Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ކެރީބިއަންގައި އެމެރިކާ އިން ބޯޓަކަށް ދިން ހަމަލާގައި ތިން މީހަކު މަރުވެއްޖެ

ހެގްސެތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވެފައި ވަނީ، އެންމެ ފަހުގެ ހަމަލާ ދީފައި ވަނީ ކެރީބިއަން ސަރަހައްދުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ އިތުރު ބޯޓަކަށް ކަމަށެވެ. އަދި އެ ބޯޓަކީ އެމެރިކާގެ އިންޓެލިޖެންސް އަށް އެނގިފައިވާ، ޤާނޫނާ ޚިލާފަށް މަސްތުވާ ތަކެތި ވިއްކަމުން އަންނަ ބޯޓެއް ކަމަށް ވެސް ހެގްސެތު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ކެރިބިއަން ކަނޑާއި ޕެސިފިކް ކަނޑުގައި އެމެރިކާއިން ބޯޓުތަކަށް ދިން 15 އަށްވުރެ ގިނަ ހަމަލާގައި މަދުވެގެން 65 މީހުން މަރުވެފައިވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2025 | އާދީއްތަ 08:48
އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު

އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު

ކެރީބިއަން ކަނޑުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ ބޯޓަކަށް އެމެރިކާ އިން ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވާ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ.

މިއީ ބައިނަލްއަޤުވާމީ ކަނޑުގައި އެމެރިކާ އިން ދެމުން ގެންދާ މި ފަދަ ހަމަލާ ތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާ އެވެ. އެމެރިކާ އިން ކެރީބިއަން ކަނޑުގައި ނޭވީ ޤާއިމު ކޮށްފައިވާއިރު، ޕުއެޓޯ ރިކޯ އަށް އެފް-35 ސްޓެލްތު ހަނގުރާމަ ވައިގެ އުޅަނދު ވެސް ފޮނުވާފައިވެ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި މިއީ މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކެރީބިއަން ކަނޑާއި، ޕެސިފިކް ކަނޑުގައި އެމެރިކާ އިން އެކި ބޯޓު ތަކަށް ދިން 15 އަށް ވުރެ ގިނަ ހަމަލާގައި، މަދުވެގެން 65 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެ ހަމަލާ ތަކަށް އެ ސަރަހައްދުގެ ސަރުކާރު ތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ހެގްސެތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވެފައި ވަނީ، އެންމެ ފަހުގެ ހަމަލާ ދީފައި ވަނީ ކެރީބިއަން ސަރަހައްދުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ އިތުރު ބޯޓަކަށް ކަމަށެވެ. އަދި އެ ބޯޓަކީ އެމެރިކާގެ އިންޓެލިޖެންސް އަށް އެނގިފައިވާ، ޤާނޫނާ ޚިލާފަށް މަސްތުވާ ތަކެތި ވިއްކަމުން އަންނަ ބޯޓެއް ކަމަށް ވެސް ހެގްސެތު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ބައިނަލްއަޤުވާމީ ކަނޑުގައި އެ ބޯޓަށް ހަމަލާ ދީފައިވައިރު، ބޯޓުގައި ތިބީ ތިން ފިރިހެނުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުން ފެށިގެން ދެމުން ގެންދާ މި ހަމަލާ ތަކަކީ، އެ މީހުން މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް އެނގިފައި ވީ ނަމަވެސް، ޤާނޫނާ ޚިލާފަށް ދެމުން އަންނަ ހަމަލާ ތަކެއް ކަމަށާއި، އެ މީހުން މަރަނީ ވެސް ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެމެރިކާ އިން ހަމަލާ ދިން ބޯޓު ތަކުން މަސްތުވާ ތަކެތި ވިއްކަމުން ދިޔަކަން ނުވަތަ، އެމެރިކާ އަށް ނުރައްކާވާ ކަމުގެ އެއްވެސް ހެއްކެއް އާންމު ކޮށްފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހެގްސެތު ވިދާޅުވެފައި ވަނީ، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ މީހުން ހޯދައި، އެ މީހުން މެރުމުގެ މަސައްކަތް އެމެރިކާ އިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހެގްސެތު ވަނީ ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ވެސް ހިއްސާ ކުރައްވައިފަ އެވެ. އެ ވީޑިއޯގައި ބޯޓަށް ހަމަލާ ދެވޭ ވަގުތާއި، އެއަށް ފަހު ބޯޓުން އަލިފާން ފެންނަ މަންޒަރު ވެސް ފެނެ އެވެ.

މި ހަމަލާތަކާ ގުޅިގެން އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން އދ ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ވިދާޅުވީ، އެ މީހުން މަރާލެވިފައި ވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާ ތަކެއްގައި ކަމަށެވެ. އެ ހަމަލާގެ ސަބަބުން އިންސާނީ ގޮތުން ވެސް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާކެރިބިއަންޕީޓް ހެގްސެތުވެނެޒުއޭލާމަސްތުވާތަކެތި ޓްރެފިކްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު