Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔުކްރެއިން ހަނގުރާމަ

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރާ ޚިލާފަށް، މިހާރުގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ރަޝިޔާ ގެ ކަންބޮޑުވުންތަކުގެ އަޑު އަހާ ކަމަށެވެ.

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭގޮތުން ރަޝިޔާއިން ދައްކަމުންދާ ވާހަކަތަކަށް ޓްރަމްޕްގެ އިދާރާއިން އަޑުއެހުން ދެމުންދާކަމަށް ޕުޓިން ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 01:59
ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޕުޓިން ވަަޑައިގަންނަވަނީ

ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޕުޓިން ވަަޑައިގަންނަވަނީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަންބޮޑުވުންތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕްގެ ސަރުކާރުން އަހަމުން ގެންދަވާ ކަމަށް، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު މަޝްވަރާތައް ކުރެވޭ ކަމަށާއި، އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ރަޝިޔާގެ އަޑު އަހާ ކަމަށެވެ. އަދި އެކަމުގައި ދެ ޤައުމުގެ ދެ މެދުަގައި އެއްބަސްވުމަކަށް ވާސިލުވެފައިވާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

އެ ދަތުރުފުޅުގެ ތެރެއިން ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރާ ޚިލާފަށް، މިހާރުގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ރަޝިޔާ އަށް ކަންފަތް ދީފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޕުޓިން ވިދާޅުވީ އެއްބަސްވުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި، ބިނާ ކުރަނިވި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ޕުޓިން މިފަދައިން ވާހަކަ ދައްކަވާފައި ވީ ނަމަވެސް، އެމެރިކާ އިން ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި ރަޝިޔާގެ ބައިވެރިވުން ކުޑަވުމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފަ އެވެ. އަދި ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ހުސްވި އޮގަސްޓު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ، އެލަސްކާ ގައި ޕުޓިން އާ އެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަވައިފަ އެވެ. ޓްރަމްޕްގެ އެންމެ ބޮޑު އަމާޒަކީ، ގާތް ގަނޑަަކަށް ތިން އަހަރު ދުވަހަށް ދެމިގެންދާ މި ހަނގުރާމަ ނިންމުމެވެ. ނަމަވެސް، މިހާތަަނަށް ޓްރަމްޕް ކުރައްވަމުން އައި މަސަައްކަތުގައި އަލި މަގެއް ފެނިފައި ނުވެ އެވެ.

ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޕުޓިން ވަނީ، ޔުކްރެއިން ހަނގުތާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުން ލިބިދާނެ ކަމުގެ އުންމީދު ފާޅު ކުރައްވައިފަ އެވެ. އަދި ޔުކްރެއިންގެ ސަލާމަތީ ގެރެންޓީތަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ވާސިލުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އުންމީދީ ވާހަކަ ތަކެއް ދެއްކެވި ނަމަވެސް، ޔުކްރެއިން އިން ނޭޓޯއާ ގުޅުމަކީ ރަޝިޔާ އިން ޤަބޫލު ކުރާނެ ކަމެއް ނޫން ކަމަށް، މީގެ ކުރިން ވެސް ވިދާޅުވެފައިވާ ވިދާޅުވުން ޕުޓިން ތަކުރާރު ކުރެއްވި އެވެ.

މަސްދަރު: ރޮއިޓާރސް

ވްލަޑިމިއަރ ޕުޓިންޑޮނަލްޑް ޓްރަމްޕްނޭޓޯރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު