Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޭންގް ކުށްތައް

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް، އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން: ފުލުހުން

ގޭންގް ކުށްތައް މަދުކުރުމަށް އާ ޤާނޫނާއެކު ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އިސްވެރިޔާ ވިދާޅުވI. އާ ގޭންގް ޤާނޫނުގެ ދަށުން މިހާތަނަށް 7 މައްސަލަ ހުށަހަޅައި 11 މީހުން ހައްޔަރު ކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 14:45
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް ކަމަށާއި އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެެހެން ބުނެފައި ވަނީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އިސްވެރިޔާ، ސުޕްރިޑެންޓެންޓް އޮފް ޕޮލިސް، އިސްހާގް އާދަމް ވަނީ އާ ޤާނޫނާއި އެކު ގޭންގް ކުށްތައް މަދު ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ގޭންގް ކުށް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބައްޓަން ކުރެވިފައިވަނީ ޕްރޯއެކްޓިވްކޮށް ތަހުގީގީ މަސައްކަތްތައް އަދި ޕްރޯއެކްޓިވް ޕްރިވެންޓިވް މަސައްކަތުގެ މައްޗަށް ކަމަށެެވެ. މިހާރު ވެސް ފުލުހުންނަށް  ކުށް ކުރާ ގްރޫޕްތައް ހަރަކާތްތެރިވާ އަދި ކުށުގެ ރިކޯޑް އޮންނަ ފަރާތްތައް ޖަމާވާ ކަމަށް ފާހަގަކުރެވޭ ތަންތަން  24 ގަޑި އިރު ބަލާ ފާސްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.  ހަމައެހެންމެ  އިންޓެލިޖެންސް މައުލޫމާތުގެ އެހީގައި ފާހަގަ ކުރެވޭ ސޭފް ހައުސްތައް ކޯޓު އަމުރާއި އެކު ބަލާ ފާސްކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވަނީ ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފަ އެވެ. އާ ގޭންގް ޤާނޫނުގެ ދަށުން މިހާތަނަށް ހުށަހެޅީ ޖުމްލަ 7 މައްސަލަ އެވެ. އަދި 11 މީހުން ހައްޔަރު ކުރި އިރު ފުލުހުންގެ ބަންދުގައި  ތިބީ 2 މީހުންނެވެ. އަދި  2 މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށް ކޮށްފައިވާ މަސައްކަތްތައް
ގޭންގް ކުށްތައް ހުއްޓުވުމަށް ކޮށްފައިވާ މަސައްކަތްތައް

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެގެން ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ވެސް ކުށެކެވެ. އެ ޤާނޫނު ބުނާގޮތުން އެފަދަ ގްރޫޕެއް އުފައްދައިފި ނަމަ ނުވަތަ ހިންގައިފި ނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ހަމައެހެންމެ 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ. އެ ޤާނޫނު ބުނާ ގޮތުން މިބާވަތުގެ ކުށެއް ކުރަން އުޅެފި ނަމަ ނުވަތަ އެހީތެރިވެއްޖެ ހާލަތެއްގައި 18 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާ އާއި ދެމެދު ގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓްއިސްހާގް އާދަމްޕްރޮސެކިއުޓަރ ޖެނެރަލްގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއްގެ ބަންދަށް 15 ދުވަސް

ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއްގެ ބަންދަށް 15 ދުވަސް

28 ޑިސެމްބަރު 2025
ޅެމުން ފަރުވާ ދިނުމާއި މެދު ފުލުހުންނާއި އެކު މަޝްވަރާ ކުރި ކަމަށް ފުލުހުން ބުނިތާ 8 މަސް ފަހުން ވަޒީރު އެކަން ދޮގުކުރައްވައިފި، ވިދާޅުވީ އެ ވާހަކަ ފެނުނީ މީޑީއާ އިން ކަމަށް

ޅެމުން ފަރުވާ ދިނުމާއި މެދު ފުލުހުންނާއި އެކު މަޝްވަރާ ކުރި ކަމަށް ފުލުހުން ބުނިތާ 8 މަސް ފަހުން ވަޒީރު އެކަން ދޮގުކުރައްވައިފި، ވިދާޅުވީ އެ ވާހަކަ ފެނުނީ މީޑީއާ އިން ކަމަށް

27 ޑިސެމްބަރު 2025
ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލަ އެއް ބަލަނީ

ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލަ އެއް ބަލަނީ

27 ޑިސެމްބަރު 2025
އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން

އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން

27 ޑިސެމްބަރު 2025
ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި

26 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު