Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އިނގިރޭސި ޕްރިމިއާ ލީގު

ޕެލަސްގެ ކޯޗްކަމަށް ރޯއި ހޮޖްސަން އައްޔަނު ކޮށްފި

ރޯއި ހޮޖްސަންވަނީ މީގެ ކުރިން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 ސެޕްޓެމްބަރު 2017 | އަންގާރަ 13:25
ރޯއި ހޮޖްސަން

ރޯއި ހޮޖްސަން

އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ކޯޗު ކަމަށް ރޯއި ހޮޖްސަން އައްޔަނު ކޮށްފިއެވެ.

ހޮޖްސަން މި މަގާމަށް އައްޔަނު ކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގްގައި އެ ޓީމުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމާ ވިދިގެން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ހޮލެންޑްގެ ފްރޭންކް ޑިބޯ ކޯޗުކަމުގެ މަގާމުން ވަކިކުރުމުންނެވެ.

ފްރޭންކް ޑިބޯ ޕެލަސްގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމުގައި ހުރި ސޭމް އެލަޑައިސްއަށް ނަތީޖާ ނުނެރެވުމުގެ ސަބަބަން އޭނާ އެ މަގާމުން ދުރުކޮށް އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ޑިބޯއަށް ވެސް މި މަގާމުގައި ދެމިހުރެވޭ ގޮތް ވަނީ ނުވެފައެވެ.

ޕެލަސްއިން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއްނުވެއެވެ. އަދި އެ ޓީމަށް މިހާތަނަށް ކުޅުނު މެޗުތަކުގައި އެއްވެސް ގޯލެއް ވެސް ޖެހިފައެއްނުވެއެވެ. މިކަމުގެ ސަބަބުން އެ ޓީމުގެ މެނޭޖްމަންޓުން ވަނީ ޑިބޯ ކޯޗުކަމުގެ މަގާމުން ވަކިކޮށް ރޯއި ހޮޖްސަން އެ މަގާމަށް އައްޔަނު ކޮށްފައެވެ. ޑިބޯ ޕެލަސްގެ ކޯޗުކަމުގެ މަގާމުގައި ހުރީ އެންމެ 77 ދުވަހުއެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗުކަމާ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހޮޖްސަން ހަވާލުވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ލިވަޕޫލްއާ އިންޓަ މިލާނާ ވެސްޓް ބްރޮމްގެ އިތުރުން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

19 މެއި 2020

ފަރިތަކުރުންތަކަށް ނުކުންނަން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ދެކޮޅު ހަދައިފި

19 މެއި 2020
ފަރިތަކުރުންތަކަށް ނުކުންނަން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ދެކޮޅު ހަދައިފި
28 މާރިޗު 2019

ޔުނައިޓެޑްގެ މެނޭޖަރުގެ މަގާމު ސޮލްޝަޔާ އައްޔަނުކޮށްފި

28 މާރިޗު 2019
ޔުނައިޓެޑްގެ މެނޭޖަރުގެ މަގާމު ސޮލްޝަޔާ އައްޔަނުކޮށްފި
24 މެއި 2018

ނަޕޯލީގެ ކޯޗަކަށް އަންޗެލޯޓީ އައްޔަނުކޮށްފި

24 މެއި 2018
ނަޕޯލީގެ ކޯޗަކަށް އަންޗެލޯޓީ އައްޔަނުކޮށްފި
13 އެޕްރީލު 2018

ބަޔާންގެ ކޯޗުގެ މަގާމަށް ކޮވާޗް އައްޔަނުކޮށްފި

13 އެޕްރީލު 2018
ބަޔާންގެ ކޯޗުގެ މަގާމަށް ކޮވާޗް އައްޔަނުކޮށްފި
14 މާރިޗު 2018

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޕީޓަރ ސެގެޓް އައްޔަނު ކޮށްފި

14 މާރިޗު 2018
ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޕީޓަރ ސެގެޓް އައްޔަނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު