Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
މުހައްމަދު ނަބީލް ނިޔާޒު

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

ދިވެހި ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ "ޕަރީ" ފިލްމަކީ ފަސް ގައުމުގެ ބަހުރުވައިން އުފައްދާ ޚާއްސަ ފިލްމެކެވެ. ޝީލާ ނަޖީބް، ރިޝްމީ ރަމީޒް އަދި އަލީ ސީޒަން ފަދަ މަޝްހޫރު ތަރިން ހިމެނޭ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައި އެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2025 | އަންގާރަ 14:32
ފިލްމް ޕަރީ - ޕޯސްޓަރ ޗެލެންޖް އިން އެއްވަނައަށް އައި މުހައްމަދު ނަބީލް ނިޔާޒު (ޓޯއި)

ފިލްމް ޕަރީ - ޕޯސްޓަރ ޗެލެންޖް އިން އެއްވަނައަށް އައި މުހައްމަދު ނަބީލް ނިޔާޒު (ޓޯއި)

ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި އެވެ.

ޕަރީގެ ޖަގަހައި ގައި ބޭއްވި ރަސްމިއްޔާތުގައި މި ޗެލެންޖުން އެއްވަނަ ހޯދި މުހައްމަދު ނަބީލް ނިޔާޒު (ޓޯއި) އަށް ފާއިސާގެ އިނާމް ހަވާލުކޮށްދީފައިވަނީ، ޕަރީ ޓީމުގެ ފަރާތުން މިފިމްލުގެ އެއް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ މޮޅު ފަސް ޕޯސްޓަރު ހޮވާ، އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާފައިވަނީ އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަރަށެވެ.

މިފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާއިރު މިހާރު ވަނީ މިފިލްމުގެ ޓީޒާ ލޯންޗްކޮށްފަ އެވެ. ގިނަ ބަޔަކު މިހާރުވެސް އިންތިޒާރު ކުރަމުންދާ މިފިލްމު ވެގެންދާނީ އަންނަ އަހަރު ސިނަމާއިން ފެންނާނެ އެންމެ މޮޅު ފިލްމަކަށެވެ.

މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވާއިރު، މިއީ ދިވެހި ސިނަމާ އަށް ތިން އަހަރަށް ފަހު ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

މިފިލްމުގެ ޓްރެއިލާ ޗޯންލް ކުރުމާއި، ޓިކެޓް ވިއްކުން މި ޑިސެމްބަރު މަހުގެ ތެރޭގައި ފައްޓާއިރު، މި ފިލްމް ވެގެންދާނީ ފަހުގެ ތާރީހުގައިދިވެހި ސިނަމާ އަށް އެންމެ ތަފާތު ބޮޑު ބިރުވެރި ފިލްމަށެވެ.

ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި ތިބީ ދިވެހިންގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނުންކަމަށް ވުމާއި އެކު މި ކާސްޓާއި އެކު ޕަރީ ފިލްމް ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެ އެވެ.

ޕަރީގެ ޓީމުން މިފިލްމުގެ ޕްރޮމޯޝަނަށް ގިނަ މަސައްކަތެއް ކުރަމުންދާއިރު، އެންމެ ފާހަގަކޮށްލެވުނީ މިހާތަނަށް ފިލްމެއްގެ ޕްރޮމޯޝަންގެ މަސައްކަތް ކުރުމަށްޓަކައި ތަފާތު ކަމެއް މިޓީމުން ކޮށްފައިވާ ކަމެވެ. އެގޮތުން ޖަގަހަ – ހައުސް އޮފް ޕަރީގެ ނަމުގައި ޖަގަހަ އެއް ހުޅުވާފައިވާއިރު، މިތަން ހުންނަނީ އޭޑީކޭ އުތުރު މަގު ގައި ކަމަށް ސީޒަން ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް ޖަގަހައެއް ހުޅުވީ ގިނަ އަދަދެއްގެ ފިލްމީ ތަރިންގެ ބައިވެރިވުމާއި އެކު އުފައްދާފައިވާ ފިލްމަކަށްވާއިރު، މިފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ކުރިއަށްދާ ދުވަސްވަރު އެންމެން އެއްތަނަކުން ބައްދަލުވެ، ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ފަސޭހަ ކަމާއި އެކު ކުރެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ސީޒަން ވިދާޅުވި އެވެ.

އަދި މިފިލްމުގެ ޕްރޮމޯޝަނަލް މެޓީއަރިއަލްތައް ވެސް މި ޖަގަހައިން ލިބެން ހުންނާނެ ކަމަށް ސީޒަން ވިދާޅުވި އެވެ.

ޕަރީއަލީ ސީޒަންމުހައްމަދު ނަބީލް ނިޔާޒު

ކޮމެންޓް

އިތުރަށް ކިޔާލަން

'ޕަރީ' ގެ ޓްރެއިލަރ ރިލީޒް ކުރުމަށް ކ. ހިންމަފުށީ ގައި ޕަރީ ފެސްޓިވަލް އެއް ބާއްވައިފި

'ޕަރީ' ގެ ޓްރެއިލަރ ރިލީޒް ކުރުމަށް ކ. ހިންމަފުށީ ގައި ޕަރީ ފެސްޓިވަލް އެއް ބާއްވައިފި

06 ޑިސެމްބަރު 2025
އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

05 ނޮވެމްބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު