Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ

ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވި ސީރިއާގެ ފުރަތަމަ ރައީސް އަކަށް އަލް-ޝަރާ

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ ޓްރަމްޕާއި އަލް-ޝަރާއާ ބައްދަލުވުމާ ގުޅިގެން ސީޒަރ ގާނޫނުގެ ދަށުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 180 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 05:55
ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ - ނޮވެމްބަރު 10، 2025

ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ - ނޮވެމްބަރު 10، 2025

އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ ބައްދަލު ކުރައްވާ، ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވި ސީރިއާގެ ފުރަތަމަ ރައީސްގެ ގޮތުގައި އޭނާ ހިމެނިވަޑައިގެންފި އެވެ.

ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ އާ ހޯމަ ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވި އިރު، މިއީ 1946 ވަނަ އަހަރު ސީރިއާ އަށް މިނިވަން ލިބުނު ފަހުން ވައިޓް ހައުސްއަށް ވަޑައިގެންނެވި ސީރިއާގެ ފުރަތަމަ ލީޑަރެވެ.

ހޯމަ ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސީރިއާ "ވަރަށް ކާމިޔާބު ގައުމަކަށް" ވާން ބޭނުންވާ ކަމަށާއި، ޝަރާ އަށް އެކަން ކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ ޓްރަމްޕާއި އަލް-ޝަރާއާ ބައްދަލުވުމާ ގުޅިގެން ސީޒަރ ގާނޫނުގެ ދަށުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 180 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ސީޒަރ ގާނޫނުގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ސޫރިޔާގެ ސަރުކާރާއި، ރަޝިޔާ އާއި އީރާން ފަދަ ޤައުމުތަކުން އެމީހުންގެ ޖަރީމާތައް ޖަވާބުދާރީ ކުރުވުމަށް އަޅާފައިވާ ދަތިރިކުރުމުގެ ފިޔަވަޅުތަކެކެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ހަނގުރާމައިގެ ޖަރީމާތަކުން ސަލާމަތްވުމަށްޓަކައި، ސީރިއާ ސަރުކާރާ ގުޅުން ބަދަހި ކުރުމަށް ބޭރުގެ އިންވެސްޓަރުން ހުރަސް އެޅުމެވެ.

ސީރިއާގެ ޕްރެޒިޑެންސީން ބުނީ އޯވަލް އޮފީހުގެ މަޝްވަރާތަކުގައި އެމެރިކާއާއި އާއި ސީރިއާ ދެމެދު އޮންނަ ދެގައުމުގެ ގުޅުން ބަދަހިކޮށް ތަރައްގީ ކުރެވޭނެ ގޮތްތައް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އާންމު މަސްލަހަތު އޮންނަ ބައެއް ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

ވަކިން ނެރުނު ބަޔާނެއްގައި ސީރިއާގެ ފޮރިން މިނިސްޓްރީން ބުނީ ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު އަލް-ޝައިބާނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާންއާ އެކު ވޮޝިންޓަންގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެމީހުން އެއްބަސްވީ އެމެރިކާގެ ތާއީދު އޮންނަ ކުރުދީންގެ ބާރު އޮންނަ ސީރިއަން ޑިމޮކްރެޓިކް ފޯސަސް ސީރިއާ ސިފައިންގެ ތެރެއަށް ވައްދައިގެން ކުރިއަށް ދިއުމަށް ކަމަށް ވެސް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

ސީރިއާ އިން ދާދި ފަހުން އައިއެސް ބަލިކުރުމަށް ގްލޯބަލް ކޯލިޝަން އާއި އެކު ސިޔާސީ އެއްބާރުލުމުގެ އިއުލާނެއްގައި ސޮއިކޮށްފައިވާ ކަމަށް ސީރިއާގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ. މި އެއްބަސްވުމަކީ ސިޔާސީ އެއްބަސްވުމެއް ކަމަށާއި މިހާތަނަށް އައިއިރު އަސްކަރީ އެއްވެސް ބައެއް ހިމެނޭ އެއްބަސްވުމެއް ނެތް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އިންފޮމޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ އިސްރާއީލާއެކު ސަލާމަތީ އިންތިޒާމުތަކެއް ހަމަޖައްސަން ޓްރަމްޕް ތާއީދު ކުރެއްވި ކަމަށާއި، އެމެރިކާގައި ހުންނަ ސީރިއާ އެމްބަސީ ރަސްމީކޮށް ހުޅުވާކަން އެމެރިކާއިން އިއުލާން ކުރައްވާފައިވާ ކަމަށެވެ.

ސީޒަރ ގާނޫނުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ހައުސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާމަން ބްރައިއަން މާސްޓް އާދީއްތަ ދުވަހު އަލްޝަރާއާ ބައްދަލުކުރައްވާފައިވެ އެވެ. މާސްޓްގެ ސޮއި އަނބުރާ ގެންދަން ޖެހުނު ނަމަވެސް އޭނާ ވަނީ "އެންމެންނަށް ވެސް ސާފުވާން ޖެހޭ" ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ.

ޑޮނަލްޑް ޓްރަމްޕްއަހްމަދު އައް-ޝަރާއުއެމެރިކާ-ސީރިއާވައިޓް ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު