Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާ

އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަތުން ޗައިނާ އިން ދެކޮޅު ހަދައިފި

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ސޯމާލިއާގެ ސަރަޙައްދުތައް ބައިކުރުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅު ކަމަށާއި އެ ޤައުމުގެ މިނިވަންކަމަށް ފުރިހަމަ ތާއީދު ކުރާ ކަމަށް. ސޮމާލީލޭންޑް ވަކިވުމަށް ބޭރުގެ ބާރުތަކާ ގުޅިގެން ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ޗައިނާއިން ގޮވާލި.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 08:55
ޗައިނާގެ ގައުމީ ދިދަ

ޗައިނާގެ ގައުމީ ދިދަ

ޗައިނާއިން ސޯމާލިއާގެ ސަރަޙައްދުތައް ބައިކޮށްލަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅުކަމަށް، އެ ޤައުމުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފައިވެއެވެ. އިރުމަތީ އެފްރިކާގައި އޮންނަ ސޯމާލިއާ ގެ މިނިވަންކަމާއި، އެއްބައިވަންތަކަމާއި، ސަރަޙައްދީ ރައްކާތެރިކަމަށް ޗައިނާގެ ފުރިހަމަ ތާއީދު އޮތްކަން ވެސް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

"އެއްވެސް ޤައުމަކުން އެ ޤައުމެއްގެ އަމިއްލަ އެދުމަށްޓަކައި، އެހެން ޤައުމުތަކުގެ އެތެރޭގައި ވަކިވެގަންނަން މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ ނުވަތަ އެހީތެރިވެގެން ނުވާނެއެވެ." ޗައިނާގެ ބަޔާނުގައިވެ އެވެ.

މިކަން ހާމަކުރަމުން، މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސޮމާލީލޭންޑްގެ ކަމާބެހޭ ފަރާތްތަކުން، ބޭރުގެ ބާރުތަކާ ގުޅިގެން ވަކިވެގަތުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ވެސް ޗައިނާ އިން ގޮވައިލާ ކަމަށެވެ.

ސޮމާލީލޭންޑަކީ މިނިވަން އަދި ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ފުރަތަމަ ޤައުމަކަށް އިޒްރޭލު ވަނީ ވެފައިވެއެވެ. މި ގުޅުމުގެ ތެރެއިން، ދަނޑުވެރިކަމާއި، ޞިއްޙަތާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ދާއިރާތަކުން ސޮމާލީލޭންޑާއެކު  އެއްބާރުލުން ދޭނެ ކަމަށް އިޒްރޭލުން ވަނީ ހާމަކޮށްފައެވެ.

ސޯމާލިއާސޮމާލީލޭންޑްސޮމާލީލޭންޑް-އިޒްރޭލްލިން ޖިއާން

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2025

އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

28 ޑިސެމްބަރު 2025
އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ
27 ޑިސެމްބަރު 2025

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް
27 ޑިސެމްބަރު 2025

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
23 ޑިސެމްބަރު 2024

ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ

23 ޑިސެމްބަރު 2024
ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު