Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނޭންސް މިނިސްޓްރީ

ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭން ކުރުމަށް ބޭރު ގެ ކޮންސަލްޓެންޓެއް ހޯދަނީ

ފިނޭންސް މިނިސްޓްރީން ސަރުކާރުގެ 20 އަހަރުގެ ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމަށް ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއް ހޯދަން އިއުލާނު ކޮށްފި އެވެ. މި ޕްލޭންގެ މަސައްކަތް މިހާރު ރާއްޖޭގެ ކުންފުންޏަކުން ކުރަމުން ދާއިރު، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ކުރެވޭތޯ ކަށަވަރު ކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ބައެއް ދަނީ ހޯދަމުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޑިސެމްބަރު 2025 | އާދީއްތަ 08:16
އައްޑޫ ގެ ހިއްކި ސަރަހައްދު

އައްޑޫ ގެ ހިއްކި ސަރަހައްދު

ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭން ކުރުމަށް ބޭރުގެ ކޮންސަލްޓެންޓެއް ހޯދަން ފަށައިފި އެވެ.

އެކަމަށްޓަކާ ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތަރައްގީ ގެ ސްޕެޝަލް ޕްލޭނިން ގެ ދަށުން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭނިން ހަދަން ބޭރު ބަޔަކު ހޯދަމުންދާ ކަމަށެވެ. އެ އިއުލާނުގައި ސަރުކާރުން އެކުލަވާލާ 20 އަހަރު ގެ ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް ކޮންސަލްޓެންޓެއް ހޯދާކަމަށް ބުނެފައި ވެ އެވެ. 

އެ ޕްލޭން އެކުލަވާލުމު ގެ މަސައްކަތަކީ މިހާރު ވެސް ރާއްޖޭގެ ކުންފުންޏަކުން ކުރަމުންދާ މަސައްކަތެކެވެ. މި ޕްލޭން ގެ މަސައްކަތަށް  ބޭރުގެ ބަޔަކު ހޯދަނީ، އެ ޕްލޭން އެކުލަވާލުމުގައި ބަައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަކަށް ކަންކަން ފެތޭކަން ކަށަވަރު ކުރުމެވެ. މީގެ އިތުރުން އެފަދަ ޕްލޭންތަކާއި ގުޅޭ ފަންނީ އެހީތެރިކަން ރާއްޖޭގެ ކުންފުންޏަށް ފޯރުކޮށްދިނުމަކީ ވެސް މި ކޮންސަލްޓެންޓް ހޯދުމުގެ މުހިންމު މަޤްސަދެކެވެ.

ފިނޭންސް މިނިސްޓްރީ އިން އެދިފައި ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ވަނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މިނިސްޓްރީ އޮފް ފިނޭންސުން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ފަރާތުން، ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްގީގެ ޕްލޭން ތައްޔާރުކުރުމަށް މަސައްކަތް ފެށީ ނިމިދިޔަ އަހަރެވެ.

މި މަސައްކަތު ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއް ޖޭގެ އަންނަން އޮތް 20 އަހަރަށް، ދެމެހެއްޓެނިވި ކުރިއެރުމާއި ފުދުންތެރިކަން ހޯދުމަށް، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށީގެ މުހިންމު ކަންކަން ހިމަނައިގެން، ފުރިހަމަ ޤައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭނުގައި، ޤައުމީ ތަރައްގީގެ ޕްލޭން ހާސިލުކުރުމަށް ފައްކާކޮށް ތަންފީޒުކުރުމާއި، ބެލެހެއްޓުމާއި، އަދި އަގުވަޒަންކުރުމުގެ ނިޒާމުތައް ހިމަނަންޖެހެ އެވެ.

ފިނޭންސް މިނިސްޓްރީކޮންސަލްޓެންޓް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު