Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޯމާލީލޭންޑް

އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

1991 ގައި މިނިވަންކަން އިޢުލާންކޮށްފައިވާ ސޯމާލީލޭންޑް ފުރަތަމަ ފަހަރަށް ބަލައިގަތް ދައުލަތަކަށް އިޒްރޭލް ވަނީ ވެފައި. އެއާއެކު މޮގަދިޝޫ، މިސްރު، ތުރުކީ، ޖީސީސީ އަދި އޯއައިސީން މިކަން ކުށްވެރިކޮށް ސޯމާލިއާގެ ސިޔާދަތަށް ދިން ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 01:43
ސޯމާލިއާގެ އުތުރުގެ މޮގަދިޝޫގައި އަލްޝަބާބުގެ ހަނގުރާމަވެރިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

ސޯމާލިއާގެ އުތުރުގެ މޮގަދިޝޫގައި އަލްޝަބާބުގެ ހަނގުރާމަވެރިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

އަމިއްލަ އަށް މިނިވަންކަން އިޢުލާނުކޮށްފައިވާ ސޯމާލީލޭންޑް އިޒްރޭލުން ބަލައިގަތުމާ ގުޅިގެން، އެ ސަރަހައްދުގެ ބައެއް ހިފުމަށް ނުވަތަ ބޭނުން ކުރުމަށް އިޒްރޭލުން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޯމާލިއާގެ އަލް-ޤައިދާ އާ ގުޅުންހުރި ހަނގުރާމަވެރި ޖަމާޢަތް، އަލް-ޝަބާބުން ހޮނިހިރު ދުވަހު ވަޢުދުވެއްޖެ އެވެ.

އަލް-ޝަބާބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުން ޤަބޫލެއް ނުކުރާނެ ކަމަށާއި، އަދި އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށެވެ.

އެ ޖަމާޢަތުގެ ތަރުޖަމާނު ޢަލީ ދީރީ އެ ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުން ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުން ހާމަވަނީ "ސޯމާލީ ސަރަހައްދުތަކުގެ ބައެއް ހިފުމަށް ނިންމާފައިވާކަމަށާއި" އެއީ "އުތުރު ހުޅަނގު ސަރަހައްދުގައިވާ މުރުތައްދު ސަރުކާރަށް އެހީތެރިވުމަށް" ކުރި ކަމެއް ކަމަށެވެ.

އިޒްރޭލުން ހުކުރު ދުވަހު ވަނީ ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަންނަ ކަމަށް އިޢުލާން ކޮށްފައެވެ. ސޯމާލީލޭންޑަކީ 1991 ވަނަ އަހަރު ސޯމާލިއާ އިން ވަކިވެ މިނިވަންކަން އިޢުލާންކޮށްފައިވާ ސަރަހައްދެކެވެ. މިއީ މިނިވަންކަން އިޢުލާންކޮށްފައިވާ މި ޖުމްހޫރިއްޔާ ބަލައިގަތް ފުރަތަމަ ފަހަރެވެ.

މޮގަދިޝޫ އިން ވަގުތުން މިކަމާ ދެކޮޅު ހަދާފައިވާއިރު، މިސްރު، ތުރުކީ، އަދި ހަ ޤައުމުގެ މައްޗަށް އެކުލެވޭ ގަލްފް ކޯޕަރޭޝަން ކައުންސިލް އަދި ސަޢޫދީގައި ގާއިމްކޮށްފައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ވެސް ވަނީ އިޒްރޭލުގެ މި ފިޔަވަޅު ކުށްވެރިކޮށްފައެވެ. އެފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ ސޯމާލިއާގެ ސިޔާދަތަށް "ޤަޞްދުގައި ދިން ހަމަލާއެއް" ގެ ގޮތުގައެވެ.

ސަރަހައްދު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ސޯމާލީލޭންޑް އާ ގާތް ގުޅުމެއް ބޭއްވުމުން އިޒްރޭލަށް ރަތްކަނޑަށް ފަސޭހައިން ވަދެވޭނެއެވެ.

މީގެ އިތުރުން، މީގެ މަސްތަކެއް ކުރިން ނެރެފައިވާ ނޫސް ރިޕޯޓުތަކުގައި ބުނެފައިވަނީ އިޒްރޭލުން ބޭރުކޮށްލާ ފަލަސްޠީނުގެ ރައްޔިތުންނަށް ޖާގަ ދިނުމަށް އެއްބަސްވި އެފްރިކާގެ މަދު ސަރަހައްދުތަކުގެ ތެރޭގައި ސޯމާލީލޭންޑް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ސޯމާލީލޭންޑްގެ ކަމާބެހޭ ފަރާތްތަކުންނާއި އިޒްރޭލުގެ ސަރުކާރުން މި ރިޕޯޓުތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސޯމާލީލޭންޑް އަކީ ފަރަންސޭސިވިލާތުގެ ތިންބައިކުޅަ އެއްބައި ވަރުގެ ސަރަހައްދެކެވެ. އަދި އެއީ ކުރިން ބްރިޓިޝް ސޯމާލީލޭންޑް ޕްރޮޓެކްޓަރޭޓްގެ ނަމުގައި އޮތް ސަރަހައްދާ ގާތްގަނޑަކަށް އެއްވަރުގެ ސަރަހައްދެކެވެ.

އެ ސަރަހައްދުގައި އަމިއްލަ ފައިސާ އާއި ސިފައިންނާއި ފުލުހުން ވެސް ޤާއިމުކޮށްފައިވެއެވެ. އަދި އަވަށްޓެރި ޤައުމުތަކާ އަޅާ ބަލާއިރު އެ ސަރަހައްދުގައި ހަމަޖެހުން ބޮޑުކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް، މިހާތަނަށް ސޯމާލީލޭންޑް ރަސްމީކޮށް އެއްވެސް ޤައުމަކުން ބަލައިގެންފައެއް ނުވެއެވެ. ޤައުމެއްގެ ގޮތުގައި ބަލައިނުގަތުމުގެ ސަބަބުން، އިންޑިއާ ކަނޑާއި ސުއޭޒް ކެނަލް ގުޅުވައިދޭ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް ވިޔަފާރީގެ މަގުގައި އޮތް ނަމަވެސް ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ސޯމާލީލޭންޑް އޮތީ އެކަހެރިވެފައެވެ.

ސޯމާލިއާ އިން އަލް-ޝަބާބާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ ގާތްގަނޑަކަށް 20 އަހަރު ވެފައިވާއިރު، މޮގަދިޝޫގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވީ ނަމަވެސް، ވެރިރަށުން 60 ކިލޯމީޓަރު ދުރުގައި އަދިވެސް ހަނގުރާމަ ހިނގަމުންދެއެވެ.

އިޒްރޭލް-ސޯމާލީލޭންޑްސޯމާލިއާމޮގަދިޝޫއަލް ޝަބާބްސޮމާލީލޭންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ

ފުވައްމުލަކު ބޭރުން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ތިން މީހަކު ފެނިއްޖެ

23 ޑިސެމްބަރު 2024
ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ކާމިޔާބު ކޮށްފި

ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ކާމިޔާބު ކޮށްފި

19 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު