Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

ވާނުވާގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ: ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުން ބުނީ 2025 ވަނަ އަހަރު ފެށުނު އިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ 272 މީހުން ނަމަވެސް އަހަރު ނިމުނު އިރު ބަންދުގައި ތިބީ 128 މީހުން. ކޯޓުން މަހަކު 175 މައްސަލަ ނިންމާ ބާރުމިނުގައި ހުރުމުން 2026 ވަނަ އަހަރު ނިމޭއިރު އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިމޭނެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 05:42
ހުޅުމާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ އެނެކްސް އިމާރާތް

ހުޅުމާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ އެނެކްސް އިމާރާތް | ރާއްޖެ އެމްވީ

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. 

2025 ވަނަ އަހަރު ތަފާސް ހިސާބު އާންމު ކުރަމުން ކްރިމިނަލް ކޯޓުން ބުނީ 2025 ވަނަ އަހަރު ފެށުނު އިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ އަދަދަކީ 272 ކަމަށެވެ. އަދި މި މީހުންގެ ތެރެއިން 2025 ވަނަ އަހަރު ނިމުނު އިރު ބަންދުގައި ތިބީ 128 މީހުންނެވެ. 

Advertisement - newsAdvertisement

އެ ކޯޓުން ބުނީ 2025 ވަނަ އަހަރު ނިމުނު އިރު ކްރިމިނަލް ކޯޓުގައި ނުނިމި އޮތީ ޖުމްލަ 1735 މައްސަލަ އެވެ. އަދި ކޯޓުގެ ދުވެލި މި ވަގުތު ހުރީ މަހަކު 175 މައްސަލަ ނިންމުމުގެ ބާރުމިނުގައި ކަމުގައިވާތީ، މި ރޭޓުން މަސައްކަތް ކުރިއަށް ދާނަމަ އަހަރު ނިމޭއިރު ދެ ހާހަށްވުރެ ގިނަ މައްސަލަ ނިމޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި އަންދާޒާގެ 85 އިންސައްތަ އަށް މަސައްކަތް ކުރެވުނު ކަމުގައިވީނަމަވެސް، 2026 ވަނަ އަހަރު ނިމޭ އިރު އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިމެނޭ ކަމަށް އަދަދުތަކުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ. 

ކްރިމިނަލް ކޯޓުން ބުނީ 2026 ވަނަ އަހަރަކީ ކްރިމިނަލް ކޯޓުގެ މަސައްކަތުގެ ދުވެލި، އެ ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހާ ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭ އިރު، މި އަހަރަކީ ބެކްލޮގުގައި ހުރި މައްސަލަތައް ވެސް ނިމެނޭ އަހަރެއް ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން ޝަރިއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މަައްސަލަތައް މި އަހަރު ނިމެނޭ ކަމަށާއި، އައު އިމާރާތުގެ ސަބަބުން ކޯޓުން މައްސަލަ ނިންމާ ރޭޓަށް އައި ކުރިއެރުމަށް ބަލާއިރު، ކުރެވޭ އުއްމީދީ އަންދާޒާއެއް ކަމަށް ބުނެފައިވެ އެވެ. 

އަދި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަރައް ދިގުލައި ނުނިމި އޮތް އޮތުން 2026 ވަނަ އަހަރުގެ ތެރޭގައި ހައްލުވާނެކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މި އަހަރުގެ ފެށުނު އިރު ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް މި އަހަރު ނިމޭ އިރު ބަންދުގައި ނުހުންނާނެ ކަމަަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ. 

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި ޖިނާއީ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކް މައްސަލަތައް ހިމެނެ އެވެ. އެގޮތުން ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ އަދަދަކީ ޖިންސީ ގޯނާގެ މައްސަލަތަކާއި ހަމަލާގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކްރިމިނަލް ކޯޓްޖިނާއީ ދައުވާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

06 ޖެނުއަރީ 2026
އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ޖެނުއަރީ 2026
ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

03 ޖެނުއަރީ 2026
ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ޖެނުއަރީ 2026
ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު