Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ. ތުޅާދޫ

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިން ޔުނިޓް ތައް ހަވާލުކުރުމުގެ މަސައްކަތް ތުޅާދޫ ކައުންސިލްގެ އަތުން އަތުލައި، އެ މަސައްކަތް ދެން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް ބުނެފައިވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 03:55
އެމްޑިޕީ ސަރުކާރުން ބ. ތުޅާދޫގައި އަޅާފަވާ 100 ހައުސިންގ ޔުނިޓް؛ ހައުސިން މިނިސްޓްރީ އިން ވަނީ މި ހައުސިން ޔުނިޓް ތައް ދޫކުރުމުގެ ޒިންމާތައް އެރަށު ކައުންސިލުން އަތުން ނަގާ، އެކަން މިނިސްޓްރީ އިން ކުރަން ނިންމާފަ

ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ލަސްވަނީ ކައުންސިލްގެ ސަބަބުން ކަމަށް ބުނެ ހައުސިން މިނިސްޓްރީން ނެރުނު ބަޔާނަކީ ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ މެދުގައި ކައުންސިލަށް އޮތް އިތުބާރު ގެއްލުވާލުމަށް ކުރި ކަމެއް ކަމަށް ތުޅާދޫ ކައުންސިލުން ބުނެފި އެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެމްޑީޕީ ސަރުކާރުން ބ. ތުޅާދޫގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ނޮވެމްބަރު 27 ވަނަ ދުވަހު ނެރުނު ބަޔާނަކީ ސަރުކާރުގެ ވުޒާރާތަކުން ތުޅާދޫ ކައުންސިލަށް ދުއްތުރާކުރުމަށް ސިލްސިލާގޮތެއްގައި ހިންގަމުން އަންނަ ހަރަކާތްތަކަށް އިތުރުކުރި ބޮޅެއް ކަމަށް ވެސް އެ ކައުންސިލުން ދެކެ އެވެ.

Advertisement - newsAdvertisement

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ހައްގުވެރިންނާ ހަވާލުކުރުން ލަސްވަނީ ތުޅާދޫ ކައުންސިލްގެ ފަރާތުން އެކަމުގައި މިނިސްޓްރީއަށް ދޭންޖެހޭ އެއްވެސް އެއްބާރުލުމެއް ނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި ފްލެޓްތައް ހަވާލުކުރުން ލަސްކުރަން ތުޅާދޫ ކައުންސިލުން މަސައްކަތްކުރާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ތުހުމަތު ކޮށްފައިވެ އެވެ. އެހެންކަމުން ތުޅާދޫގައި އަޅާފައިވާ 100 ހައުސިން ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް ތުޅާދޫ ކައުންސިލްގެ އަތުން އަތުލައި، އެ މަސައްކަތް ދެން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީގެ ތުހުމަތުތައް ދޮގުކޮށް ތުޅާދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ކައުންސިލުން ހުޅުވާލީ 10 ނޮވެމްބަރު 2021 ގައި ހައުސިން މިނިސްޓްރީން ކައުންސިލަށް އެކަން އެންގުމުން ކަމަށެވެ. އަދި ޔުނިޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެ އުސޫލު ވެސް ކަނޑައެޅީ މިނިސްޓްރީން ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

އެ އުސޫލަށް ދެ ފަހަރެއްގެ މަތިން އިސްލާހު ގެނެސްފައިވަނީ، އުސޫލުތަކަށް ކޮމެންޓް ކުރުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން އުސޫލަށް ގެންނަން ފެންނަ އިސްލާހުތައް މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން ކަމަށް ތުޅާދޫ ކައުންސިލުން ބުނެފައިވެ އެވެ.

 މި 100 ހައުސިން ޔުނިޓަކީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއް
މި 100 ހައުސިން ޔުނިޓަކީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއް

އިސްލާހު ކުރެވުނު އުސޫލުތައް އާންމުކޮށް، މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ފޯމްތައް ދެ ފަހަރެއްގެ މަތިން އިވެލުއޭޓް ކޮށްފައިވާނެ ކަމަށާއި، އަދި ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ދެ ފަހަރެއްގެ މަތިން އާންމުކޮށް ދާއިމީ ލިސްޓް ވެސް އާންމުކޮށްފައިވާނެކަމަށް ތުޅާދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ހައުސިން މިނިސްޓްރީން 29 ސެޕްޓެމްބަރު 2025 ގައި ތުޅާދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ކުރިޔަސް ގެންގޮސް ސޮއިކުރުމާ ހަމައަށް ދެވުނުކަމަށް ވެސް ތުޅާދޫ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ރައްޔިތުން އަދި ކައުންސިލުން އެދިގެން ޕޮއިންޓް ދޭ އުސޫލަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހަޅަން ފެށުމުން، ފްލެޓްތަކުގެ އިވެލުއޭޝަން މަސައްކަތް ހުއްޓި މިއަދާ ހަމައަށް ވެސް ހައުސިން ޔުނިޓްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރެވިފައި ނުވާކަން ތުޅާދޫ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކަން މިހެން އޮތް އިރު، މިހާރުގެ ހައުސިން މިނިސްޓްރީން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލުމަށް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ތުޅާދޫ ކައުންސިލުން ބުނެފައިވެ އެވެ. އަދި ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ތުޅާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭކަމަށް ބުނެ ހައުސިން މިނިސްޓްރީން ހައްދަވަނީ ކަނޑައެޅިގެން ބުހުތާނު ގޮތެއް ކަމަށް ތުޅާދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތުޅާދޫ ކައުންސިލުން ވަނީ އެރަށުގައި އަޅާފައިވާ 100 ހައުސިން ޔުނިޓްތައް ވީ އެންމެ އަވަހަށް އޭގެ ހައްގުވެރިންނަށް ލިބިދިނުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި ކައުންސިލުން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ހައުސިން މިނިސްޓްރީއަށް ދެއްވާފަ އެވެ. އަދި މިނިސްޓްރީގެ އިހުލާސްތެރިކަމެއް ހުރިނަމަ، އުސޫލާ އެއްގޮތަށް ތުޅާދޫ ކައުންސިލްގެ ފަރާތުން އާންމުކޮށްފައިވާ ދާއިމީ ލިސްޓާ އެއްގޮތަށް، ހައްގުވެރި ފަރާތްތަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ތުޅާދޫ ކައުންސިލުން ވަނީ މިނިސްޓްރީއަށް ގޮވާލައްވާފަ އެވެ.

މި 100 ހައުސިން ޔުނިޓަކީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 ގައި މި މަޝްރޫއު ނިންމައި ކައުންސިލާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް، މި ސަރުކާރުން އޮތީ ކައުންސިލާއި މިކަމުގެ ލިޔެކިޔުން ހަވާލު ނުކޮށެވެ.

3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 87 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެނެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިން ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.

ހައުސިންގް މިނިސްޓްރީތުޅާދޫ ކައުންސިލްބޯހިޔާވަހިކަންބ.ތުޅާދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު