Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު އައްބާސް

ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

ޖަލްސާ އަށް 15،000 މީހުން ނުގެންދެވުމަކީ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ނޮވެމްބަރު 2025 | ހޮނިހިރު 12:46
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް

ވަޒީފާގެ ބިރަށް މަޖުބޫރީ ހާލަތުގައި ގެންދިއަ މީހުންނާ، 100 ރުފިޔާ ދީގެން ޖަލްސާއަށް ގެންދިއަ މީހުންނާ ޓީޝާޓު ލައްވައިގެން ގެންދިއަ ބިދޭސީންނާ އެކުވެސް ޕީއެންސީ ޖަލްސާއަށް ގޮސް ތިބި މީހުންގެ އަދަދު 5000 އަށް ނާރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީ އިން އިސްނަގައިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް އެއްބަޔަކު ގެންދިޔައީ 100 ރުފިޔާ ދީގެން ކަމަށެވެ. އަނެއް ބަޔަކު ގެންދިޔައީ ވަޒީފާގެ ބިރު ދައްކައިގެން ކަމަށާ ދެން ތިބީ ޕީއެންސީ ޓީޝާޓު ލައްވައިގެން ގެންދިއަ ބިދޭސީން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ނަމަވެސް އެ ހުރިހާ ކަމެއް ކުރި އިރު ވެސް ސަރުކާރަށް ގެންދެވުނު މީހުންގެ އަދަދު 5000 އަށް ނާރާ ކަމަށް މެންބަރު ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ ކުރި އިސްރާފުން ފެންނަނީ މި ސަރުކާރުގެ ދެއްކުންތެރިކަން ހައްދުން ނެއްޓިފައިވާ މިންވަރު ކަމަށެވެ.

ޕީއެންސީން ހުކުރު ދުވަހުގެ ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި އެއްކުރެވުނީ އެ ޕާޓީގައި ތިބި 60،000 އަށްވުރެ ގިނަ މެމްބަރުންގެ ތެރެއިން އެންމެ 13،000 މެމްބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން ގެނައުމަށް މަސައްކަތް ކުރިއިރު، ބޮޑު މަންޒަރެއް ދެއްކުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަން މި އަދަދުތަކުން ހާމަވެ އެވެ.

ޖަލްސާގައި ވާހަކަ ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ރޭ ބޭއްވޭ ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވާ ބައްދަލުވުން ކަމަށެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި އެވަގުތު 13،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި އަދަދަކީ ޕީއެންސީގެ އިސް ފަރާތްތަކުން ކުރިން ލަފާކުރި އަދަދަށްވުރެ ވަރަށް ދަށް އަދަދެކެވެ.

ޕީއެންސީގެ ބައެއް އިސް ފަރާތްތަކުން މީގެ ކުރިން ބުނެފައިވަނީ، މި ޖަލްސާއަށް މަދުވެގެން 15،000 މީހުން އެއްތަންކުރާނެ ކަމަށެވެ. އެހެން ނަމަވެސް، އެ އަދަދަށް ވުރެ ވަރަށް މަދު މީހުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.

ޕީއެންސީގެ ބޮޑު ޖަލްސާއަށް މީހުން ގެނައުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މިއިން ޒަމާނަކު ރާއްޖޭގެ ސަރުކާރަކުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް މީހުން ގެނައުމަށް ނުކުރާހާ ގިނަ މަސައްކަތް ކޮށްފަ އެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގައި ޕީއެންސީ އިން ބޭއްވި އެއްވުމަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ބޭއްވޭ އެންމެ ބޮޑު ބައްދަލުވުން ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއްވުމަކީ މޭޑޭ ފާހަގަ ކުރަން މާލޭގައި އެމްޑީޕީ އާ ބައެއް ޕާޓީތައް ގުޅިގެން ބޭއްވި އެއްވުމެވެ.

ޕީއެންސީރައީސް މުއިއްޒުމުހައްމަދު އައްބާސްވެލިދޫ ދާއިރާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު