Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމު އަޅުވެތިކުރުން

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ކުއްލި ގޮތަކަށް ވަކި ކުރެއްވީ ޒާތީ މައްސަލައަކުން

އަމްނާ އިމާދު
އަމްނާ އިމާދު | 2 ފެބުރުއަރީ 2025 | އާދީއްތަ 11:20
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާރިޔާ ވިދާޅުވީ ރާއްޖެއިން މިހާރު ފެނިގެންދަނީ އަޅުވެތި ކުރުމުގެ މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެންމެ ގާތުގައި ތިއްބަވާ ބޭފުޅުން އަޅުވެތި ކުރުމުގެ މަސައްކަތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އަޅުވެތި ކުރެއްވުމުގެ މަސައްކަތްތަކެއް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ކުއްލި ގޮތަކަށް ވަކި ކުރެއްވީ ޒާތީ މައްސަލައަކުންކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ޑީއެންއާރުން އާއްމު ރައްޔިތުން މައުލޫމާތު ވަގަށް ނެންގެވި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ދުރު ނުކުރައްވާ ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ގައުމުގެ ކުރި މަގަމަށް ސަރުކާރުން ނަގާ ފިޔަވަޅުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބޮޑަށް ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ބަދަލުގައި އެހެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ މަދުކޮށް، އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމަށް ކަމަށެވެ. އެކަން ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށާއި، އެއީ އަޅުވެތި ކުރުމަށް ސަރުކާރުން ކުރާކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިސަރުކާރުގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ މިސަރުކާރުން ގިނަ މީޑިއާތައް ގަނެފައިވާ ކަމަށާއި، ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ތިއްބަވަނީ އަބަދުވެސް ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓްކޮށް ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ާމާރިޔާ އަހުމަދު ދީދީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2025

މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2025
މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ
23 ސެޕްޓެމްބަރު 2025

އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

23 ސެޕްޓެމްބަރު 2025
އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ
28 ޖޫން 2025

ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ

28 ޖޫން 2025
ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް، މި ސަރުކާރުގެ ބާރު ދަނީ ނެތެމުން: މާރިޔާ
28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
15 އެޕްރީލު 2025

ރައީސް މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން: މާރިޔާ

15 އެޕްރީލު 2025
ރައީސް މުޢިއްޒު އުޅުއްވަނީ ކެންގަރޫ ކޯޓް ހަދައިގެން ރައްޔިތުންނަށް ހުކުމް ބަހާ މީހާއަށް ވެގެން: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު