Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޤަރާރު

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

މީއީ ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައެޅުއްވި މިންވަރެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 19:01
ރައީސާއި ނައިބު ރައީސް: އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ވަނީ ކަނޑައަޅުއްވާފައި

ރައީސާއި ނައިބު ރައީސް: އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ވަނީ ކަނޑައަޅުއްވާފައި

ސްޕެޝަލް އިކޮނޮމިކް ޒޯންގައި (އެސްއީޒެޑްގައި) މި އަހަރު އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 150 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިގޮތައް ކަނޑައެޅުއްވީ އާދީއްތަ ދުވަހު ނެރުއްވި ޤަރާރެއްގައެވެ. ކޮންމެ އަހަރެއްގައި ވެސް އެ އަހަރެއްގައި އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ މިންވަރު ކަނޑައަޅައި އިއުލާނު ކުރަންޖެހެ އެވެ.

ރައީސް ޔާމީންގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި އެސްއީޒެޑްގައި ޤާއިމްކުރެވޭނީ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމްކުރުމަށް ހުށަހަޅާ ޖުމްލަ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން ޢަދަދެއްގެ އިންވެސްޓްމަންޓް ކަމަށެވެ.

އެގޮތުން ހިންގޭނެ އިންވެސްޓްމެންޓްތަކުގެ ގޮތުގައި އެޤަރާރުގައި ކަނޑައަޅާފައިވަނީ އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތާއި ޓްރާންޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް،ޕޯޓް، އެއާޕޯޓް، ބަލްކް ބެރޭކިންގ، ބަންކަރިން، ޑޮކިންގ ސަރވިސަސް މަސައްކަތެވެ. އަދި ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލް، އާއި ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައްވެސް އެމަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް އަދި އައިސީޓީއާ ގުޅޭ ފެސިލިޓީތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސަވިސަސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތަކާއި އިއާދަ ކުރަނިވި ހަކަތައާއި ހަކަތައިގެ ދާއިރާއާއި، އޮއިލް އެންޑް ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް ޢާއްމުކުރުމަށް ހިންގޭ މަސައްކަތްތައް އެސްއީޒެޑްގައި ކުރެވޭނެ މަސައްކަތްތަކުގެ ތެރޭގައި ވަނީ ކަނޑައަޅާފައެވެ.

ރައީސް ޔާމީންގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވައި، އެހެން ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެސްޓްމަންޓުގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕަރު ޤާއިމް ކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ޤާއިމް ކުރުމަށް އެފަރާތުން ޚަރަދުކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމަންޓުގެ ޢަދަދަށެވެ.

މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެސްޓްމަންޓުގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު އެތަނެއް ޤާއިމް ކުރަން ޚަރަދުކުރާ ފިކްސްޑް އިންވެސްޓްމަންޓުގެ އިތުރުން މާލީ ޚިދުމަތް ފަށައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓް ކުރާ ކެޕިޓަލް އިންވެސްޓްމަންޓަށެވެ.

ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި ޑިވެލޮޕަރު ހުށަހަޅާ ޖުމްލަ އިންވެސްޓްމަންޓުގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓުގެ ބައިތަކަށް ޚަރަދުކުރާ ޖުމްލަ އިންވެސްޓްމަންޓުގެ މިންވަރަށްވުރެ ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެއިންވެސްޓްމަންޓުގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

މި ޤަރާރަކީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިސޯދީ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަމިންގަނޑަކީ ކޮބައިކަން ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އަހަރަކު އެއްފަހަރު ކަނޑައަޅަންވާނެ ކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގައި ބަޔާންކޮށްފާތީ ނެރުއްވި ޤަރާރެކެވެ.

އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ މިންވަރު އިއުލާނުކުރި ނަމަވެސް މިހާތަނަށް އެސްއީޒެޑަށް ޝައުގުވެރިވެ، ބަޔަކު ހުށަހަޅާފައެއް ނެތެވެ.

ރައްޔިތުންގެ މިނިވަންކަމަށާއި، މީޑިއާގެ މިނިވަންކަމަށާއި ކަރަޕްޝަން ނައްތާލުމަށް ގޮވާލާ ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސެއިން އަރީފް، ރައްޔިތުންގެ މަޖިލިހުގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ކަނުބަނދެގެން ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރައްވަނިކޮށް، ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ކަމުގައިވާ އަލީ އާރިފް އާއި އިބްރާހިމް ފަލާހް އަރީފްގެ އަތުގައި އޮތް ބޯޑު އަތުލާ، އޭނާގެ ހަށިކޮޅަށް އަރައިގަތް ކަމަށް އަރީފް ވިދާޅުވި.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެންޑަރ ބޯޑު މަސައްކަތް އެވޯޑްކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު އާންމުކޮށްފި

ޓެންޑަރ ބޯޑު މަސައްކަތް އެވޯޑްކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު އާންމުކޮށްފި

17 މާރިޗު 2021
ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލެއް ނުގެންނަން: ބީއެމްއެލް

ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލެއް ނުގެންނަން: ބީއެމްއެލް

10 ޖެނުއަރީ 2021
ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކު ކުރެވޭނެ

ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކު ކުރެވޭނެ

08 އޮކްޓޯބަރު 2020
ބީއެމްއެލް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ކަނޑައަޅައިފި

ބީއެމްއެލް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ކަނޑައަޅައިފި

16 ސެޕްޓެމްބަރު 2020
އިންޑިއާ އާއި ޔޫއޭއީ އިން ދެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ގޮތަށް ހަމަޖައްސައިފި

އިންޑިއާ އާއި ޔޫއޭއީ އިން ދެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ގޮތަށް ހަމަޖައްސައިފި

15 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު