Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަރު މަސްވެރިކަން

މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް : މިއީ ތިމާވެށީގެ ދާއިރާގައި ރާއްޖޭގެ ނަން ބަދުނާމު ލިބޭނެ ކަމެއް"

އެ ގަރާރުގައި ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ސަރުކާރަށް އައްބާސް ވަނީ ގޮވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2025 | ހޯމަ 12:33
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް

ރާއްޖޭަގައި މިޔަރު ހިފުމާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އައްބާސް ހުށަހަޅުއްވާފައިވާ މި ގަރާރުގެ ފުރަތަމަކިޔުން އަންގާރަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ގަރާރާއި ގުޅޭގޮތުން އައްބާސް ރާއްޖެ އެމްވީ އަށް ވިދާޅުވީ މިޔަރުގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ރާއްޖެއިން މުޅި ދުނިޔެ އަށް ދައްކައިދީފައިވާ ނަމޫނާ އެ ގޮތުގައި ދެމެހެއްޓުން މުހިންމު ކަމަށެވެ. މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަކީ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާ އިން ރާއްޖެ އަށް ލިބިފައިވާ ރަނގަޅު ނަމަށް ބަދުނާމު ލިބިގެންދާނެ ނިންމުމަކަށް މި ނިންމުން ވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ޖަމުއިއްޔާތަކާއި، ތިމާވެށީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް ރާއްޖެ އަށް އަމާޒުވެ، ރާއްޖޭގެ ބްރޭންޑަށް ގެއްލުން ލިބޭނެ ކަަމށް އައްބާސް ހުށަހެޅުއްވި ގަރާރުގައި ވެއެވެ. އަދި އެ ގަރާރުގައި، މިޔަރުގެ ބާވަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެ އަށް އޮތް ޒިންމާތަކަށް ވެސް އުނިކަން އައިސް ރާއްޖެ ބަދުނާމުވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާ އިރު އަންނަ ނޮވެމްބަރުން މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމަކީ ދިވެހިރާއްޖެ އަށް އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެކަމާ ގުޅިފައިހުރި އެތައް ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެ އެވެ.

" މިޔަރު އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ، ލަހުން ދަރިމައިވާ، އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބަވަތްތަކަކަށް ވުމާއެކު، މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތެރިކަން ދަށް އާބާދީތަކެއް" އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ކަނޑުގެ ނިޒާމުގައި މިޔަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހަކަށް ވެފައި، ކަނޑުގެ އެހެން ދިރުންތައް ކޮންޓްރޯލްކޮށް، ކަނޑުގެ ޞިއްޙަތު ދެމެހެއްޓުމަށް އެހީތެރިވާ 'ކީސްޓޯން ސްޕީޝީޒް' އެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލައިފި ނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ. މިޔަރު މަދުވުމަކީ އެހެން މަސްތަކުގެ އާބާދީތަކަށް ބަދަލުތައް އައިސް، ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ރާއްޖޭގެ މަސްވެރިކަމަށް ވެސް ނޭދެވޭ އަސަރުތައް ކުރާނެކަމަށް ވެސް އެ ގަރާރުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ދިރޭ މިޔަރަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ އިޤްތިޞާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާ އަށް ވުރެ އެތައް ގުނައެއް ބޮޑުކަން ފާހަގަ ކުރެވެ އެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަނެއްކާވެސް ހުއްދަކޮށްފި ނަމަ، މިޔަރުގެ އާބާދީ ދަށްވާނެ ކަން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ފާހަގަކުރެ އެވެ. އެހެންކަމުން މިކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބި، މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެކަމަށް އައްބާސް ވެސް ފާހަގަކުރައްވަ އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއްބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށް ކުރާ ޑައިވިންގ އާއި ސްނޯކްލިންގ އަށް ވެފައި، ޚާއްޞަކޮށް ތަފާތު ވައްތަރުގެ މިޔަރާއި، އެންމަޑި ފަދަ ބޮޑެތި ކަނޑުއުޅޭ ދިރުންތައް ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ އަށް އާދޭ." އައްބާސް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

ހަމައެހެންމެ ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖޭގައި ފުރުސަތު ދިނުމަކީ ކުރު މުއްދަތުގެ އިޤްތިޞާދީ ކުޑަ މަންފާއެއް ލިބިދާނެ ކަމެއް ކަމުގައި ވީ ނަމަވެސް އެކަމުން ދިގު މުއްދަތުގައި ތިމާވެއްޓަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ މަގާމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަން އައްބާސް ފާހަގަކުރެއްވި އެވެ.

އެ ގަރާރުގައި އައްބާސް އިތުރަށް ވިދާޅުވެފައި ވަނީ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދީ، މިޔަރުގެ ހިމާޔަތް ދެމެހެއްޓުމަކީ ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށްޓަކައި މުހިންމު ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދީ، މިހާރު އޮތް ހިމާޔަތުގެ އުސޫލު ދެމެހެއްޓުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އެހެންކަމުން އެ ގަރާރުގައި ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ސަރުކާރަށް އައްބާސް ވަނީ ގޮވާލާފަ އެވެ.

މުހައްމަދު އައްބާސްމިޔަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

15 ނޮވެމްބަރު 2025
މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް

މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް

12 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
މެމްބަރު އައްބާސްގެ ސުވާލެއް ރައީސަށް: މިލިއަނުން ވައްކަން ކުރާ އިރު ކުޅިބަލަން ހުންނަވަނީ ކީއްވެތޯ؟

މެމްބަރު އައްބާސްގެ ސުވާލެއް ރައީސަށް: މިލިއަނުން ވައްކަން ކުރާ އިރު ކުޅިބަލަން ހުންނަވަނީ ކީއްވެތޯ؟

11 އޮކްޓޯބަރު 2025
ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުން ތެރި ކަމާ އެކު ދަނީ ކުރަމުން: މެމްބަރު އައްބާސް

ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުން ތެރި ކަމާ އެކު ދަނީ ކުރަމުން: މެމްބަރު އައްބާސް

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު