Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްއަރުޖުންއާއި މެހެރް

އަރުޖުން ރާމްޕަލްއާއި އޭނާގެ އަންހެނުން ވަކިވެއްޖެ

އެދެމީހުން ވަކިވިކަން ހާމަކުރީ ނެރެފައިވާ ބަޔާނެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 މެއި 2018 | ހޯމަ 08:41
އަރުޖުންއާއި މެހެރް

އަރުޖުންއާއި މެހެރް

ކައިވެނިކޮށްގެން 20 އަހަރެއްހާ ދުވަހު އެކީގައި އުޅުމަށް ފަހު ބޮލީވުޑްގެ މަޝްހޫރު ބަތަލު އަރުޖުން ރާމްޕަލްއާއި އޭނާގެ އަންހެނުން މެހެރް ޖެސިކާ ވަކިވެއްޖެއެވެ.

ވަކިވިކަން ހާމަކޮށް ދެމީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެމީހުން އެކީގައި ހޭދަކޮށްފައިވަނީ އުފާވެރި ހަނދާނުން ނުފިލާވަރުގެ ދުވަސްތައް ކަމަށެވެ. އެހެން ނަމަވެސް ވަކިވާން ނިންމީ ދެމީހުން މިހާރު ދަތުރު ކުރަމުންދާ މަންޒިލަކީ ދެމަންޒިލަށްވުމުން ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި ވަކިވިކަމުގައި ވިއަސް ދަރިންގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެދެމީހުން ކައިވެނިކޮށްފައިވަނީ 1998 ވަނަ އަހަރުގައެވެ.

އަރުޖުން ރާމްޕަލް ،45 އާއި މެހެރް ޖެސިކާ47، އަށް ވަނީ ދެ އަންހެން ކުދިން ލިބިފައެވެ. އެއީ 16 އަހަރުގެ މަހިކާ އާ 13 އަހަރުގެ މީރާއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިންވެސް ވަނީ އަރުޖުންއާއި މެހެރް ވަރިވާން ކޯޓަށް ދިޔަ ކަމަށް އަޑުތައް ފެތުރިފައެވެ. އަދި މީޑިއާ ތަކުގައި އެޚަބަރު ވަރަށް ގަދައަށް ވެސް ފެތުރުނެވެ. އެހެން ނަމަވެސް އޭރު އެދެމީހުން އެކަން ދޮގު ކުރިއެވެ.

އަރުޖުންއާއި މެހެރް ވަކިވެފައިވަނީ ސީދާ ކޮށްސަބަބަކާ ގުޅިގެންކަން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

30 މެއި 2018

ސުނީތާގެ އުފަންދުވަހު އޭނާގެ އަޑުން މަދަހައެއް

30 މެއި 2018
ސުނީތާގެ އުފަންދުވަހު އޭނާގެ އަޑުން މަދަހައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު