Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ހައްޔަރީން

ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުން ތެރި ކަމާ އެކު ދަނީ ކުރަމުން: މެމްބަރު އައްބާސް

ދުނިޔޭގައި ތިބި ބަޔަކަށް ލަސްތަކެއް ނުވެ ބޮޑު މަންޒަރު ފެންނާނެ ކަމަށް އައްބާސް ވިދާޅުވި

ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 08:00
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުން ތެރި ކަމާ އެކު ކުރިއަށް ދާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބުދަ ދުވަހު އައްބާސް ވިދާޅުވީ، "ހުރިހާ ސިޔާސީ ލީޑަރުންނާ ޗެލެންޖުކޮށްފައި އަޅުގަނޑު މިދަންނަވަނީ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ!" ކަމަށެވެ.

އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތް ގޮތަށް ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތް މިހާރު ވަނީ ކޮށްފައި ކަމަށާއި، ދެން ކުރަން ޖެހޭ މަސައްކަތްތަށް ރޭވުންތެރިކަމާއެކު އެދަނީ ކުރަމުން ކަމަށް އައްބާސް ވިދާޅުވިއެވެ.

"ދުނިޔޭގައި ތިބި ބަޔަކަށް ލަސްތަކެއް ނުވެ ބޮޑު މަންޒަރު ފެނިވަޑައިގަންނަވާނެ..އިންސާފު ލިބޭނެ ހަމަ އެއްތަނެއްވެސް މިހާރަކު ނޯންނާނެ..އެއްބާރުން އަނެއް ބާރަށް ފާޑުކިޔާ, ޖަވާބުދާރީ ކުރުވާނެ އެއްވެސް ބާރެއް މިހާރަކު ނޯންނާނެ،" ކަމަށް އައްބާސް ލިޔުއްވާފައިވެއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ރައްޔިތުން އަމިއްލައަށް ކެހިކަޑުލުގެ ހިތި ފިލުވަންޖެހިފައި ވަނީ ރައްޔިތުން ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވި އިރު، ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިހާރުވެސް ޖަލުގައި އެއްވެސް ކުށެއް ނެތި 6 މީހުން ތިބީ ބަންދުކޮށްފައެވެ. އެމީހުން ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ، ގާނޫނޫ އަސާސީ އިން ލިބިދޭ ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ ހައްގުގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި 'ލޫޓުވައިފި، ލޫޓުވައިފި' މުޒާހަރާ ގައި ބައިވެރިވެގެންނެވެ.

މުހައްމަދު އައްބާސްވެލިދޫ ދާއިރާސިޔާސީ ހައްޔަރީންލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

15 ނޮވެމްބަރު 2025
ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް
12 ނޮވެމްބަރު 2025

މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް

12 ނޮވެމްބަރު 2025
މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
03 ނޮވެމްބަރު 2025

މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް : މިއީ ތިމާވެށީގެ ދާއިރާގައި ރާއްޖޭގެ ނަން ބަދުނާމު ލިބޭނެ ކަމެއް"

03 ނޮވެމްބަރު 2025
މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް : މިއީ ތިމާވެށީގެ ދާއިރާގައި ރާއްޖޭގެ ނަން ބަދުނާމު ލިބޭނެ ކަމެއް"
24 އޮކްޓޯބަރު 2025

މި ސަރުކާރުން ދެ ލައްކަ ރުފިޔާ އަށް ކަޓު ނަގައިގެން، ކުށްވެރިންގެ ފައިގައި ޓެގް އަޅުވާކަމުގެ ތުހުމަތު!

24 އޮކްޓޯބަރު 2025
މި ސަރުކާރުން ދެ ލައްކަ ރުފިޔާ އަށް ކަޓު ނަގައިގެން، ކުށްވެރިންގެ ފައިގައި ޓެގް އަޅުވާކަމުގެ ތުހުމަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު