Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމްނަޑު ދާއިރާގެ ބައި-އިލެކްޝަން

އީސީގެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުން ބައްދަލުނުކުރޭ

4 ފެބުރުއަރީ 2022 | ހުކުރު 20:50

އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެރެސްޓޯރެންޓަށް ވަދެ އެތަން ބެލިއިރު އެތަނުގައި އެފަދަ އަމަލެއް ނުހިނގާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ފެބުރުއަރީ 2022 | ހުކުރު 20:50
ފޯކައިދޫ ސަންސެޓް ރެސްޓޯރެންޓު ތެރޭގައި މީހުން އެއްވެފައި

ފޯކައިދޫ ސަންސެޓް ރެސްޓޯރެންޓު ތެރޭގައި މީހުން އެއްވެފައި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންސްގެ ކަންތައްތައް އިންތިޒާމުކުރުމަށް ށ.ފޯކައިދޫގައި ތިބި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ބައްދަލުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

ފޯކައިދޫގައި ތިބި އީސީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ބައްދަލުކޮށް އިންތިޚާބަށް ނުފޫޒުފޯރުވަން އުޅެކަމަށް އިދިކޮޅުން ވަނީ ބުރާސްފަތި ދުވަހުގެރޭ ތުހުއްމަތުކޮށްފައެވެ. އަދި މި ތުހުއްމަތުތަކާއެކު އިދިކޮޅުން ވަނީ އެސަރަހައްދުގައި ހަމަނުޖެހުން ހިންގާފައެވެ. އިދިކޮޅުން ތުހުއްމަތުކުރާ ގޮތުގައި ރ.އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހިމެނޭހެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފޯކައިދޫގެ ސަންސެޓް ރެސްޓޯރެންޓުގައި އީސީގެ މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ފޯކައިދޫގައި ހުރި މީހަކު ބުނީ އެފަދަ އެއްވެސް އަމަލެއް ހިނގާފައިނުވާ ކަމަށެވެ. އަދި މި ތުހުއްމަތުތަކާއެކު އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެރެސްޓޯރެންޓަށް ވަދެ އެތަން ބެލިއިރު އެތަނުގައި ބިގޭވެސް ނެތްކަމަށެވެ.

ފޯކައިދޫގައިތިބި އީސީގެ މެމްބަރުންގެ ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސާފައިވަނީ ސަންސެޓް ރެސްޓޯރެންޓުގައެއް ނޫނެވެ. އެމެމްބަރުންގެ ކެއިންބުއިމުގެ ކަންތައްތައް އެހެން ތަނެއްގައި ހަމަޖައްސާފައި ވާއިރު، އީސީގެ މެމްބަރުން އެރެސްޓޯރެންޓުގައިވެސް އެވަގުތު ނެތްކަމަށް ފޯކައިދޫން ރާއްޖެޓީވީއަށް މައުލޫމާތުދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އީސީގެ މެމްބަރުން ފޯކައިދޫގައި ހުންނަ ގެސްޓުހައުސްއަކީ އެމްޑީޕީގެ މެނޭޖުމެންޓެއް އޮންނަ ތަނެއްކަން ކުރީން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް އިދިކޮޅުން މިގޮތަށް ތުހުއްމަތުކުރަން ފެށުމުން، އެމެމްބަރުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ ފޯކައިދޫގައި އީސީގެ މެމްބަރުން ހުންނާނެ ތަނެއް ހަމަޖެއްސީ ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށް ހުރިހާ ޕާޓީއަކާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ތުހުއްމަތު ކުރާފަދަ އަމަލެއް އީސީގެ އެއްވެސް މެމްބަރަކު ނުކުރާނެކަމުގެ ޔަގީންކަންވެސް ފުއާދު ދެއްވިއެވެ.

އީސީގެ މެމްބަރުން ފޯކައިދޫގައި މިހާރު ތިބެނީ ސަންސެޓް ރެސްޓޯރެންޓާއި އިންވެގެން ހުންނަ ގެސްޓު ހައުސްގައެވެ.

އިލެކްޝަންސް ކޮމިޝަންށ.ފޯކައިދޫކޮމަންޑޫ ބައި އިލެކްޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް