Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވް ގޭސް

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

މި ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ އޭނާ އައްޔަން ކުރެއްވީ ކުނި މެނޭޖު ކުރާ ވެމްކޯގެ ޑީއެމްޑީއަކަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 ޖުލައި 2025 | އަންގާރަ 13:19
މުހައްމަދު އަބްދުލްކަރީމް (ރުކުމާ)

މުހައްމަދު އަބްދުލްކަރީމް (ރުކުމާ)

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

މިއީ މި ސަރުކާރުގައި ރުކުމާ ކުންފުނި ބަދަލު ކުރެއްވި ތިން ވަނަ ފަހަރެވެ. ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ އޭނާ އައްޔަން ކުރެއްވީ ކުނި މެނޭޖު ކުރާ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން ފެނަކައިގެ ޑީއެމްޑީގެ މަގާމުން މުހައްމަދު އަބްދުލްކަރީމް ވަނީ އިންސިއުފާދެއްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް އޭނާ އައްޔަނުކުރީ ޖޫން މަހުގެ 23 ގައި އެވެ.

މި ބަދަލު ގެނައީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް މި ބަދަލު ގެނައިއިރު، މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާތައް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސްޓީއޯއިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަފުސީލެއް ފަހުން ހާމައެއް ނުކުރެ އެވެ.

ސިޔާސީ މައިދާނުން ރުކުމާ ފާހަގަ ވެގެން ދިޔައީ އެމްޑީޕީގެ ތެރެއިންނެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރަން އެމްޑީޕީގެ ޕްރައިމަރީގައި ރުކުމާ ވާދަ ކުރެއްވެވިއެވެ. ނަމަވެސް އެ ޕްރައިމަރީން އޭނާވީ ނާކާމިޔާބެވެ. ދެން އޭނާ އެ ފަހަރުގެ މަޖިލިސް އިންތިޚާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

ފަހުން ރުކުމާ ވަނީ 2021 ވަނަ އަހަރު އޭރު އިދިކޮޅުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

ރުކުމާ މުހައްމަދު އަބްދުލްކަރީމްފެނަކަ ކޯޕަރޭޝަން ލިމިޓެޑްމޯލްޑިވް ގޭސްއެމްޑީޕީޕީޕީއެމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު