Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އިންޑިއާ

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025 | ހުކުރު 08:34

އިންޑިއާ އަށް ޕުޓިން ކުރައްވާ ދަތުރުފުޅުގައި، އިންޑިއާ އާއި ރަޝިޔާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުން ތަކެއްގައި ސޮއި ކުރާނެ އެވެ. އަދި އިންޑިއާ އާއި ރަޝިޔާއާ ދެމެދު ގޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދެ ޤައުމު ގުޅިގެން ކުރިއަށް ދިޔުމަށް އެންމެހައި މަޝްވަރާތައް ވެސް ކުރާނެ އެވެ.

ރަޝިއާގެ ރައީސް ޕޫޓިން ޑިސެމްބަރު 4-5 ގައި އިންޑިއާއަށް ރަސްމީ ޒިޔާރަތެއް ކުރައްވާނީ ވިޔަފާރީ އެއްބަސްވުންތަކާއި ދިފާއީ ގުޅުން ވަރުގަދަކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2025 | ހުކުރު 08:34
ރަޝިޔާގެ ރައީސް ޕުޓިން އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ މީގެ ކުރިން އެއް ކާރު ކޮޅުގައި ދަތުރު ކުރައްވަނީީ

ރަޝިޔާގެ ރައީސް ޕުޓިން އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ މީގެ ކުރިން އެއް ކާރު ކޮޅުގައި ދަތުރު ކުރައްވަނީީ

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން، ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ހާމަ ކޮށްފި އެވެ.

ކްރެމްލިން އިން ހުކުރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވާނީ ދެ ދުވަހުގެ ދަތުރުފުޅެއްގަ އެވެ. އަދި އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ޕުޓިން ޤައުމަށް ވަޑައިގަންނަވާނެ އެވެ.

ކްރެމްލިން އިން ހާމަ ކޮށްފައިވާ ގޮތުގައި ޕުޓިންގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން ވެސް، ރަޝިޔާ އާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުން ވަނީ މިއަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފަ އެވެ.

އިންޑިއާ އަށް ޕުޓިން ކުރައްވާ ދަތުރުފުޅުގައި، އިންޑިއާ އާއި ރަޝިޔާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުން ތަކެއްގައި ސޮއި ކުރާނެ އެވެ. އަދި އިންޑިއާ އާއި ރަޝިޔާއާ ދެމެދު ގޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދެ ޤައުމު ގުޅިގެން ކުރިއަށް ދިޔުމަށް އެންމެހައި މަޝްވަރާތައް ވެސް ކުރާނެ އެވެ.

ހަމަ އެހެންމެ، ޕުޓިންގެ އެ ދަތުރުފުޅުގައި ސަރަހައްދީ މައްސަލަ ތަކާއި، ބައިނަލްއަޤުވާމީ މައްސަލަތަކާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ކްރެމްލިން އިން ވަނީ ހާމަ ކޮށްފަ އެވެ.

ޕުޓިން އިންޑިއާ އަށް މި ވަޑައިގަންނަވަނީ ބައެއް ޤައުމުތަކާ އިންޑިއާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި ވަނިކޮށެވެ. އެއީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ރަޝިޔާ އިން ފެށި ޔުކްރެއިން ހަނގުރާމަ އަށް ފަހު ވެސް، އިންޑިއާ އިން ރަޝިޔާގެ ތެޔޮ ހެޔޮ އަގެއްގައި ގަންނަމުން އައުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސް ކަމެކެވެ.

އެކަމަކުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް ވެސް ނިންމަވައިފަ އެވެ. ނަމަވެސް، އެ ނިންމުމާ އެކު ވެސް، އިންޑިއާ އިން ރަޝިޔާއާ އެކު ގުޅުން ބަދަހި ކުރަމުން ގެންދާނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވަނީ ހާމަ ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ވްލަޑިމިއަރ ޕުޓިންނަރެންދުރަ މޯދީ ރަޝިޔާ-އިންޑިއާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް