Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް ޝަބާބު އަތުން އަލް އިއްތިހާދު ބަލިވެއްޖެ

ބައްޔާއެކު ލީގު ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު އަލް އިއްތިހާދުން ވަނީ ނަގާލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2023 | ހޮނިހިރު 05:55
އަލް އިއްތިހާދާއި އަލް ޝަބާބް ކުޅުނު މެޗުގެ ތެރެއިން

އަލް އިއްތިހާދާއި އަލް ޝަބާބް ކުޅުނު މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުން އަލް އިއްތިހާދު ބަލިވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އަލް އިއްތިހާދު ބަލިވީ 1-0 އިންނެވެ. ސީޒަން ފެށުނު ކޮޅު އަލް އިއްތިހާދުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް، މިހާރު އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އަލް ޝަބާބުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކާލޯސް އެވެ. އޭގެ ފަހުން ވެސް އެ ޓީމަށް ލީޑު ފުޅާ ކުރުމަށް ވަނީ ފުރުސަތު ލިބިފަ އެވެ. އަނެއްކޮޅުން އަލް އިއްތިހާދަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާ އަށް ވަނީ ދެ ފުރުސަތެއް ލިބިފަ އެވެ. ހަމައެއާއެކު އެ ޓީމުގެ ފޯވާޑް ހަމަދުއްﷲ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

ބައްޔާއެކު ލީގު ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު އަލް އިއްތިހާދުން ވަނީ ނަގާލައިފަ އެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެ ޓީމަށް ލިބެނީ 21 ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. އަލް އިއްތިހާދު އަތުން މޮޅުވި އަލް ޝަބާބް އޮތީ 15 ޕޮއިންޓާއެކު ނުވަ ވަނައިގަ އެވެ.

ސައުދީ ޕްރޯ ލީގުއަލް އިއްތިހާދުއަލް ޝަބާބް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
28 ޖެނުއަރީ 2025

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު