Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވް ގޭސް

ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި

މޯލްޑިވް ގޭހުން ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދުބާއީގެ ޖަކްސާ އެނާޖީއަށް ދެއްކި 246،645 ޑޮލަރު ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅީ މެންބަރު ޝާކިރު. ގާބިލުކަން ނެތް އެ ކުންފުންޏަށް އޯޑަރު ދިނީ މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުގެ އިރުޝާދުގެ މަތިންކަން ހާމަވެފައިވާއިރު، އޭސީސީން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 13:36
މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله މުހައްމަދު

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله މުހައްމަދު | މޯލްޑިވް ގޭސް

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ބަލައިދޭން އެ ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ. އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024 ގައި އޯޑަރު ކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރު ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ. އެހެން ކަމުން އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ މެދުވެރިކޮށް ހިންގައި ދިނުމަށެވެ. 

Advertisement - newsAdvertisement

މޯލްޑިވްސް ގޭހަށް ގޭސް ގަތުމަށް ދުބާއީގެ ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ޝިޕްމެންޓުގެ 30 ޕަސެންޓުގެ ފައިސާ ކަމަށްވާ 246،645 ޑޮލަރު ނުވަތަ 3.7 މިލިއަން ރުފިޔާ ދެއްކީ އޮކްޓޫބަރު 2024ގަ އެވެ. 

ގޭސް ޝިޕްމެންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނުކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. 2024 ވަނަ އަހަރު ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށް ނާޒިމް ކޮމިޓީގައި ހާމަކުރެއްވި އެވެ.

މެމްބަރު ޝާކިރުގެ ސިޓީގައި ވަނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ވެސް ތުހުމަތެއް ކުރައްވާފަ އެވެ. އެއީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު މީސްމީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަހްމަދު ޝަމްހީދުއަށް ބިރުދެއްކުން ދޭހަވާފަދަ ގޮތަކަށް ޕޯސްޓެއް ކޮށްފައިވާތީ އެވެ.

މެމްބަރު ޝާކިރު ވިދާޅުވީ މީސްމީޑިއާގައި މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކުން ދޭހަވާފަދަ ގޮތަކަށް ޕޯސްޓެއް ކުރުމަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއިން ބައްލަވައިދެއްވަންޖެހޭ ކަމެއް ކަމަށެވެ.

ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލިފައިވާ އިރު، ގާބިލުކަން ނެތް ކުންފުންޏަކަށް ގޭހުގެ އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ވަނީ ހާމަވެފަ އެވެ.  އެ ކުންފުންޏަށް އޯޑަރު ދިން އިރު ޖަކްސާ އެނަރޖީ ޓްރޭޑިންގ ކޮމްޕެނީ މޯލްޑިވްސް ގޭސްގެ ވެންޑަރ އެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ އެމްޑީގެ ހާއްސަ ހުއްދަ އަކާއި އެކުގަ އެވެ. ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ އެ ކުންފުނިން 31 ޑިސެމްބަރު 2023 ގެ ތާރީހުގައި ހުށަހެޅި ފައިނޭޝަނަލް ސްޓޭޓްމަންޓަށް ބަލާ ނަމަ އެ ކުންފުންޏަށް އެ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީނީ 1.4 މިލިއަން ޑޮލަރެވެ.

އެ އަދަދަކީ މޯލްޑިވްސް ގޭސްގެ ޤަވާއިދުގައި ބުނާ މިންގަނޑު ހަމަވުމަށް 3.6 މިލިއަން ޑޮލަރު މަދު އަދަދެކެވެ. 

މޯލްޑިވްސް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާތައް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ.

މޯލްޑިވް ގޭސްއަބްދުﷲ މުހައްމަދުއަހުމަދު ޝާކިރުޖަކްޝާ އެނާޖީއެސްއޯއީ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

13 ޖެނުއަރީ 2026
ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ

ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ

11 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

05 ޖެނުއަރީ 2026
މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު