Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

+80,000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި!

މަސްވެރިކަން މުނިފޫހިފިލުވައިދިނުމަށް އުރީދޫ މަސްރޭސް 2025 މި އަހަރުވެސް ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ. މިކަމުން މަސްވެރިކަން ފުރިހަމައަށް އަލުން ދިރުވައިލެވޭނެއެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 17 ޖުލައި 2025 | ބުރާސްފަތި 13:13
 Ooredoo Maldives Headquarters

Ooredoo Maldives Headquarters

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފިއެވެ.

މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

  • ކ. ހުރާ : 22 އޮގަސްޓް 2025
  • ށ. ފުނަދޫ : 29 އޮގަސްޓް 2025
  • ރަޖިސްޓްރޭޝަން ހުޅުވޭ ދުވަސް: 17 ޖުލައި 2025
  • ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: 30 ޖުލައި 2025، 23:59

ރެޖިސްޓަރ ކުރުމަށް 12 މީހުން ހިމެނޭ ޓީމް ( ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރާލާ

ކޮންމެ މަސް ރޭހެއްގައިވެސް މުޅިއަކު 80,000+ރ ގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި

ޗެމްޕިއަން ޓީމް: 25000ރ

ދެވަނަ ޓީމް: 10000ރ

ތިންވަނަ ޓީމް: 5000ރ

އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދެވިގެން ދާނެއެވެ.

އުރީދޫ މަސްރޭސް ބެނަރ
އުރީދޫ މަސްރޭސް ބެނަރ

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑަށް ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ. އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަރުހަބާ ކިޔައެވެ.

އުރީދޫ މަސްރޭސް 2025 ގައި ރަޖިސްޓްރީވުމަށް، އުރީދޫގެ ވެބްސައިޓް މެދުވެރިކޮށްރެޖިސްޓްރީކުރެވެނެއެވެ: http://ore.do/masrace2025

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއުރީދޫ މަސްރޭސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
 މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި
22 މެއި 2024

މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރި ޝަމާހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

22 މެއި 2024
މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރި ޝަމާހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު