Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަނީ އުމަރު

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިން ތިބި ގެއަށް ގެންދިއުމުން މައްސަލަ ހޫނުވެއްޖެ

ހޯމަ ދުވަހު ގެ މެންދުރު އެ އެޕާޓްމަންޓަށް ފުލުހުން ސަނީ އުމަރު ގެންގޮސްފައި ވަނީ، ފުލުހުންގެ ކާރެއްގަ އެވެ. އޭނާ ގޮވައިގެން އެ ގެއަށް ފުލުހުން ވަނުމާއެކު ގޭގެ ވެރިންނާއި ގޭގައި ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 12:26
ސަނީ އުމަރު ފުލުހުން ގެ ކާރަށް އެރުވުން - ގެންދިޔަ ވަގުތު ގޭތެރެއިން ފުލުހުންނާ ގޭގައި ދިރިއުޅެމުން ދިއަ ފަރާތްތަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގި

ސަނީ އުމަރު ފުލުހުން ގެ ކާރަށް އެރުވުން - ގެންދިޔަ ވަގުތު ގޭތެރެއިން ފުލުހުންނާ ގޭގައި ދިރިއުޅެމުން ދިއަ ފަރާތްތަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުސައިން ސަނީ އުމަރު ދިރިއުޅުނު ހ. އަނދުންގެއަށް އޭނާ ގޮވައިގެން ގޮސް ފުލުހުން އެގެ ބަލައި ފާސްކޮށްފި އެވެ. 

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ކުދިންތަކަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ގެ މެންދުރު އެ އެޕާޓްމަންޓަށް ފުލުހުން ސަނީ އުމަރު ގެންގޮސްފައި ވަނީ، ފުލުހުންގެ ކާރެއްގަ އެވެ. އޭނާ ގޮވައިގެން އެ ގެއަށް ފުލުހުން ވަނުމާއެކު ގޭގެ ވެރިންނާއި ގޭގައި ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. 

އެޕާޓްމަންޓު ބަލައި ފާސްކުރުމަށްފަހު ފުލުހުން ވަނީ ސަނީ އުމަރު އަނބުރާ ގެންގޮސްފަ އެވެ. އޭނާ އެ ގެއަށް ގެނެސް އެ ގޭގައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރި ވެފަ އެވެ. އޭނާ ގެންދިޔަ ވަގުތު ވެސް ގޭތެރެއިން ފުލުހުންނާ ގޭގައި ދިރިއުޅެމުން ދިއަ ފަރާތްތަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައި ވެ އެވެ. 

ރާއްޖެއެމްވީ އާ އެ ގެއިން ވާހަކަ ދެއްކި މީހަކު ބުނީ އެފަދަ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ގޭގައި ދިރިއުޅޭ ފަރާތަށް ވެސް އެންގުމެއް ނެތި، އަދި ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ކުދިން ވެސް ތިބި ގެއަށް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަނީ އުމަރު އަށް ކުރެވެނީ އޭނާ ގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. މީގެ އިތުރުން ވެސް އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޭނާ ގެ މައްޗަށް ކުރެވޭ އިރު، އޭގެ ތެރޭގައި 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހިމެނެ އެވެ. 

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު ގެ 30 ވަނަ މާއްދާ އާއި، ގާނޫނު އަސާސީ ގެ 49 ވަނަ މާއްދާއަށް ރިއާޔަތް ކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. 

އެ ހުށަހެޅުމާއި ގުޅިގެން ހުކުރު ދުވަހު އެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފަ އެވެ. މިކަމާއި ގުޅިގެން ސަނީގެ ވަކީލުންނަށް ގުޅުމަށް ރާއްޖެ އެމްވީ އިން ކުރި މަަސައްކަތް ކާމިޔާބުވެފަ އެއް ނުވެ އެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރީ ޑިސެމްބަރު މަހު ކުރީކޮޅެވެ. އޭގެ ކުރިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި، އަދި ފިލައިގެން ދާން ދެ ފަހަރަށް އުޅުމުން ވެސް ފުލުހުން ހުރީ ސަނީ އުމަރު ހައްޔަރު ނުކޮށް ދޫކޮށްލާފަ އެވެ. އަދި އެއީ ކީއްވެގެންތޯ ކުރެވުނު ސުވާލަށް ފުލުހުން ޖަވާބެއް ވެސް ނުދެ އެވެ.

ޙުސައިން ސަނީ ޢުމަރުޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ޖެނުއަރީ 2026
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

31 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު