Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

މަނާ ބޭސްތަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

10 އޮކްޓޯބަރު 2025 | ހުކުރު 11:00

ސަފިކް 30 ދުވަހުގެ މުއްދަތަށް ބަންދަށް ލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޮކްޓޯބަރު 2025 | ހުކުރު 11:00
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

މަނާ ބޭސްތަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ ސަފިކް (40އ) އެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހުރި ކޮޓަރި ތެރެއިން ހާމައަށް މަނާ ބޭސްތަކަކާއި، ފޮއިލް ކޮޅަކާއި، އޭނާގެ ފޯނު މޭޒު މަތިން ފެނުނު ކަމަށާއި، މޭޒުގެ ދަމާވަތްގަނޑު ތެރެއިން ފެނުނު ސިގިރެޓް ފޮއްޓެއްގެ ތެރެއިން ގިނަ އަދަދެއްގެ މަޏާ ބޭސްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ ފަންގިފިލާގެ ސިޑިން އަރާއިރު ވާތްފަރާތު ދެވަނަ ކޮޓަރި ބަލާ ފާސްކުރި ކުރުމުން ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ހަރުމަތިން ނެގި ބާޒާރު ކޮތަޅެއްގެ ތެރެއިން ގިނަ އަދަދެއްގެ މަނާ ބޭސް ކަމަށް ޝައްކުކުރެވޭ ގުޅަތަކަކާއި 1 ރަބަރު ޕެކެޓް ފެނިފައިވާކަމަށާއި، އަދި މީނާގެ ކުޑަކަމުދާތަކެތި އެމްފިޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބަންދުގެ ބަޔާނުގެ ބުނެފައިވަނީ އޭނާ އަކީ އެތަނުގައި ދިރިއުޅޭ ފަރާތެއް ނޫން ކަމަށާއި އެތަނަށް ދިޔައީ ރޫމެއް ކުއްޔަން ނަގަން ކަމަށާއި، ނަމަވެސް އެތަނުގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން މަޑޫކޮށްފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ސްޕޮންސަރގެ ފަރާތުން އޭނާ ގެ ބަދަލުވާން މަސައްކަތް ކުރާކަން އެނގޭ ލިޔުމެއް ވެސް ފޮނުވާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް ފުލުހުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ބަޔާނުގައި އޭނާ އެތަނުން ކޮޓަރިއެއް ކުއްޔަށް ހިފާފައިވާކަން އެނގޭކަމަށް ބަޔާންކޮށްފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.

މި މީހާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ގަރީނާ ހުށަހެޅިފައިވާތީ ކަމަށް ބުނެފައިވެއެވެ. އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތް ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓްބަނގުރާއެމްފިޓަމިންމަސްތުވާތަކެތި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް