Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ 2026

ޕްރައިމަރީގައި ވޯޓުލާ މީހުންގެ އަދަދު ރަނގަޅު، މި އިނގެނީ އެކުގައި ތިބުމުގެ މުހިންމުކަން: ޣަފޫރު

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީއަށް ވޯޓުލުމަށް ނުކުންނަ މީހުންގެ އަދަދު ރަނގަޅު ކަމަށާއި އިންތިޚާބުގެ އިންތިޒާމުތައް ރަނގަޅު ކަމަށް ޣަފޫރު މޫސާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 11:31
 އެމްޑީޕީ ގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ރާއްޖެ ޓީވީ އަށް އިންޓަރވިއު އެއް ދެއްވަނީ

އެމްޑީޕީ ގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ރާއްޖެ ޓީވީ އަށް އިންޓަރވިއު އެއް ދެއްވަނީ | ރާއްޖެ އެމްވީ

މިހާތަނަށް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އެމްޑީޕީ ގެ ޕްރައިމަރީގައި ވޯޓުލާން ނުކުންނަ މީހުން ގެ އަދަދު ރަނގަޅު ކަމަށާއި މި އިންތިޚާބުން ވެސް އެނގެނީ އެކުގައި ތިބުމުގެ މުހިންމުކަން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުން ގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އޭނާ އެފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އެމްޑީޕީ ގެ ޕްރައިމަރީ އާއި ގުޅިގެން ކުރިއަށް ގެންދާ ރާއްޖެޓީވީގެ ކަވަރޭޖް އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. 

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތަށް ބެލުމުން ހިތްހަމަ ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެނގިގެން ދަނީ އެކުގައި އޮންނަން ޖެހޭ ވަގުތުގައި އެކަތިގަނޑަކަށް ވާނެ ޕާޓީ އެއްކަން މި ޕާޓީ އަކީ. މި އިނގެނީ އެކުގައި ތިބުމުގެ މުހިންމުކަން."  ޣަފޫރު ވިދާޅުވި އެވެ.

އިންތިޚާބު އެހާ އޮމާންކަމާއި އެކު ކުރިއަށް ދަނީ ހުރިހާ ކެނޑިޑޭޓުންގެ އެއްބާރުލުމާއި އެކުގައި ކަމަށް ޣަފޫރު ވިދާޅުވި އެވެ. އިންތިޚާބުން ބަލި ވާ މީހުން ވެސް މޮޅުވާ މީހުންނާއި އެކު މަސައްކަތް ކުރުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ ވޯޓުލުން ޖެނުއަރީ 16 ވަނަ ދުވަހު މެންދުރުފަހު 2:30ން ރޭގަނޑު 8:00ށް ކުރިއަށްދާނެ އެވެ. 

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510ށް ވުރެ ގިނަ ކެންޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.

ޖުމްލަ 65 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ 14 ފޮށި އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށްޓާއި، މާލެއިން ބޭރުގައި ބަހައްޓާ 34 ވޯޓު ފޮށްޓެވެ.

އަބްދުލްގަފޫރު މޫސާއެމްޑީޕީޑަބްލިއުޑީސީލޯކަލް ކައުންސިލްތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު 2:30ން 08:00ށް ކުރިއަށް ދާނެ

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު 2:30ން 08:00ށް ކުރިއަށް ދާނެ

16 ޖެނުއަރީ 2026
އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން

އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން

16 ޖެނުއަރީ 2026
ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

15 ޖެނުއަރީ 2026
ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

15 ޖެނުއަރީ 2026
އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު