Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

އައިޖީއެމްއެޗުން ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރީއޭޖެންޓް ނެތުމުން 18 އަހަރުގެ ނަފްސާނީ ބަލިމީހަކަށް ޓެސްޓް ނުހެދުނު

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 07:51
އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ މީހަކު، މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ

އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ މީހަކު، މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ލޭގެ ޓެސްޓު ހަދަން ބޭނުންވާ ބައެއް ސާމާނު ނެތިގެން ޓެސްޓެއް ނުހެދުނު ކަމަށް ބުނާ މައްސަލައެއް ރައްޔިތުން ގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލައިދިނުމަށް އެދި ހުށަހަޅައިފި އެވެ.

ރައްޔިތުން ގެ މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝާކިރު ރައްޔިތުން ގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އުމުރުން 18 އަހަރުގެ ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ކުއްޖަކު ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެކަން އައިޖީއެމްއެޗު ގެ ލެބޯޓަރީ އިން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ސިޓީގައިވާ ގޮތުން 18 އަހަރުގެ ކުއްޖާއަށް ޓެސްޓު ނުހެދޭނެކަން އައިޖީއެމްއެޗު ގެ ލެބޯޓަރީ އިން އެންގީ، އެ ކުއްޖާ އަށް ބޭނުންވާ ފަރުވާއެއް ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދޭތޯ ޔަގީން ކުރުމަށްފަހު، އެ ފަރުވާގެ ޓެސްޓު ހެދުމަށް ނަންބަރު ނަގައި، 200 އަށް ވުރެ ގިނަ މީހުންގެ ކިޔޫއަކަށް ފަހު ލޭ ނަގަން ދިޔަ ވަގުތު ކަމަށެވެ.

އޭގެ އިތުރުން އައިޖީއެމްއެޗް ގެ ލެބޯޓަރީގައި މިވަގުތު ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރީއޭޖެންޓެއް ނެތް ކަމަށާއި ޕެޓްރިޑިޝް އާއި ސްޓްރޯކް ޖެހޭ ބަލި މީހުންގެ ލޭ ދިޔާކުރުމަށް ބޭނުންވާ މުހިންމު ބޭސް ވެސް ރާއްޖޭގައި ނެތް ކަން ވަނީ ފާހަގަ ކޮށްފަ އެވެ. މި ބޭސްތަކަކީ ލޭ ދިޔާކުރުމަށް ބޭނުންކުރާ ބޭސްތައް ބޭނުންކުރާ މީހުންގެ ފަރުވާގައި ކޮންމެހެން ބޭނުންވާ ބޭސްތަކެކެވެ.

މެންބަރު ޝާކިރު ލިޔުއްވާފައިވާ ގޮތުގައި އެ ކަންކަމަކީ މިވަގުތު ގިނަ އަދަދެއްގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޒަރޫރީ ބޭސް ނުލިބުމުގެ ހާލަތަށް އިތުރުވާ ހިތްދަތި ކަމެކެވެ.

ރައްޔިތުން ގެ މަޖިލީހުގެ އިޖްތިމާއި ކޮމެޓީ އަށް ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން ރާއްޖެ އެމްވީ އިން އައިޖީއެމްއެޗް މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، ދިމާވެގެން އުޅޭ މައްސަލަ އަކީ އެނގިފައިވާ މައުލޫމާތެއް ނޫން ކަމަށާއި އަދި ލެބޯޓަރީ ގައި ދިމާވާ ކަންކަމަކީ އައިޖީއެމްއެޗް ގެ މީޑިއާ އަށް އެނގޭ ކަންކަމެއް ނޫން ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިންގޮތުގައި ޕެޓްރިޑިޝް އައިޖީއެމްއެޗް ގައި ނެތުމުން އޭޑީކޭ އިން ގެންނަތާ 2 ހަފްތާ ވެއްޖެ އެވެ. ޕެޓްރިޑިޝް އަކީ މައިކްރޯ ބަޔޮލޮޖީ ގައި ބެކްޓީރިއާ އަދި ފަންގަސް ފަދަ ކުދި ދިރުންތައް ކަލްޗަރ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ.

ސަރުކާރު ގެ މައި ހޮސްޕިޓަލު ގައި ބޭނުންވާ ބޭސް އާއި ސާމާނު ނެތުމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އާމުން ކުރެ އެވެ. މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

އައިޖީއެމްއެޗްއަހުމަދު ޝާކިރުރައްޔިތުންގެ މަޖިލިސްލިތިއަމް ޓެސްޓްނަފްސާނީ ބަލި

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު