Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

އީސީގެ އޮފިޝަލުން ތިބީ ހުރިހާ ފަރާތްތަކުން އެއްބަސްވި ތަނެއްގައި: ފުއާދު

ފޯކައިދޫގައި މިވަގުތު އީސީގެ 15 މެމްބަރުން އެބަތިބި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ފެބުރުއަރީ 2022 | ހުކުރު 23:15
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް

ކޮމަންޑޫ ދާއިރާގެ ބައި-އިލްކެޝަނުގެ ކަންތައްތައް އިންތިޒާމުކުރުމަށް ށ.ފޯކައިދޫއަށް ފޮނުވާފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ތިބީ އިދިކޮޅު ޕީޕީއެމްވެސް ހިމެނޭގޮތަށް ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، އެފަރާތްތަކުގެ އެއްވެސް މައްސަލައެއް ނެތުމުން ކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް ނުފޫޒުފޯރުވުމަށް އެމްޑީޕީގެ މެމްބަރުން މަސައްކަތްކުރާ ކަމަށްބުނެ އިދިކޮޅުން ހިންގި ހަމަނުޖެހުމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ފުއާދު ވިދާޅުވީ އީސީގެ މެމްބަރުން ފޯކައިދޫގައި ތިބޭނެ ތަނެއް ހަމަޖެއްސީ އެރަށަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުން ކަމަށެވެ. އަދި އެތަން ކަނޑައެޅުމުގެ ކުރިން އިދިކޮޅު ޕީޕީއެމްވެސް ހިމެނޭގޮތަށް ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި އެތަނަކީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތެއްގެ މެނޭޖުމެންޓެއް އޮންނަތަން އެނގިފައި ނުވާކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ އިދިކޮޅުން ކުރާ ތުހުއްމަތުތަކާއެކު އެއްވެސް ޕާޓީއެއްގެ މެމްބަރަކަށް ނިސްބަތްނުވާ ތަނަކަށް އީސީގެ މެމްބަރުން ބަދަލުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ. ސަބަބަކީ މަސްލަހަތައް ފުށުއަރާގޮތަށް އެއްވެސް ކަމެއް ކުރުމަށް ބޭނުންވާތީ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

މިކަމުގެ ތެރޭގައި އެއްވެސް ކަހަލަ ނުބައި ނިޔަތެއް ނެތްކަން ޔަގީންކުރައްވާ ފުއާދު ވިދާޅުވީ އީސީގެ މަޤްޞަދަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކުރިއަށް ގެންދިއުން ކަމަށެވެ.

އީސީގެ 15 އޮފިޝަލުން މިވަގުތު ފޯކައިދޫގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްފޮށްޓެއްގެ ހަތް މެމްބަރުންނާއި އަނެއް ފޮށީގެ އަށް މެމްބަރުންނެވެ. މި ފަރާތްތައް ފޯކައިދޫއަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރެއް ހާއިރުއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ތާއިދު ނުކުރާ ގެއަކުން މިހާތަނަށް އީސީގެ މެމްބަރުން ތިބުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އެހެންކަމުން ފުލުހުންގެ ފަރާތުން އީސީގެ މެމްބަރުންނަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހޮނިހިރު ދުވަހު އޮންނަ މި އިންތިޚާބަކީ 100 އިންސައްތަ އިންސާފުވެރި އިންތިޚާބެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، އިދިކޮޅުން ފާހަގަކުރާފަދަ އަމަލެއް އީސީގެ މެމްބަރުންގެ ފަރާތުން ނުފެންނާނެކަމުގެ އިތުބާރު އޮތްކަމަށް ފުއާދު ވިދާޅުވިއެވެ.

ފޯކައިދޫގައި ތިބި އީސީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ބައްދަލުކޮށް އިންތިޚާބަށް ނުފޫޒުފޯރުވަން އުޅެކަމަށް އިދިކޮޅުން ވަނީ ބުރާސްފަތި ދުވަހުގެރޭ ތުހުއްމަތުކޮށްފައެވެ. އަދި މި ތުހުއްމަތުތަކާއެކު އިދިކޮޅުން ވަނީ އެސަރަހައްދުގައި ހަމަނުޖެހުން ހިންގާފައެވެ. އިދިކޮޅުން ތުހުއްމަތުކުރާ ގޮތުގައި ރ.އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހިމެނޭހެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފޯކައިދޫގެ ސަންސެޓް ރެސްޓޯރެންޓުގައި އީސީގެ މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ފޯކައިދޫގައި ހުރި މީހަކު ބުނީ އެފަދަ އެއްވެސް އަމަލެއް ހިނގާފައިނުވާ ކަމަށެވެ. އަދި މި ތުހުއްމަތުތަކާއެކު އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެރެސްޓޯރެންޓަށް ވަދެ އެތަން ބެލިއިރު އެތަނުގައި ބިގޭވެސް ނެތްކަމަށެވެ.

ފޯކައިދޫގައިތިބި އީސީގެ މެމްބަރުންގެ ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސާފައިވަނީ ސަންސެޓް ރެސްޓޯރެންޓުގައެއް ނޫނެވެ. އެމެމްބަރުންގެ ކެއިންބުއިމުގެ ކަންތައްތައް އެހެން ތަނެއްގައި ހަމަޖައްސާފައި ވާއިރު، އީސީގެ މެމްބަރުން އެރެސްޓޯރެންޓުގައިވެސް އެވަގުތު ނެތްކަމަށް ފޯކައިދޫން ރާއްޖެޓީވީއަށް މައުލޫމާތުދިން މީހަކު ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންކޮމަންޑޫ ބައި އިލެކްޝަންށ.ފޯކައިދޫ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު