Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އޮކްޓޫބަރ 3 ވަނަ ދުވަހު މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން އެދިގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް: މާރިޔާ

އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ ރައީސް މުއިއްޒު މުޅި ގައުމު ލޫޓުވަމުން ގެންދާ ރައްޔިތުންގެ އަޑު އިއްވުމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2025 | އަންގާރަ 16:15
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ: ވިދާޅުވީ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ނުކުންނަނީ ރައްޔިތުންގެ ބޭނުންވެގެން އެ ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވުމަށް ކަމަށް

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ: ވިދާޅުވީ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ނުކުންނަނީ ރައްޔިތުންގެ ބޭނުންވެގެން އެ ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވުމަށް ކަމަށް

އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަގުމައްޗަށް ނުކުންނަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މުޅި ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުން ބޭނުންވެގެން، އެ ރައްޔިތުންގެ އަޑު އިއްވުމަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިފަދައިން ވިދާޅުވީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން އިސްނަގައިގެން ބޭއްވުމަށް ތައްޔާރުވަމުން ދާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން އަންގާރަ ދުވަހުގެ ހަވީރު ކުރިޔަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ މި ނުކުންނަނީ ރައީސް މުއިއްޒު މުޅި ގައުމު ލޫޓުވަމުން ގެންދާތީ ރައްޔިތުންގެ އޮތް ކަންބޮޑުވުމުގެ އަޑު އިއްވުމަށްޓަކައި ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒަށް އެމަނިކުފާނު ބޭނުންވާ ގޮތަށް ކަންކަން ކުރައްވަން ފުރުސަތު ދެވިއްޖެ ކަމަށާއި އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެންތާ ދެ އަހަރު ވީއިރުގައި ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒު ހަމައެކަނި ކުރެއްވި ކަމަކީ މުޅި ގައުމު ލުޓުވުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް އެމަނިކުފާނު ބޭނުންވާ ކަންކަން ކުރެއްވުމަށް ފުރުސަތު ދީފިން. އެހެން ނަމަވެސް ދެ އަހަރު ވެގެން ދިޔައިރުގައި ގައުމު ލޫޓުވުން ނޫން އެއްވެސް ކަމެއް ނުކުރެއްވުނު. ރައްޔިތުންގެ މަޖިލިސް ލުޓުވާލައިފި. ކޯޓުތައް އަތަސް މަހާލައިފި. މިނިވަން މުއައްސަސާތަށް އަތުލައިގެންފި، ޖަހައިގެންފި، އެ ހުރިހާތަނެއް ވައު ކޮށްލައިފި. ދެން އެ ނުކުމެވަދައިގަތީ މީޑިއާގެ އަނގަ ބަންދުކުރަން. އެއްގޮތަކަސް ވެސް އެ ބޭފުޅާޔާ ނުރުހޭ މީހެއްގެ އަޑު އިއްވިޔަ ނުދިނުމަށްޓަކައި
ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހުރިހާ ޕާޓީތަކެއް އެކުލެވޭ ވާދަވެރި މަލްޓިޕާޓީ ޑިމޮކްރަސީއެއް ކަމަށް ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، ދުވަސްވީ މީހުންގެ އެލަވަންސްތަކާއި، ޕެންޝަންތަކާއި، އާސަންދައާއި ހިލޭ ތަޢުލީމު ފަދا ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ލިބިފައިވަނީ މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ކަމަށެވެ.

އެހެންނަމަވެސް މިހާރުގެ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އޭޓީއެމް މެޝިންތައް ހުޅުއްވުމަށް އިސްކަންދެއްވާއިރު، ގިނަ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުނުކުރައްވާ ކަމަށާއި، ނިންމުންތައް ނިންމަވަނީ ޕީއެންސީގެ މެންބަރުންގެ ލަފާގެ މަތިން ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.

ާމާރިޔާ އަހުމަދު ދީދީ އެމްޑީޕީލޫޓުވައިފި ހަރަކާތްކުރީގެ ޑިފެންސް މިނިސްޓަރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު