Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޯމާލިއާގެ ވެރިރަށުގައި ބޮން ގޮއްވުން

ސޯމާލިއާގެ ވެރިރަށުގައި ކާރެއްގައި ބޮމެއް ގޮއްވާލައި 20 މީހަކު މަރާލައިފި

މި ހާދިސާގައި 20 މީހަކު މަރުވެފައިވާ އިރު، 30 މީހަކު ޒަހަމްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 މާރިޗު 2021 | އާދީއްތަ 04:21
ސޯމާލިއާގެ ލުލް ޔެމެނީ ރެސްޓޯރެންޓް ކައިރީގައި ބޮން ގޮއްވާލައި ބައެއް އިމާރާތްތަކަށް ގެއްލުން ވެފައި

ސޯމާލިއާގެ ލުލް ޔެމެނީ ރެސްޓޯރެންޓް ކައިރީގައި ބޮން ގޮއްވާލައި ބައެއް އިމާރާތްތަކަށް ގެއްލުން ވެފައި

ސޯމާލިއާގެ ވެރިރަށުގައި ކާރެއްގައި ބޮމެއް ގޮއްވާލައި 20 މީހަކު މަރާލައިފިއެވެ.

ސޯމާލިއާގެ ވެރިރަށް މޮގަޑިޝޫގައި ހުކުރު ދުވަހުގެ ރޭ ގޮއްވާލި ބޮމުގެ ހާދިސާގައި 20 މީހަކު މިހާތަނަށް މަރުވެފައިވާ އިރު، އިތުރު 30 މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ގޮވާތަކެއްޗާއެކު ޕާކުކޮށްފައި އޮތް ކާރު ގޮއްވާލާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު، އެ ރަށުގެ ބަނދަރުމަތީ ސަރަހައްދުގައި ހުރި ލުލް ޔެމެނީ ރެސްޓޯރެންޓެއް ކައިރީގައެވެ. ބޮން ގޮއްވާލާފައިވަނީ ބަޑީގެ ހަމަލާތަކަށް ފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޮން ގޮއްވާލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުންވުމުގެ އިތުރުން، އެ ސަރަހައްދުގައި ހުރި ވިޔަފާރީގެ އެތައް މަރުކަޒަކަށް ވަނީ ގެއްލުން ވެފައެވެ. ބޮމުގެ ހަމަލާގައި ޒަހަމްވި 30 މީހުން ވަގުތުން ހޮސްޕިޓަލަށް ގެންދެވި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބޮން ގޮއްވާލި ސަރަހައްދުގައި ހުރި މީހަކާ ހަވާލާދީ ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން، ބޮން ގޮއްވާލުމާއެކު މުޅި ސަރަހައްދުގައި ހިރަފުސް ފެތުރިގެން ދިޔަކަމަށާއި، ބޮން ގޮއްވާލުމުގެ ކުރިން ބަޑީގެ އަޑުފައްގަނޑު ގަދަވި ކަމަށެވެ. އަދި ބޮން ގޮއްވާލުމާއެކު އެތާ ކައިރީގައި ހުރި އިމާރާތެއް ވެއްޓުނު ކަމަށެވެ. އަދި އެ އިމާރާތުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް-ޝަބާބުން ވަނީ ނަގާފައެވެ. މި ރެސްޓޯރެންޓް ކައިރީގައި ހުކުރު ދުވަހު ކާރެއްގައި ބޮމެއް ގޮއްވާލާފައިވާ އިރު، މިއީ 2020 ވަނަ އަހަރުން ފެށިގެން އެ ރެސްޓޯރެންޓް ކައިރީގައި ބޮމެއް ގޮއްވާލި ދެވަނަ ހާދިސާއެވެ. މޮގަޑިޝޫގައި ބޮން ގޮއްވާލަފައިވަނީ ސޯމާލިއާގެ ސިޔާސީ މަސްރަހު ވެސް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެގައުމުގެ ރިޔާސީ އިންތިހާބު ލަސްވުމާ ގުޅިގެން އެ ގައުމުގެ އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ. މިހާރު ވެރިކަމުގައި ހުންނެވި މުހައްމަދު އަބްދުއްﷲ ފަރމާޖޯސްގެ ރިޔާސީ ދައުރު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހަމަވެފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު އެގައުމުގައި ބާއްވާފައެއް ނުވެއެވެ.

ސޯމާލިއާގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ވެސް އެގައުމުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކައިރީގައި ވެސް ކާރު ބޮމެއް ގޮއްވާލާފައިވެއެވެ.

ޓެރަރިސްޓް ޖަމާއަތް އަލް-ޝަބާބުން މި ހާދިސާތަކުގެ ޒިންމާ ނަގާފައިވާ އިރު، އެ ޖަމާއަތުގެ ހަރުކަށި އަމަލުތަކާ ގުޅިގެން 2011 ވަނަ އަހަރު ސޯމާލިއާ އާއި އެފްރިކަން ޔުނިއަން ފޯސްގެ އެހީތެރިކަމާއެކު ވެރިރަށުން އެމީހުން ބޭލި ނަމަވެސް ދޭތެރެ ދޭތެރެއިން އެމީހުން އަންނަނީ ބޮން ގޮއްވައި ބަޑީގެ ހަމަލާތައް ދެމުންނެވެ.

ސޯމާލިއާކާރު ގޮއްވާލުން

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ

ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ

23 ޑިސެމްބަރު 2024
ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ކާމިޔާބު ކޮށްފި

ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ކާމިޔާބު ކޮށްފި

19 ނޮވެމްބަރު 2024
ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

23 ޖޫން 2024

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު