Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލިއްޔަތު ކޮމިޓީ

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޤާނޫނުގެ 39 ވަނަ މާއްދާގެ ރ އުނިކުރުމަށް ކޮމިޓީން ނިންމާފައިވަނީ ރިޔާސީ ދައުރުގައި މާއްދާގައި ބަޔާންކުރާ ދެ އަހަރު ދުވަހުގެ މުއްދަތު ނެތުމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 15:32
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް - ފިސްކަލް ޒިންމާގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ޤާނޫނެއް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް - ފިސްކަލް ޒިންމާގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ޤާނޫނެއް

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނު މާލިއްޔަތު ކޮމިޓީ އިން ފާސްކޮށްފި އެވެ.

ކޮމިޓީ އިން ހުށަހަޅާފައިވާ ކަންކަމަށް ބަލާ އިރު ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) އުނިކުރުމަށް ވަނީ ހިމަނާފަ އެވެ.

Advertisement - newsAdvertisement

ޤާނޫނުގައި 39 ވަނަ މާއްދާ އޮތް ގޮތަކީ، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގައި އެފަދައިން ބަޔާންކޮށްފައި ވީ ނަމަވެސް މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރ އެކުލަވާލުމަށް ފަހު މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 2 އަހަރު ކުރިން އެ ޗާޓަރ އެ ޤާނޫނުގެ 17 ވަނަ މާއްދާގެ އިޖުރާއަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިސްލާހުކޮށް އަޕްޑޭޓް ކުރެވިދާނެ ކަމަށެވެ. މާލިއްޔަތު ކޮމިޓީ އިން ހުށަހަޅާފައިވާ އިސްލާހަކީ އެ މާއްދާ އުނިކުރުމެވެ.

އެ އިސްލާހު ގެންނަން ނިންމާފައިވާ ސަބަބެއް ކަަމަށް މާލިއްޔަތު ކޮމިޓީ އިން ބުނެފައި ވަނީ ފިސްކަލް ޒިންމާގެ ޗާޓަރ އެކުލަވާލާ އެ ޗާޓަރ ފާސްކޮށް ޝާއިއު ކުރަން ޖެހޭ މުއްދަތު އިތުރު ކުރުމުން، އަލުން ފިސްކަލް ޒިންމާގެ ޗާޓަރަށް އަމަލުކުރަން ފަށާ އިރު، ހިނގަމުންދާ ރިޔާސީ ދައުރުގައި އެ މާއްދާގައި ބަޔާންކުރާ ދެ އަހަރު ދުވަހުގެ މުއްދަތު ނެތުމެވެ.

އެ އިސްލާހު ފާސްކުރީ ހޮނިހިރު ދުވަހު މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ އިން ބުނީ ބިލު ދިރާސާކުރުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުގެ ބަހަށް ރިއާޔަތްކޮށްފައި ވާނެ ކަމަށެވެ. އެ ބިލަށް ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޚިޔާލު ހޯދާފައިވެ އެވެ.

ފިސްކަލް ޒިންމާގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ، މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު މަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން 2 އަހަރަށް ފަސްކުރުމަށް ހުށަހެޅީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ފިސްކަލް ޒިންމާގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ޤާނޫނެކެވެ. އެ ޤާނޫނަށް އަމަލުކުރަން ފެށީ ޖޫން މަހު އެވެ. އެ ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާތަނަށް ފުރިހަމަކޮށްފަ އެއް ނުވެ އެވެ.

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އިސްލާހު ހުށަހަޅުއްވާފައި ވަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށެވެ. އެ ޤާނޫނަށް ހުށަހަޅާފައިިވާ އިސްލާހަކީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމާއި، އެއަށް އަމަލުކުރަން ޖެހޭ މުއްދަތު ވެސް ދިގުދަންމާލުމެވެ. އިސްލާހު ހުށަހަޅާފައި ވަނީ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން ދެން އެ ޗާޓަރު އެކުލަވާލަން ޖެހޭނީ 3 ޑިސެމްބަރު 2026ގަ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނުފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ފިސްކަލް ޒިންމާ ގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފި

ފިސްކަލް ޒިންމާ ގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފި

02 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު