Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝުޖާއު ކޮމިޓީތަކުން ވަކިކުރުން

ޝުޖާއު މުގައްރިރެއްގެ ގޮތުގައި ހުންނަވާ، އެސްއޯއީ ކޮމިޓީން ވެސް އޭނާ ވަކިކޮށްފި

ޝުޖާއު ކޮމިޓީތަކުން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކުރީ އޭނާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށާފައިވަނި ކޮށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 05:55
ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ

ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މުގައްރިރެއްގެ ގޮތުގައި ހުންނަވާ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވެސް އޭނާ ވަކިކޮށްފިއެވެ.

މީގެ ކުރިން އޭނާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ބަދަލުކޮށްފައެވެ. އޭނާ ކޮމިޓީތަކުން ވަކިކުރަމުން މި ދަނީ އޭނާ އާއި މެދު ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ޝުޖާއު އެސްއޯއީ ކޮމިޓީ އިން ވަކިކުރިކަން ހާމަކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.

ޝުޖާއު ހަރަކާތްތެރިވާ ކޮމިޓީތައް ބަދަލުކޮށްފައިވާ އިރު، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ފައިސާ ދޮވުމުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އޭސީސީ އިން ވެސް ދަނީ ބަލަމުންނެވެ.

އެމްއެމްއޭގެ އެފްއައިޔޫއިން އެކުލަވާލާ ފުލުހުންނާއި އޭސީސީއަށް ފޮނުވި ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2022 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެގޮތުން ޝުޖާއުއާއި ގުޅުން އޮންނަ ކުއިކް ޝުއަރ އަށް 10.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ކުންފުންޏަށް ދީފައިވާ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެގޮތުން މި މަސައްކަތް ހަވާލުކުރި އެމްއެންޑީއެފްގެ ސިވެކްއިން ޝުޖާއުއާއި ގުޅުން އޮންނަ ތިން ކުންފުންޏަކަށް ސަބްކޮންޓްރެކްޓްކޮށްފައިވެއެވެ. އެއީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އޭނާ އާ ދެބެގެންގެ ދެދަރި މީހެއް ކަމަށްވާ ކުއިކް ޝުއަރ އަދި ޑީ.ޖީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ފަރާތްތަކަކީ ގުޅުންހުރި ފަރާތްތަކެއް ކަމަށާއި އަދި މިހާރުގެ ސަރުކާރާ އެ ކުންފުނިތަކުގެ ވެރިންނާ ގުޅުންހުރި ހުރުމުގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވޭފަދަ ފަރާތްތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މި ފައިސާގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސުން ސިވެކަށް ފޮނުވި ފައިސާގެ 67% (23,074,427.23 ރުފިޔާގެ ތެރެއިން 15,496,969.41 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ ކުންފުންޏަށް (އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް) އަދި އޭނާގެ ކޮއްކޮ މުޙައްމަދު ނާފިޒުގެ ވިޔަފާރި އަށް (ކުއިކް ޝުއަރ) ޓްރާންސްފަރ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ސިވެކުން ލިބުނު ފައިސާގެ 60.87% (13,143,520.00 ރުފިޔާގެ ތެރެއިން 8,000,000.00 ރުފިޔާ) ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އިބްރާހީމް ޝުޖާޢު އަދި އަޙްމަދު އަދްހަމް ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ފައިސާގެ 14.46% (13,143,520.00 ރުފިޔާގެ ތެރެއިގެ ތެރެއިން 901,000.00 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރެވިފައިވާ ކަމަށާއި މި ފައިސާ އޭނާގެ ދޯނި ބަނުމަށާއި އެހެނިހެން އަމިއްލަ ޚަރަދުތަކަށް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިބްރާހިމް ޝުޖާއުރައްޔިތުންގެ މަޖިލިސްއެސްއޯއީ ކޮމިޓީކޮރަޕްޝަން އޮފިޝަލް އިވެންޓްސްކުއިކް ޝުއަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު