Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްޕްރިޔަންކާ ޗޯޕްރާ - ނިކް ޖޯނަސ

ޕްރިޔަންކާއާއި ނިކް ޖޯނަސް: ގިނަ ގިނައިން އެކުގައި ފެންނަން ފަށައިފި، ރަށްޓެހި ވެގެންކަން ހާމަ ކުރަނީ؟

3 ޖޫން 2018 | އާދީއްތަ 05:53

ޕްރިޔަންކާއާއި ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ފެށިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 3 ޖޫން 2018 | އާދީއްތަ 05:53
ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް

ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް

ހޮލީވުޑްގައި އެންމެ ކާމިޔާބު ހޯދާފައިވާ އިންޑިއާގެ ސިނަމާއަށް ނިސްބަތްވާ ޕްރިޔަންކާ ޗޯޕްރާއާއި 'ޖޯނަސް ބްރަދަރސް' ބޭންޑްގެ ނިކް ޖޯނަސްއާ ރަށްޓެހިވެގެން އުޅޭ ވާހަކަ އަނެއްކާވެސް ފެތުރެން ފަށައިފިއެވެ.

ދެ މީހުން ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ފެށިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގައެވެ. އެއީ އެކުގައި މެޓް ގާލާއަށް ދިއުމަށް ފަހެވެ. ނަމަވެސް ދެ މީހުން ވެސް ވަނީ 'އެއީ އެކަހަލަ ކަމެއް ނޫން'ކަން ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މި ދެ މީހުންގެ ގުޅުމުގެ ވާހަކަ އަނެއްކާ ވެސް މިވަނީ ފެށިފައެވެ. އަދި ހޮލީވުޑްގެ 'ޕީޕަލް' ފަދަ މެގަޒިން ތަކުން ވަނީ މި ވާހަކަތައް ކަށަވަރު ކޮށްދީފައެވެ.

ރިޕޯޓްތަކުގައިވާ ގޮތުން، ނިމިގެން ދިޔަ ބުރާސްފަތި ދުވަހު ނިކްއާއި ޕްރިޔަންކާ އެކުގައި ވެސްޓް ހޮލީވުޑްގައި ހުންނަ ޓޯކާ މެޑެރާއިން ވަނީ ފެނިފައެވެ. 'ރޮމޭންޓިކް' ޑިނަރއެއްގައި ތިއްބައެވެ. އަދި އޭގެ ކުރީ ހަފްތާ ބަންދުގައި ވެސް ދެ މީހުން އެކީ ފެނިފައިވެއެވެ. އެގޮތުން، މޭ 25ގައި ދެ މީހުން އެކުގައި 'ބިއުޓީ އެންޑް ދަ ބީސްޓް'ގެ ލައިވް ކޮންސަޓެއް ބަލަން ގޮސްފައިވާ އިރު، ޖެހިގެން އައި ދުވަހު އެ މީހުން ވަނީ ލޮސް އެންޖެލެސް ޑޮޖަރސް ބޭސްބޯލް ގޭމެއް ބަލަން ގޮސްފައެވެ. އަދި ހޮލީވުޑްގެ ގިނަ ތަރިންނާ އެކު ދެ މީހުން ބޯޓެއްގައި 'ވަރަށް ކޯޒީ'ކޮށް ތިއްބާ ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމު ވެފައިވެއެވެ.

ޕްރިޔަންކާ އަދި ނިކް ވެސް މިހާރު ގުޅުން ސިއްރު ކުރަން މަސަައްކަތް ނުކުރާކަމަށް ދެ މީހުން އެކުގައި ފެނިފައިވާ ފަރާތްތަކުން ފާހަގަ ކުރެއެވެ. މީޑިއާ ތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ދެ މީހުން ފެންނަނީ 'އަތުގައި ހިފައިގެން ވަރަށް ލޯބިން އުޅޭތަނެ'ވެ. ނަމަވެސް ލޯބީގެ ގުޅުމާ ގުޅޭ ގޮތުން ދެ މީހުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕްރިޔަންކާއާއި ނިކް އެކުވެރިންނާ އެކު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

05 ނޮވެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި
27 އޮކްޓޯބަރު 2025

ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!

27 އޮކްޓޯބަރު 2025
ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް