Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެހިކަލް ރަޖިސްޓްރީ

އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު

ޓްރާންސްޕޯޓު މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއް ގައި ބުނީ، ލުއިކޮށްދިނުމުގެ ގޮތުން ކޮށްދިން ކަމަކީ ގަރާޖާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ބައެއް ލިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހެދުން ކަމަށް.

ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 12:44
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރަމުންދާ ކާރުތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރަމުންދާ ކާރުތަކެއް

ކުރިއެކޭ ވެސް އެއްގޮތައް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން އަދިވެސް ގަރާޖު ޖާގަ އޮތުން ލާޒިމު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއް ގައި ބުނީ، ލުއިކޮށްދިނުމުގެ ގޮތުން ކޮށްދިން ކަމަކީ ގަރާޖާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ބައެއް ލިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހެދުން ކަމަށެވެ.

އެ ގޮތުން ގަރާޖާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލް ނުވަތަ ހައުސިންގ ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ، އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި މާލެ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީ އިން ދޫކުރާ ވެހިކަލް ގަރާޖު ޕާމިޓް އާއި ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑީ ހުށަހަޅަން އޮންނަ އޮތުން ބަދަލު ކޮށް 1 ޖަނަވަރީ 2026 އިން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑީ ކަމަށެވެ.

ޓްރާންސްޕޯޓުން ބުނީ މި ބަދަލު ގެނައީ، އިދާރީ ގޮތުން ގަރާޖު ކުރުމާ ގުޅޭ ކަންކަން ކަށަވަރު ކުރާނެ ގޮތްތައް ކަނޑައެޅުމުގައި ކުރިން ވަކި ދެ އިދާރާ އަކުން ވަކި ދެ ހުއްދަ ނަގަންޖެހޭ މައްސަލައިގައި ދިމާވާ ދަތިތައް ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން 2009 ވަނަ އަހަރު ގަރާޖު ލާޒިމު ކުރުމުގެ ކުރިން އަދި ކަނޑައެޅިގެން ވަކި ގަރާޖެއް ރަޖިސްޓަރީ ކޮށްފައި ނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވި އޮންނަ މައްސަލަ ގައި ޝަކުވާ ހުށަހަޅަމުންދާތީ، މިހާރުވެސް މާލޭ ޒޯނުގައި ރަޖިސްޓަރީ ކޮށްފައިވާ މިފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ހުށަހެޅުމަކާ ނުލައި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ގަރާޖާ ބެހޭ ގޮތުން ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާން
ގަރާޖާ ބެހޭ ގޮތުން ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާން

ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ، އުޅަދުފަހަރުގެ އަހަރީ ފީ ނުވަތަ ޖޫރިމަނާ ނުދައްކާ ހުރި ކަމުގައިވީނަމަވެސް، ރަޖިސްޓަރީ ކެންސަލްކުރެވޭނެ ގޮތް ހަދާފަ އެވެ. މީގެކުރިން، ދައްކަންޖެހޭ ހުރިހާ ފައިސާ އެއް ދައްކައި ނިމެންދެން ރަޖިސްޓްރީ ކެންސަލްކުރުމުގެ ފުރުސަތެއް ނޯވެ އެވެ. އެހެން ނަމަވެސް މިނިސްޓްރީން ބުނީ، ރަޖިސްޓްރީ ކެންސަލްކުރުމުގެ ހުއްދަ ދެވުނު ނަމަވެސް، ދައްކާފައިނުވާ އަހަރީ ފީ ނުވަތަ ޖޫރިމަނާ އުޅަނދުގެ ވެރިފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.

ވެހިކަލް ރަޖިސްޓްރީގަރާޖު ހުއްދަޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

23 ޑިސެމްބަރު 2025
ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

21 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު