Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ނިޒާމު

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

ބަލިހާލަތުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ކޮންމެހެން ވެސް ޖަހަން ޖެހޭ އިންޖެކްޝަންތަކާ ބޭނުންވާ ބޭސް ހުރި ނަމަވެސް އެ ހޯދަން އާދޭސް ކުރަން ޖެހޭ ކަމަށް އެކުއްޖާ ކިޔައިދީފައި. ކޮންމެ ދެމަހުން ދެމަހުން ޖަހަން ޖެހޭ މި ބޭސްތައް އެސްޓީއޯ ފާމަސީ އަށް ގެނަސްދެވެނީ ތިން މަސް ފަހުން ކަމަށް ވެސް އޭނާ ކިޔައިދިން. ނަމަވެސް މިއީ ކޮންމެހެން ވެސް ދިރިހުރުމަށް ބޭނުންވާ މުހިއްމު ބޭސް ތަކެއް ކަން އެ ޒުވާނާ ހިއްސާ ކުރި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 07:20
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތެއް ވަނީ ހޯމަ ދުވަހުގެ ރައީސް މުއިއްޒު ބައްދަލުވުމުގައި ސިއްޚީ ނިޒާމު ފެއިލްވެފައިވާ މިންވަރު ކިޔައިދީފައި.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތެއް ވަނީ ހޯމަ ދުވަހުގެ ރައީސް މުއިއްޒު ބައްދަލުވުމުގައި ސިއްޚީ ނިޒާމު ފެއިލްވެފައިވާ މިންވަރު ކިޔައިދީފައި.

ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތް ހާލަތާއި އެސްޓީއޯ ފާމަސީ ފެއިލް ވެފައިވާ މިންވަރު އާންމު ރައްޔިތަކު ހިއްސާ ކޮށްދީފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވީ އާދިއްތަ ދުވަހުގެ ރޭ ގަ އެވެ. 

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ވާހަކަދެއްކި ޒުވާނަކު ވަނީ އެންމެ ދެ މިނެޓުން ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު ފެއިލް ވެފައިވާ މިންވަރު ހިއްސާ ކޮށްފަ އެވެ. 

2017 ވަނަ އަހަރުން ފެށިގެން ގޮހޮރުގެ ބޮޑު ބައްޔެއް ކަމަށް ވާ ކްރޯންސް ބަލި ހުންނަ އެ ކުއްޖާ ވަނީ ވަރަށް ތަފްސީލު ކޮށް އޭނާ ގެ ބަލި ހާލަތު ހިއްސާ ކޮށްފަ އެވެ.

އެގޮތުން 2022 ވަނަ އަހަރު އައިޖީއެމްއެޗް އިން ހެދި ކޮލޮނޮސްކޯޕީ އެއްގެ ސަބަބުން ގޮހޮރު ފޫގޮސް، އެތައް ފަހަރެއްގެ މަތިން ގޮހޮރުގެ ބައެއް ހަށިގަނޑުން ބޭރަށް ލައިގެން އުޅެން ޖެހުނު ހާލު އޭނާ ކިޔައިދިނީ ނުހަނު އަސަރާ އެކުގަ އެވެ. 

ބަލިހާލަތުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ކޮންމެހެން ވެސް ޖަހަން ޖެހޭ އިންޖެކްޝަންތަކާ ބޭނުންވާ ބޭސް ހުރި ނަމަވެސް އެ ހޯދަން އާދޭސް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ކޮންމެ ދެމަހުން ދެމަހުން ޖަހަން ޖެހޭ މި ބޭސްތައް އެސްޓީއޯ ފާމަސީ އަށް ގެނަސްދެވެނީ ތިން މަސް ފަހުން ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ނަމަވެސް މިއީ ކޮންމެހެން ވެސް ދިރިހުރުމަށް ބޭނުންވާ މުހިއްމު ބޭސް ތަކެއް ކަން އެ ޒުވާނާ ހިއްސާ ކުރި އެވެ.

އާދޭސް ކޮށްގެން، ނޯޓުކޮށްގެން ގެންނަ ބޭސް އެސްޓީއޯ އިން ގެންނައިރު ވެސް ނުބައި ޑޯޒް ގެންނަ ކަމަށް ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ.

އަޅުގަނޑުގެ ބަލީގެ ގޮތުން އަޅުގަނޑުގެ ދިފާއީ ނިޒާމު ދައްކޮށް ހުންނަނީ. ދައްކޮށް ހުންނާތީވެ އިންޖެކްޝަންތަކެއް ޖަހައިގެން އަޅުގަނޑު އުޅެން ޖެހެނީ. ދެމަހުން ދެމަހުން ބޭސްތައް ވެސް ގެންނަން ޖެހެނީ ބޭރުން. އެސްޓީއޯ ފާމަސީން ކޮންމެ ފަހަރަކު އަޅުގަނޑު. މީ ބޭސް ގެންނަން ވެސް އެހާ އުނދަގޫ. ދެމަހުން ދެމަހުން ގެންނަންޖެހޭ ބޭހެއް. ދެމަހުން ދެމަހުން ޖަހާ ބޭހެއް. ތިންމަހުން މި ބޭފުޅުންނަށް ގެނެވެނީ. މިއަށްވުރެ ފަސޭހަ ގޮތެއް ހައްދަވާ ދެއްވާށޭ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތެއް

އެންމެ ފަހުން ސިއްހީ ހާލަތު ދަށްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއަ ކަމަށާ އިމަރޖެންސީ ގައި އޮޕަރޭޝަން ވެސް ކުރަން ޖެހުނު ކަމަށާ ގޮހޮރުގެ އެއްބައި ބުރިކޮށްލަން ޖެހުނު ކަމަށް ޒުވާނާ ކިޔައިދިނެވެ. ނަމަވެސް އަދިވެސް، އިންޖެކްޝަންތަކާއި ބޭސް ލިބުމުގައި ހުރި އުނދަދޫތަކަށް އެއްވެސް ހައްލެއް ނުލިބޭކަން އޭނާ ހިއްސާ ކުރީ މާޔޫސްކަމާ އެކުގަ އެވެ. 

މި ހުރިހާ ކަމެއް ދިމާއިރު ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރަކީ ރާއްޖެއިން ހެދި އެއްވެސް ސްކޭނަކުން ގޮހޮރުގެ އެއްބައި ވިރިފައި އޮތް ކަން ނުދެއްކުން ނުވަތަ އެ ބެލި ބަޔަކަށް ނޭނގުން ކަމަށް އޭނާ ބުންޏެވެ. އެތައް ފަހަރެއްގެ މަތިން ސްކޭން ހެދި އިރުވެސް މިފަދަ ބޮޑު ކަމެއް ދެނެނުގަނެވުމަކީ ކަންބޮޑުވާ އަދި މި ނިޒާމު ރާއްޖޭގައި އޮތް ހިސާބު ހާމަކޮށްދޭ ކަމެއް ކަން އެ ޒުވާނާ ފާހަގަ ކުރި އެވެ. 

އެ ކުއްޖާ އާދޭހާ އެކު އެދުނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކޮށްދިނުމަށެވެ. ފެއިލް ވެފައިވާ މި ނިޒާމުގެ ސަބަބުން އިތުރުބަޔަކަށް އަނިޔާތަކެއް ނުދީ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުސިއްހީ ނިޒާމުހެލްތު މިނިސްޓަރު އަހުމަދު ނާޒިމްއެސްޓީއޯބޭސް ނުލިބުން

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

22 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

22 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

21 ޑިސެމްބަރު 2025
ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު