Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ާމާރިޔާ އަހުމަދު ދީދީ

މިއަދުގެ ހާލަތަކީ އަސާސީ ބޭސް ހޯދަން ބޭނުންވާ މީހާ ވެސް މެންބަރު ކައިރިއަށް ގޮސް ސަލާން ޖަހަން ޖެހުން: މާރިޔާ

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރަށް އެއްވެސް ކަމެއް ހައްލުވާ މަންޒަރު ނުފެންނަ ކަމަށް. އެގޮތުން އާސަންދަ ނުލިބޭ ވާހަކައާއި ބޭސް ނުލިބޭ ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ފުރިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 14:54
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ

މިއަދު ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރަކީ އެންމެ އަސާސީ ބޭސް ހޯދަން ވެސް ރައްޔިތުންގެ މަޖިލިސް މެންބަރުން ކައިރިއަށް ދާން ޖެހުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރަށް އެއްވެސް ކަމެއް ހައްލުވާ މަންޒަރު ނުފެންނަ ކަމަށެވެ. އެގޮތުން އާސަންދަ ނުލިބޭ ވާހަކައާއި ބޭސް ނުލިބޭ ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ފުރިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިއަދު އެންމެ އަސާސީ ބޭސް ހޯދަން ވެސް އެކި މީހުންގެ ގާތަށް ދާން ޖެހިފައިވާ ވާހަކަ ވެސް މީހުން ދައްކަނީ މަދުން ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

އެއްވެސް ކަމެއް ހައްލު ކުރެވޭ ތަނެއް ނުފެނޭ. އާސަންދަ ވެސް ނުލިބޭ ވާހަކަ މީހުން ދައްކަނީ. ގައިމު ވެސް ބޭސްތައް ވެސް ނުލިބޭ. ހަމަ ގިނައީ ގަންނަން ޖެހޭ ބޭހޭ ގިނައީ މީހުން ބުނަނީ. އެހެންވީމަ މިގޮތަށް ދިގު މުއްދަތަކަށް ބޭސް ކުރާ މީހުން، ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުން އާދޭސް ކުރަން ޖެހޭ  ވާހަކަ ހަމަ ނުދައްކައެއް މީހުން ނުތިބޭ. ވަރަށް ގިނަ ފަހަރަށް ހަމަ ކޮިިންމެ މީހަކު ވެސް ހަމަ މެންބަރު ކައިރިއަށް ގޮސް، އެހެން މީހެއް ކާރިއަށް ގޮސް ގެން. ފޭސްބުކް އެއްޗެހި ބަލާލިއަސް އެކި ފަންޑުތައް ހަދައިގެން މީނައަށް އެހީ ވާށޭ އޭނަ އަށް އެހީ ވާށޭ ކިޔައިގެން މުޅިން އެ އޮންނަނީ. އާސަންދަ ލިބޭނަމަ އަޅުގަނޑަށް ޔަގީން އަބަދު އަބަދު އެހެން ކިޔަމުން ނުދާނެ ކަން، 
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެކި ފަހަރު މަތިން ކުއްލި މައްސަލައިގެ އިތުރުން ގަރާރު ވެސް ހުށަހަޅާފައި ވެ އެވެ. 

ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ކެނޑިނޭޅި ކުރަމުން ދާއިރު މީގެ ކުރިން އާސަންދަ އިން ލިބެމުން ދިއަ ބޭސްތައް ދިނުން އާސަންދަ އިން ހުއްޓާލި ފަހުން ފާމަސީތަކުން އަމިއްލަ އަށް ގަންނަން ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ވެސް އެ ބޭސްތައް ގަންނަން ނުލިބޭ ކަން ރައްޔިތުން ފާހަގަ ކުރަމުންދެ އެވެ. 

 ބޭސް ނެގުމަށް އެތައް ފާމަސީއަށް ގޮސްގެން ވެސް ބޭސް ހަމަނުވާ ކަމުގެ ޝަކުވާ އާއި މުހިންމު އެތައް ބޭހެއް އެއްގޮތަކަށް ވެސް ނުލިބޭކަމުގެ ޝަކުވާ ވެސް ރައްޔިތުން ދަނީ ކުރަމުންނެވެ. 

ބޭސް ލިބުން ދަތިވުމުގެ ސަބަބުން ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނާއި، ދާއިމީ ބަލިތަކާއި، ނަފްސާނީ ބަލިތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނަށް ދޭ ޚާއްސަ ބޭސްތައް ހުސްވެފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވެސް ރައްޔިތުން ދަނީ ބުނަމުންނެވެ. 

މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އާސަންދަ އިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައި ނުވާނެ ކަމަށާ ޑޮކްޓަރުން ބައެއް ފަހަރު ލިޔުއްވާ ވަކި ކަހަލަ ބްރޭންޑެއްގެ ބޭސް ނުލިބުމުގެ ހާލަތްތައް ދިމާވާ ކަމަށެވެ. 

އެކަން ދިމާވަނީ ވަކި ބްރޭންޑެއްގެ ބޭހެއް ހޯދަން އުޅޭތީ ކަމަށާ އެކަން ވެސް މަދު ކުރަން މަސައްކަތް ކުރަމުން ދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ާމާރިޔާ އަހުމަދު ދީދީ ބޭސް ނުލިބުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

24 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2025
އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

23 ސެޕްޓެމްބަރު 2025
ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

28 ޖޫން 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު