Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިންޑިއާ ގުޅުން

އެމެރިކާ އިން އިންޑިއާ އަށް 92.8 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި

20 ނޮވެމްބަރު 2025 | ބުރާސްފަތި 12:14

މިއީ އިންޑިއާ އިން ރަޝިޔާގެ ހަތިޔާރު ގަތުން މަދުކޮށް އެމެރިކާ އާއެކު ދިފާއީ ވިޔަފާރި ފުޅާ ކުރަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 12:14
ވިއްކަން ނިންމި ހަތިޔާރުގެ ތެރޭގައި ޖެވެލިން އެންޓި ޓެންކް މިސައިލް ހިމެނޭ

ވިއްކަން ނިންމި ހަތިޔާރުގެ ތެރޭގައި ޖެވެލިން އެންޓި ޓެންކް މިސައިލް ހިމެނޭ

އެމެރިކާ އިން އިންޑިއާ އަށް 92.8 މިލިއަން ޑޮލަރު ގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

މި ހަތިޔާރުތަކުގެ ތެރޭގައި ޖެވެލިން އެންޓި-ޓޭންކް މިސައިލްތަކާއި އެކްސްކެލިބާ ޕްރިސިޝަން އާޓިލަރީ ޕްރޮޖެކްޓައިލްތައް ހިމެނެއެވެ.

މިކަން އެމެރިކާ އިން ހާމަ ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވޮޝިންޓަންގައި ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވިތާ ނުވަ މަސްދުވަސް ފަހުންނެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ލީޑަރުން "ދިފާއީ ގުޅުންތައް ކުރިއަރުވަން" ވަނީ އެއްބަސްވެފަ އެވެ.

މޯދީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އޮކްޓޯބަރު މަހު ކުރިއަށް އޮތް 10 އަހަރު ދުވަހު ގެ މުއްދަތައް ދިފާއީ ގުޅުން ފުޅާ ކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.

އެމެރިކާ އިން އިންޑިއާ އަށް ހަތިޔާރު ފޯރުކޮށްދޭ މި ދަނޑިވަޅަކީ، ހަތިޔާރު ހޯދުމަށް އިންޑިއާ އިން ރަޝިޔާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. ޓްރަމްޕް ވަނީ އެމެރިކާ ގައި އުފައްދާ ހަތިޔާރުތައް ގިނައިން ގަތުމަށް އިންޑިއާ ގެ ކިބައިން އެދިފައި ކަމަށް ރިޕޯޓު ތައް ބުނެއެވެ.

ރަޝިއާ އަކީ އަދިވެސް އިންޑިއާ އަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމުގެ ގޮތުގައި ދެމިއޮތް ނަމަވެސް، 2017 އިން 2023 އަށް އިންޑިއާ އިން އެމެރިކާ ގައި އުފައްދާ ހަތިޔާރު ގަންނަން ފެށުމާއެކު އެ ހިއްސާ 62% އިން 34% އަށް ދަށްވެފައިވެއެވެ.

އަނެއް ކޮޅުން އެމެރިކާ އިން އިންޑިއާ އިން ކުރާ ދިފާއީ ހަތިޔާރު ގަތުމުގެ ވިޔަފާރި ގާތްގަނޑަކަށް ސުމަކުން 20 ބިލިއަން ޑޮލަރަށް އަރައިފައިވާއިރު، އެމެރިކާ މިހާރު ވެފައި ވަނީ އިންޑިއާ އަށް ތިން ވަނަ އަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމުގެ ގޮތުގައެވެ. އިންޑިއާ އަށް އެންމެ ގިނަ ހަތިޔާރު ފޯރުކޮށްދެނީ ރަޝިއާ އާއި ފްރާންސް އިން ނެވެ.

ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ޑިފެންސް ސެކިއުރިޓީ ކޯ-އޮޕަރޭޝަން އޭޖެންސީ (ޑީއެސްސީއޭ) އިން ބުނީ މި ހަތިޔާރުތަކުން "މިހާރުގެ އަދި ކުރިއަށް އޮތް ނުރައްކާތަކާ ކުރިމަތިލުމުގައި އިންޑިއާގެ ގާބިލްކަން ރަނގަޅުކުރާނެ" ކަމަށެވެ.

ބަޔާނެއްގައި ބުނީ 45.7 މިލިއަން ޑޮލަރުގެ ޖެވެލިން މިސައިލް ސިސްޓަމް ވިއްކުމަށް ހުއްދަ ދީފައިވާ ކަމަށެވެ. މި ސިސްޓަމްގައި 100 އެފްޖީއެމް-148 ޖެވެލިން ރައުންޑް، "ފްލައި-ޓު-ބައި" މިސައިލަކާއި އަދި 25 ލައިޓްވެއިޓް ކޮމާންޑް ލޯންޗް ޔުނިޓް ހިމެނެއެވެ.

މި ޕެކޭޖުގައި ސިމިއުލޭޝަން ރައުންޑްތަކާއި، ތަމްރީނު ދިނުމާއި، ސްޕެއާ ޕާޓްސް، ޓެކްނިކަލް އެހީތެރިކަމާއި އެހެނިހެން ލޮޖިސްޓިކަލް ސަޕޯޓް ވެސް ހިމެނެއެވެ.

އެމެރިކާ-އިންޑިއާނަރެންދުރަ މޯދީ ހަތިޔާރު ވިއްކުންދިފާއީ ގުޅުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
12 ނޮވެމްބަރު 2025

ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި

12 ނޮވެމްބަރު 2025
ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި
08 އޮކްޓޯބަރު 2025

ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް

08 އޮކްޓޯބަރު 2025
ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް
05 އޮކްޓޯބަރު 2025

އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ

05 އޮކްޓޯބަރު 2025
އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ
06 ސެޕްޓެމްބަރު 2025

އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ

06 ސެޕްޓެމްބަރު 2025
އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

އެއް ކާރު ކޮޅެއްގައި ދަތުރު ކުރައްވައި، ޕުޓިން އާއި މޯދީގެ ގާތް ގުޅުން ދައްކުވައިފި

02 ސެޕްޓެމްބަރު 2025
އެއް ކާރު ކޮޅެއްގައި ދަތުރު ކުރައްވައި، ޕުޓިން އާއި މޯދީގެ ގާތް ގުޅުން ދައްކުވައިފި
20 އޯގަސްޓު 2025

ޕުޓިން އާއި މޯދީ ނިއު ދިއްލީގައި ބައްދަލު ކުރައްވާނެ ކަމަށް ރަޝިޔާގެ އޮފިޝަލަކު ބުނެފި

20 އޯގަސްޓު 2025
ޕުޓިން އާއި މޯދީ ނިއު ދިއްލީގައި ބައްދަލު ކުރައްވާނެ ކަމަށް ރަޝިޔާގެ އޮފިޝަލަކު ބުނެފި
04 އޯގަސްޓު 2025

އިންޑިއާ އިން އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް "ބޮޑުތަނުން" އިތުރު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

04 އޯގަސްޓު 2025
އިންޑިއާ އިން އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް "ބޮޑުތަނުން" އިތުރު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް