Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ޕަރީ ފިލްމް

'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

ދިވެހި ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ "ޕަރީ" ފިލްމަކީ ފަސް ގައުމުގެ ބަހުރުވައިން އުފައްދާ ޚާއްސަ ފިލްމެކެވެ. ޝީލާ ނަޖީބް، ރިޝްމީ ރަމީޒް އަދި އަލީ ސީޒަން ފަދަ މަޝްހޫރު ތަރިން ހިމެނޭ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައި.

ޕަރީގެ ފަސް ޕޯސްޓަރު، ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 16:06
ޕަރީގެ ޕޯސްޓަރ ލޯންޗްކުރުން

ޕަރީގެ ޕޯސްޓަރ ލޯންޗްކުރުން

މުނިފޫހިފިލުވުމުގެ ދާއިރާގައި ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އަލީ ސީޒަންގެ، ސީޒަން އަލީ ޕްރޮޑަކްޝަން އިން ދިވެހިންނާއި ހަމައަށް ގެނެސްދޭ "ޕަރީ" ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި އެވެ.

ދަ ގާރޑަން ރެސްޓޯރަންޓްގައި ބުދަ ދުވަހުގެ ރޭ ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ސީޒަން ބުނީ މިފިލްމުގެ އެންމެ ތަފާތު ކަމަކީ، ފިލްމު ގެނެސްދީފައި ހުންނާނީ ފަސް ގައުމުގެ ފަސް ބަހުރުވައިން ކަމަށާއި، ގިނަ ބަޔަކު އެކުގައި މަސައްކަތްކޮށްގެން މޮޅު ފިލްމެއް އުފެއްދިފައިވާ ކަމަށެވެ.

ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް އޮގަސްޓް 27 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އެންމެ މޮޅު ފަސް ޕޯސްޓަރު ވަނީ ހޮވާފައެވެ. ޕަރީގެ ޓީމުން ޖަޖްކޮށްގެން ހޮވާ އެންމެ މޮޅު ފަސް ޕޯސްޓަރު، ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާފައިވާއިރު، އެއްވަނައަށް އަންނަ ޕޯސްޓަރަކަށް ހޮވާނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރެއް ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.

މިމުބާރާތުން އެއްވަނަ އަށް ހޮވޭ ޕޯސްޓަރަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.

މިމުބާރާތުން އެއްވަނަ އަށް އަންނަ ޕޯސްޓަރު އިއުލާން ކުރުމާއި އިނާމް ދިނުން އޮންނާނީ ޑިސެމްބަރު 1، 2025 ވަނަ ދުވަހު، ޕަރީ ފިލްމުގެ ރަސްމީ ޓްރެއިލާ ލޯންޗް ކުރާ ހަފްލާގައެވެ.

ސީޒަންގެ އިތުރުން އަހުމަދު އަހުސަން އަކީ ވެސް ފިލްމްގެ ޕްރޮޑިއުސަރއެވެ.

ފިލްމްގެ ޕްރޮޑަކްޝަންގެ ވާހަކަ އާއި ހިސާބުން ދިވެހިންގެ ޝައުގުވެރިކަން މިފިލްމަށް ވަނީ ދަމައިގަނެފައެވެ. މި ފިލްމް ވެގެންދާނީ ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ފިލްމަކަށެވެ.

އޭގެ ތެރެއިން އެއް ސަބަބަކީ މި ފިލްމަކީ ސީޒަން އާއި އަހުސަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވެފައި މިއީ ސީޒަން ޑައިރެކްޓް ކުރާ ފިލްމެއް ދިވެހި ސިނަމާ އަށް ތިން އަހަރަށް ފަހު ގެނެސްދޭ ފިލްމަށް ވުމެވެ.

ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި ތިބީ ދިވެހިންގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނުންކަމަށް ވުމާއި އެކު މި ކާސްޓާއި އެކު ޕަރީ ފިލްމް ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެއެވެ.

ޕަރީ ފިލްމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
ބެލުންތެރިންނަށް ޚާއްސަ ހަދިޔާއަކާއެކު "ލޯބިވެވިއްޖެ" ލޯންޗްކޮށްފި

ބެލުންތެރިންނަށް ޚާއްސަ ހަދިޔާއަކާއެކު "ލޯބިވެވިއްޖެ" ލޯންޗްކޮށްފި

04 މެއި 2023

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު