Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޮމާލީލޭންޑް

ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ކާމިޔާބު ކޮށްފި

"އިއްރޯ" އަށް ވޯޓުގެ 60 އިންސައްތަ އަށްވުރެ ގިނައިން ލިބިފައިވާއިރު، ސޮމާލީލޭންޑަށް ބައިނަލްއަޤްވާމީ ބަލައިގަތުން ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް އިންތިޚާބުގައި އޭނާވަނީ ވައުދުވެފައެވެ

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 13:17
ސޮމާލީލޭންޑުގެ އިދިކޮޅު ލީޑަރު އަބްދުއްރަހްމާން މުހައްމަދު އަބްދުﷲ

ސޮމާލީލޭންޑުގެ އިދިކޮޅު ލީޑަރު އަބްދުއްރަހްމާން މުހައްމަދު އަބްދުﷲ

ސޮމާލިޔާއިން ވަކިވެ އަމިއްލަ އަށް މިނިވަންކަން އިއުލާނު ކޮށްފައިވާ ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ޢަބްދުއްރަޙްމާން މުޙައްމަދު ޢަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.

ސޮމާލީލޭންޑްގެ ނެޝަނަލް އިލެކްޓޯރަލް ކޮމިޝަން (އެންއީސީ) އިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި، ވައްދާނީ ޕާޓީގެ "އިއްރޯ" ގެ ނަމުންވެސް މަޝްހޫރު ޢަބްދުﷲ އަށް ވޯޓުގެ ގާތްގަނޑަކަށް 64 އިންސައްތަ ލިބި، މިހާރުގެ ރައީސް، ކުލްމިޔޭ ޕާޓީގެ މޫސާ ބިހީ ޢަބްދީ ވަނީ އިންތިޚާބުން ބަލިވެފައެވެ.

ފައިސާގެ ދަތިކަމާއި އެހެނިހެން ސަބަބުތަކާ ހުރެ 2 އަހަރު ދުވަހަށް ފަސްވެގެން ދިޔަ އިންތިޚާބުގައި، ސޮމާލީލޭންޑްގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުން ވޯޓުލާފައިވަނީ މިދިޔަ ހަފްތާގައެވެ.

7 އަހަރު ވެރިކަން ކުރުމަށްފަހު ދެވަނަ ދައުރަކަށް ކުރިމަތިލާފައިވާ ޢަބްދީ އަށް ހޯއްދެވުނީ ވޯޓުގެ 35 އިންސައްތައެވެ.

ދެ ކެންޑިޑޭޓުންވެސް ކެމްޕޭނުގައި ވަނީ ނިކަމެތިވެފައިވާ އިޤްތިޞާދު ރަނގަޅުކުރުމަށާއި ސޮމާލީލޭންޑަށް ބައިނަލްއަޤްވާމީ ބަލައިގަތުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޢުދުވެފައެވެ.

1991 ވަނަ އަހަރު ސޮމާލިޔާ ހަނގުރާމައިގެ ތެރެއަށް ވެއްޓުނު އިރު މިނިވަންކަން އިޢުލާންކުރި ސޮމާލީލޭންޑް ވަނީ ސޮމާލިޔާ އާއި އަޅާ ބަލާއިރު ސިޔާސީ ގޮތުން ހަމަޖެހޭ މާޙައުލެއް ޤާއިމްކޮށްފައިކަން ފާހަގަ ކުރެވެއެވެ.

އަމިއްލައަށް މިނިވަންކަން އިޢުލާން ކޮށްފައިވާ މި ޖުމްހޫރިއްޔާގައި އަމިއްލަ ސަރުކާރަކާއި، ފައިސާގެ ނިޒާމަކާއި، ސަލާމަތީ އޮނިގަނޑެއް ޤާއިމްކޮށްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ އެއްވެސް ޤައުމަކުން މި ޖުމްހޫރިއްޔާ ބަލައިގަނެފައި ނުވާތީ، ފައިސާގެ މުއާމަލާތްތައް ކުރުމަށާއި އެތަނުގެ 6 މިލިއަން މީހުންނަށް ދަތުރުފަތުރު ކުރުމަށް ހުރަސްތައް ކުރިމަތިވެފައިވެއެވެ.

ސޮމާލީލޭންޑުން އުއްމީދުކުރަނީ އަލަށް އަންނަ ޓްރަމްޕްގެ ސަރުކާރުން އެތަނުގެ މިނިވަންކަން ބަލައިގަންނާނެ ކަމަށެވެ.

ރިޕަބްލިކަން ލީޑަރު ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ގައި އެފްރިކާ އާ ބެހޭ ސިޔާސަތު އެކުލަވާލުމުގައި މަސައްކަތް ކުރި އިސް އޮފިޝަލުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ސޮމާލީލޭންޑް ބަލައިގަތުމަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދު ފާޅުކޮށްފައެވެ.

ސޮމާލީލޭންޑްސޯމާލިއާއަބްދުއްރަހްމާން މުހައްމަދު އަބްދުﷲ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
23 ޑިސެމްބަރު 2024

ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ

23 ޑިސެމްބަރު 2024
ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ
23 ޖޫން 2024

ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

23 ޖޫން 2024
ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް
07 މާރިޗު 2021

ސޯމާލިއާގެ ވެރިރަށުގައި ކާރެއްގައި ބޮމެއް ގޮއްވާލައި 20 މީހަކު މަރާލައިފި

07 މާރިޗު 2021
ސޯމާލިއާގެ ވެރިރަށުގައި ކާރެއްގައި ބޮމެއް ގޮއްވާލައި 20 މީހަކު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު