Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފެހުން

މި ސަރުކާރުން މަސައްކަތް ކުރަނީ ނެތް ބާރެއް ބޭނުންކޮށް މުޅި ނިޒާމު ހަލާކުކޮށްލުމަށް: މާރިޔާ

މި ސަރުކާރު މިހާރު މިދަނީ ވަރަށް ބޮޑަށް އަނިޔާވެރިކަމާ ދިމާލަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 01:20
އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ

އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ

މިސަރުކާރުން ރައްޔިތުންނަށް އިހުތިރާމް ނުކުރާ ކަމަށާއި، ނެތް ބާރެއް ބޭނުންކޮށް މުޅި ރިޔާސީ ނިޒާމު ހަލާކުކޮށްލުމަށް މަސައްކަތް ކުރާ ކަަމަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ ދިފާއުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި މާރިޔާ ވިދާޅުވީ މިސަރުކާރު މިހާރު މިދަނީ ވަރަށް ބޮޑަށް އަނިޔާވެރިކަމާ ދިމާލަށް ކަމަށާއި، ރައްޔިތުންގެ ބާރު ކެނޑޭގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްފައިވަނީ އެއަނިޔާވެރިކަން ގެނައުމަށް ކަމަށެވެ. ރައްޔިތުން އިންތިޚާބު ކުރާ މަގާމަކުން މީހަކު ވަކި ނުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީޕީއެމް/ޕީއެންސީގެ ފިކުރަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ އަބަދުވެސް އެބޭފުޅުންނަށް ވެރިކަން ލިބުމުން ގާނޫނު އަސާސީއަށް ބެލުމެއް ނެތި މަސައްކަތް ކުރާ ކަމަށާއި، ބާރެއް ލިބިއްޖެ ކަމަށްވާނަމަ އިންތިހާއަށް އެބާރުގެ ބޭނުން ހިފައި، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ ކަމަށެވެ. މާރިޔާ ވިދާޅުވީ މިސަރުކާރަކީ ވެސް ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ވެސް ރައްޔިތުންނަށް އިހުތިރާމް ކުރާ ބައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ރިޔާސީ ނިޒާމު އެއްކޮށް ހަލާކު ކޮށްލުމުގެ މަސައްކަތް ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމުގެ މަސައްކަތް ކުރިކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެކަމާއި ގުޅުންހުރި ވަރަށް ގިނަ ދިރާސާތައް ހަދާފައިވާ ކަމަށާއި، މި ނިޒާމުގެ ތެރެއިން އެކަން ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި އިސްތިއުފާ ދޭންޖެހޭ ގޮތަށް ނުވަތަ ރީކޯލްއަކަށް ދާ ގޮތަށް އިހުތިޔާރަށް ދޫކޮށްލައި، ބިލެއް ގެނައީ ނިޒާމު ހަލާކުކޮށްލަން ބޭނުންނުވާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ާމާރިޔާ އަހުމަދު ދީދީ ގާނޫނު އަސާސީގެ ދިފާއުގައި

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2025
އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

23 ސެޕްޓެމްބަރު 2025
ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

28 ޖޫން 2025
ރައީސް މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން: މާރިޔާ

ރައީސް މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން: މާރިޔާ

15 އެޕްރީލު 2025
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

02 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު