޕާޓީ އިން ރަނގަޅު އިންތިޒާމު ތަކެއް ހަމަޖައްސާފައި އޮތްއިރު، ވޯޓު ގުނަމުން ދިޔައިރު ވެސް މައްސަލައެއް ދިމާވެ، ހައިޖާނު ގަނޑެއް ފެނިގެން ގޮސްފައި ނުވެ އެވެ. އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޕާޓީ އަށް ވާއިރު، މުޅި އިންތިޚާބުގައި އޮތީ ނަމޫނާ އާއި، ޑިމޮކްރަސީގެ ރީތި މިސާލު ފެންނާށެވެ. 

ވޯޓުލުން ނިމި އިންތިޚާބުގެ ނަތީޖާ ލިބުމާ އެކު ވެސް، ކެންޑިޑޭޓުން ދެއްކީ ހަމަ އެ ނަމޫނާ އެވެ. ބަލިވި ކެންޑިޑޭޓުން، މޮޅުވި ކެންޑިޑޭޓުންނަށް މަރުޙަބާ ދެންނެވުމާއި، މޮޅުވި ކެންޑިޑޭޓުން، ބަލިވި ކެންޑީޑޭޓުންނަށް ހިތްވަރު ދިނުމުގެ ނަމޫނާ އެވެ. އެންމެ ވާދަވެރިކޮށް ފެނުނު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޓިކެޓަށް ވާދަކުރެއްވި އަލީ އާޒިމް ވެސް ވަނީ، އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފަ އެވެ. އަދި އެކުގައި މަސައްކަތްކޮށް، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މާލެ އެކަންޏެއް ނޫނެވެ. އަތޮޅު ތެރޭގެ ސިޓީތަކާއި، ރަށް ތަކުން ވެސް ފެނުނީ އެ ނަމޫނާ އެވެ. މޮޅުވި ކެންޑިޑޭޓުންނަށް އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވެފައި ވަނީ، ނާކާމިޔާބުވި ކެންޑިޑޭޓުންނެވެ. އެއާ އެކު، ކޮންމެ ކެންޑިޑޭޓަކު ވެސް ފާހަގަ ކުރައްވާފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ މުހިންމުކަމާއި، އެމްޑީޕީ އަށް ކައުންސިލް ތަކުގެ މެޖޯރިޓީ އޮތުމުގެ މުހިންމުކަންމުގެ ވާހަކަ އެވެ. އަދި އެމްޑީޕީ އާއެކު ދެމި ތިބޭނެ ކަމަށާއި، އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ.

އާންމު މެމްބަރުންނާއި، ޕާޓީގެ އިސް ސަފުން ވެސް ފެނިގެން ދިޔައީ އެ ނަމޫނާ އެވެ. ޕާޓީގެ އެންމެ އިސްވެރިންނާއި، އެހެން ލީޑަރުން އަދި އާންމު މެމްބަރުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފަ އެވެ. އެއާ އެކު، ހުރިހާ ފަރާތްތަކުން ވެސް ފާހަގަ ކޮށްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ މުހިންމު ކަމެވެ. އަދި އެކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެވެ.

މަގޭ ރިޕޯޓްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޕްރައިމަރީ 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

16 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު