Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު

މޯލްޑިވް ގޭސް ގެ ކުރީގެ އެމްޑީ މާނު ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫންގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 14:19
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސް ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މައުމޫން އެ މަގާމުގައި ހުންނެވި ދުވަސްވަރު ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފިއެވެ.

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންއަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 18 އެޕްރީލް 2024 ދުވަހު އެވެ.

Advertisement - newsAdvertisement

ދައުވާ ތަކުގެ ތެރޭގައި ހިމެެނީ ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫންގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެވެ. ކޮންމެ ދަޢުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި ދައުވާތަކަކީ ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ގޮތުގައި އުފުލާފައިވާ ދައުވާތަކެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ 2016 ވަނަ އަހަރު މޯލްޑިވް ގޭސް ގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށެވެ.

އަދި ބާކީ 5 ދައުވާގެ ހުކުމް އެހެން ދުވަހެއްގައި އޮންނާނެ ކަމަށެވެ.

ޑރ އަބްދުﷲ މުއްތަލިބުމޯލްޑިވް ގޭސްއެސްޕީއައި އިންޓަރނޭޝަނަލްރިޝްވަތުކްރިމިނަލް ކޯޓްޔާމީން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު