Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނުއަސާސީގެ ދިފާއުގައި

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް މަޖިލީހަށާއި، ރައީސް މުއިއްޒަށް އަންގާ އަމުރުކޮށް ޕެޓިޝަނެއް ހުށަހަޅައިފި

އަންގާރަ ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕެޓިޝަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 16:41
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް މަޖިލީހަށާއި، ރައީސް މުއިއްޒަށް އަންގާ އަމުރުކޮށް މާރިޔާ ޕެޓިޝަނެއް ހުށަހަޅުއްވަނީ

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް މަޖިލީހަށާއި، ރައީސް މުއިއްޒަށް އަންގާ އަމުރުކޮށް މާރިޔާ ޕެޓިޝަނެއް ހުށަހަޅުއްވަނީ

ޤާނޫނުއަސާސީ އަށް ގެނެސްފައިވާ ބަދަލު ބާތިލް ކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ހިނގައިދާނެ ހަމަ އެއްވެސް ކަމެއް ނުކުރުމަށް މަޖިލީހަށާއި، ރައީސް މުއިއްޒަށް އަންގާ އަމުރުކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕެޓިޝަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއެވެ. އެ ޕެޓިޝަނަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ބާރު ކެނޑޭގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް އަންގައި ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ރައްޔިތުން ކުރާ އަމުރުގެ ނަމުގައި ހުށަހެޅި ޕެޓިޝަނެކެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވި އެ ޕެޓިޝަން ހުށަހަޅަން ނިންމެވީ އެފަދަ ޕެޓިޝަނެއް އެމްޑީޕީން ހުށަހަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީއެވެ. އެ ޕެޓިޝަން ހުށަހެޅީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި އުންމީދަކީ ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަންގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ދަނޑިވަޅުގައި އެކަމާއި ދެކޮޅަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ހުށަހެޅުއްވި ޕެޓިޝަނުގައި ފާހަގަކޮށްފައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އަދި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމަށް ވީ ހިނދު ދައުލަތުގެ 3 ބާރުގެ ތެރެއިން، ގާނޫނު ހަދާ ބާރަށް މަންދޫބުން އިންތިހާބުކޮށް، ދައުލަތް ހިންގުމުގެ އިޖުރާއަތުގައި ބައިވެރިވުމަކީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިގެންވާ ބާރެއްކަމަށްވެސް އެ ޕެޓިޝަންގައި ވަނީ ބަޔާންކޮށްފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ރައްޔިތުން އެއްބަސްވެފައި އޮތީ ރިޔާސީ ނިޒާމަކަށް ކަމަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލާފައި އޮތީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށްކަމަށް ވީހިނދު؛ ރައްޔިތުންގެ ހިޔާލެއް ނުހޯދާ ޤާނޫނުއަސާސީ އަށް އެ އިސްލާހު ގެނައިކަން އެ ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ގާނޫނުއަސާސީއަށް މި ގެނައި ބަދަލަކީ އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވެ، ރައްޔިތުން ނިންމި ނިންމުން ރޫޅިގެންދާފަދަ ބަދަލެއް ކަަމަށް މާރިޔާ ވަނީ އެ ޕެޓިޝަންގައި ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން، އެ މެންބަރުންގެ މަސައްކަތުގެ އަސާސް ބިނާކުރަން ޖެހެނީ މުޅި ގައުމުގެ މަސްލަތަށްކަމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައި އޮތްހިނދު، އެ މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީން ބޭނުންވާ ގޮތަށް އަމަލުކުރުން މަޖުބޫރުކުރުވުމަކީ އެ މާއްދާއާ ހިލާފުކަމަކަށް ވެސް އެ ޕެޓިޝަންގައި ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް އެ ޕެޓިޝަންގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޖިލީހުގައި ދެއްކި ވާހަކައެއްގެ ސަބަބުން ނުވަތަ ވޯޓުދިން ގޮތެއްގެ ސަބަބުން އެ މެންބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނޭކަމަށް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އެހެންކަމަށް ވުމާއި އެކު މެންބަރުން ވޯޓުދޭ ގޮތެއްގެ ސަބަބުން ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން އެ މެންބަރެއްގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފު ކަމެއް ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ވިދާޅުވެފައެވެ.

އެ ޕެޓިޝަންގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ ރުހުމެއްނެތި ގާނޫނުއަސާސީއަށް މި ގެނައި ބަދަލު ބާތިލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ބާރުވެރިކަން ނިގުޅިގެން ހިނގައިދާނޭފަދަ ހަމަ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން އައުދާނަކަމާއި ބާރުވެރިކަން ލިބި ތިބި ރައްޔިތުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަންދޫބުންނަށާއި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ދިވެހިރައްޔިތުން މަތިކޮށްފައިވާ ރައްޔިތުންގެ ހާދިމު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަންގައި އަމުރުކުރާ ކަމަށް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ.

ާމާރިޔާ އަހުމަދު ދީދީ ގާނޫނު އަސާސީގެ ދިފާއުގައިއެމްޑީޕީ ގައުމީ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2025
އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

23 ސެޕްޓެމްބަރު 2025
ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

28 ޖޫން 2025
ވަކިވަކިން މުޒާހަރާނުކޮށް އެންމެން އެކުގައި ނުކުމެ މި އަނިޔާވެރިކަން ނިންމުމަށް ފިއްޓޭ އެދިވަޑައިގެންފި

ވަކިވަކިން މުޒާހަރާނުކޮށް އެންމެން އެކުގައި ނުކުމެ މި އަނިޔާވެރިކަން ނިންމުމަށް ފިއްޓޭ އެދިވަޑައިގެންފި

02 މެއި 2025
ރައީސް މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން: މާރިޔާ

ރައީސް މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން: މާރިޔާ

15 އެޕްރީލު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު