Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ "ހާލު ކިހިނެއް؟"

"ހާލު ކިހިނެއް؟" ޕްރޮގްރާމް އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަދަދު ހާމައެއް ނުކުރި

28 އޮކްޓޯބަރު 2025 | އަންގާރަ 18:48

އިފްހާމް ވަނީ މިއީ ހަމައެކަނި ދޮރުމަތިން ހާލު ބަލާ ފޮޓޯ ނަގާ، ނަންބަރު އިތުރުކުރުމަށް ކުރާ މަަސައްކަތަކަށް ނުހެއްދެވުމަށް މިސަރުކާރަށް ގޮވާލާފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އޮކްޓޯބަރު 2025 | އަންގާރަ 18:48
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟ ޕްރޮގްރާމް

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟ ޕްރޮގްރާމް | މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ، "ހާލު ކިހިނެއް؟" ޕްރޮގްރާމް އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަދަދު ހާމައެއް ނުކުރި އެވެ.

މިކަން ހާމަވެފައިވަނީ އެމްޑީޕީ ސަރުކާރުގެ މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސެއިން، މިސަރުކާރުން ކުރިއަށް ގެންދާ، "ހާލު ކިހިނެއް؟" ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ހުށަހެޅި (އާރް.ޓީ.އައި) އަށް މިނިސްޓްރީން ދިން ޖަވާބުންނެވެ.

Advertisement - newsAdvertisement

އިފްހާމް ވަނީ އޭނާގެ އެކްސް އެކައުންޓުގައި މިނިސްޓްރީން ދިން ޖަވާބުން ފާހަގަކުރެވުނު ބައެއް މުހިންމު ނުކުތާތައް ހިއްސާކޮށްފަ އެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން ގިނަ ގޭބިސީތަކަށް ޒިޔާރަތްކުރި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވީ ނަމަވެސް، އެ ޕްރޮގްރާމުގެ ދަށުން ޒިޔާރަތްކުރި ރަށްރަށުގައި ދިރިއުޅޭ ޚާއްޞަ އެކި އެކި ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދު ހާމަކޮށްފަ އެއް ނުވެ އެވެ. މީގެ އިތުރުން، ޒިޔާރަތްކުރި ގޭބިސީތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރެވެމުންދާ ކަމަށް ބުނެފައިވީ ނަމަވެސް، މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވުނު އެއްވެސް ފަރާތެއްގެ އަދަދު ހާމަކޮށްދެވިފައެއް ނުވާ ކަމަށް އިފްހާމް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، މި ޕްރޮގްރާމުގެ ތެރެއިން އަލަށް ދެނެގަނެވުނު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ އަދަދާއި، ދާންމަތިވެފައިވާ ފަރާތްތަކުގެ އަދަދު ފަދަ މުހިންމު ތަފާސް ހިސާބުތައްވެސް ހާމަކޮށްފައި ނުވާ ކަމަށާއި މި އަދަދުތައް ހާމަ ނުކުރެވުމުން ފާހަގަވަނީ ވަކިވަކިން މި މަޢުލޫމާތުތައް މިނިސްޓްރީން ބަލާފައި ނުވާކަން ކަމަށް އިފްހާމް ވިދާޅުވި އެވެ.

ވަކިން ޚާއްޞަކޮށް، ދާއިމީކޮށް ބޭސްކާ މީހުންގެ މަޢުލޫމާތަކީ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތެއް ނޫން ކަމަށް މިނިސްޓްރީން ބުނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި "ހާލު ކިހިނެއް؟" ނަމުގައި ޕްރޮގްރާމެއް ހިންގާނަމަ، މި ޕްރޮގްރާމުގެ ތެރެއިންވެސް މި މަޢުލޫމާތު އެއްކޮށް، ކަމާ ގުޅުން ހުރި ފަރާތްތައް މެދުވެރިކޮށް މެދުކެނޑުމެއްނެތި މި ފަރާތްތަކަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމުގައި ދެކޭ ކަމަށް އިފްހާމް ވިދާޅުވި އެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން ވަކިވަކި ގޭބިސީތަކުން ފާހަގަކުރެވޭ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ޙާއްސަ އެކި އެކި ހާލަތުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަފްޞީލީ މަޢުލޫމާތު އެއްކޮށް، އެހީގެ އިސްކަންދޭންޖެހޭ ދާއިރާތައް ފާހަގަކޮށް، މި ފަރާތްތަކުގެ ހާލަތު ބަދަލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް.
އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސެއިން

އިފްހާމް ވަނީ މިއީ ހަމައެކަނި ދޮރުމަތިން ހާލު ބަލާ ފޮޓޯ ނަގާ، ނަންބަރު އިތުރުކުރުމަށް ކުރާ މަަސައްކަތަކަށް ނުހެއްދެވުމަށް މިސަރުކާރަށް ގޮވާލާފަ އެވެ.

އޮގަސްޓް މަހުގެ ނިޔަލަށް އެމިނިސްޓްރީ އިން ހާމަކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު، ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި، ހާލުބެލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ 16 އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު އޮޅުން ފިލުވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބޭސްފަރުވާ އަށް އޭހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުން ފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުންގެ ފަރާތުން ހުށައަޅާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.

ނަމަވެސް ފާހަގަކުރެވެނީ 2025 ވަނަ އަހަރުގެ ބިޔަ ބޮޑު ބަޖެޓަކީ ބޯހިޔާވަހިކަމަށް އޮތް ބަޖެޓެއް ކަމަށް ވިދާޅުވި ނަމަވެސް، އަހަރު ނިމިގެން ދިޔަ އިރުވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއު އެއް ފެއްޓިފައެއް ނުވެ އެވެ. އަދި ބޭސް ލިބުމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާއިރު، ރައްޔިތުން މިއަދު ވަނީ ބޭސް ސިޓީ އަށް ސަލާން ޖަހަން ޖެހޭ ހިސާބުގަ އެވެ. މިސަރުކާރު އައި ފަހުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެތައް ގޮތަކުން ފަހަތަށް ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެ އެވެ.

އިފްހާމް ހުސެއިންހާލު ކިހިނެއް ޕްރޮގްރާމްއިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

03 މެއި 2026

"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"

03 މެއި 2026
"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"
24 އެޕްރީލު 2026

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

24 އެޕްރީލު 2026
ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން
28 ޖެނުއަރީ 2026

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

28 ޖެނުއަރީ 2026
ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު
21 ޖެނުއަރީ 2026

ހާލު ކިހިނެއް: މި ސަރުކާރުން ދުވާފަރުގައި 16 ޕްރޮޖެކްޓެއްގެ ބިންގާ އެޅީ ރައްޔިތުން ގުނބޯ ހައްދަން

21 ޖެނުއަރީ 2026
ހާލު ކިހިނެއް: މި ސަރުކާރުން ދުވާފަރުގައި 16 ޕްރޮޖެކްޓެއްގެ ބިންގާ އެޅީ ރައްޔިތުން ގުނބޯ ހައްދަން
10 ޖެނުއަރީ 2026

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

10 ޖެނުއަރީ 2026
އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!
02 ޖެނުއަރީ 2026

ވެރިކަމުގައި މުއިއްޒު ހުރެގެން ރަނގަޅެއް ނުވާނެ، ކަކުލުގައި ރިއްސާތީ ދިން ބޭސް ވެސް ޖެހުނީ 1500 ރުފިޔާ އަށް ގަންނަން: އާއްމު މީހެއް

02 ޖެނުއަރީ 2026
ވެރިކަމުގައި މުއިއްޒު ހުރެގެން ރަނގަޅެއް ނުވާނެ، ކަކުލުގައި ރިއްސާތީ ދިން ބޭސް ވެސް ޖެހުނީ 1500 ރުފިޔާ އަށް ގަންނަން: އާއްމު މީހެއް
24 ނޮވެމްބަރު 2025

ސަރުކާރުގެ "ހާލު ކިހިނެއް" ޕްރޮގްރާމް: އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް!

24 ނޮވެމްބަރު 2025
ސަރުކާރުގެ "ހާލު ކިހިނެއް" ޕްރޮގްރާމް: އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް