Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

ހުކުރު ދުވަހު ބާއްވާ ޕްރައިމަރީއަށް ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށާއި ވޯޓުލުން އޮންނާނީ މެންދުރުފަހު 2:00 ން ރޭގަނޑު 8:00 އަށް ކަމަށް. އިންތިޚާބު ސުލްހަވެރިކަމާއެކު ނިންމައިދިނުމަށާއި ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރަން އޭނާ އެދިވަޑައިގެންނެވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 08:55
ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭ ގޮތުން އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ

ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭ ގޮތުން އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ | ރާއްޖެ އެމްވީ

މާދަމާ ބާއްވާ އެމް.ޑީ.ޕީގެ އިންތިޚާބަށް ހުރިހާ ވޯޓުލާ މަރުކަޒުތަކެއް ފުރިހަމަ އަށް ތައްޔާރުކޮށް ނިމިފައިވާ ކަމަށާ އެދެނީ ހުރިހާ މެންބަރުން ވެސް ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ނިންމައި ދިނުމަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސަ (ގަޕޯ) ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ގަފޫރު ވިދާޅުވީ އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ހުކުރު ދުވަހު ހުރިހާ މެންބަރުން ވޯޓުލުމަށް ގޮސް އެބޭފުޅަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލުމަށެވެ. 

Advertisement - newsAdvertisement

ގަފޫރު ވިދާޅުވީ ވޯޓުލުން އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ން ފެށިގެން ރޭގަނޑު 8:00 އަށެވެެ. އަދި ވޯޓުލާ މަރުކަޒުތަކަށް މެންބަރުން ގޮސް އަވަހަށް ވޯޓުލުމަށް ހުރިހާ މެންބަރުންނަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން، ހުރިހާ ކެނޑިޑޭޓުން ވެސް އަދި ހުރިހާ އެމް.ޑީ.ޕީގެ މެންބަރުންގެ ކިބައިން ވެސް މި އިންތިޚާބަކީ ސުލްޙަވެރިކަމާއި އަމާންކަމާ އެއްކޮށް ނިމިގެންދާނެ އިންތިޚާބެއްގެ ގޮތުގައި މިކަން ހަމަޖައްސަވައިދިނުމަށް. އަދި އެއާއެއްކޮށް ބަލިވާ ކެނޑިޑޭޓުން އަބަދުވެސް އަރަންޖެހޭނީ މޮޅުވާ ކެނޑިޑޭޓުންގެ ފަހަތަށް. އެއީ ޑިމޮކްރަސީގެ ރީތި ހަރުދަނާ ނަމޫނާއަކީ. އެހެންވީމާ، އެގޮތުގެ މަތީން ހުރިހާ ކަމެއް ގޮސް ނިމިދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑު އުއްމީދުކުރަން ހަމަ އަޅުގަނޑު ކުރިން ދެންނެވިހެން، މި އިންތިޚާބު ވަރަށް ފުރިހަމަކަމާއެކު ނިންމައި، އަދި ކާމިޔާބީ ކެނޑިޑޭޓުންނާ އެއްކޮށް ބާކީ ތިބި ހުރިހާ ކެނޑިޑޭޓުން ވެސް މަސައްކަތްކުރުން.  
— އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ)

ގަފޫރު ވިދާޅުވީ ވޯޓުލައި ނިމުމާ އެއްކޮށް އިދާރީ މަސައްކަތްތައް ކުރުމަށްފަހު ވޯޓު ގުނުން ފެށިގެންދާނެ ކަމަށާއި އިތުރު މައްސަލައެއް ދިމާނުވާ ކަމަށްވަންޏާ ވޯޓު ގުނުމުގެ މަސައްކަތް ހުކުރު ދުވަހުގެ ރޭގައި ނިމި ވަގުތީ ނަތީޖާ އިޢުލާނުކުރެވެމުންދާނެ ކަމަށެވެ. 

އެއްވެސް ފަރާތަކުން އުސޫލުން ބޭރުން އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވަނީ ކެންޑިޑޭޓުން ވެސް އަދި ފޮށިތަކުގައި ތިބޭ ފަރާތްތަކުން ވެސް އަދި ސަޕޯޓަރުން ވެސް އަދި ހުރިހާ އެންމެން ވެސް އިންތިޚާބު ވީހާވެސް އޮމާން އަމާން ސުލްޙަވެރިކަމާ އެއްކޮށް ގެންގޮސް ނިންމާލަދެއްވުމަށް ގަފޫރު އެދިވަޑައިގެންނެވި އެވެ. 

އިންތިޚާބު ނެގުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމް.ޑީ.ޕީ ގެ ހުރިހާ މެންބަރުން ވަރަށް ފޯރިއާ ޢަޒުމާއެއްކޮށް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑު އުއްމީދުކުރަން، މި ޤައުމަށް މި ވާގޮތް އެނގި، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މިފަހަރު ތިލަފަތަށް ވޯޓުދޭނެ ކަމަށް. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް އަށަގަތުމަށްޓަކައި ކުރަމުންދާ މަސައްކަތެއް. ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. މިހާރު މި އޮތް ސަރުކާރުގެ ޢަމަލުތަކާއި އަޅުގަނޑުމެން އޭރު ކުރި މަސައްކަތާ މި ހުރިހާ ކަމެއް. ރައްޔިތުންނަށް ވާ ދައްޗާއި ކަންކަން ބަދަލުކުރާ ގޮތާއި، އުސޫލުތަކާއި، އެ ކަންކަން ދެނެތިބެ މި އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް ވޯޓުލާނެ ކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ. ހަމައެއާއެއްކޮށް އަޅުގަނޑުމެންނަށް ހަމަ އިސްކަމެއް ދީގެން މި ފަހަރު ވޯޓުދީގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނުފެނޭ މި ރާއްޖެ އަޅުގަނޑުމެން ގެންދަން ބޭނުންވާ ހިސާބަށް ގެންދެވޭ މަންޒަރެއް. 
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ) 

ގަފޫރު ވިދާޅުވީ މި އިންތިހާބަކީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް އަށަގަތުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށާއި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އެހެންކަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް ތިލަފަތަށް ވޯޓުދިނުމަށް ގަޕޯ ވަނީ އެދިވަޑައިގެންފަ އެވެ. 

އެމްޑީޕީއަބްދުލްގަފޫރު މޫސާއެމްޑީޕީ ޕްރައިމަރީލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

14 ޖެނުއަރީ 2026
ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

12 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ

ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

12 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު